މަންޏަކީ ނަޖިހެއް ހެއްތޯއެވެ؟

15 ޖޫން 2011 - ބުދަ

އަދި މަނިޖެހިފައި ވާ އެއްޗެއް ސާފުކުރާނީ ކިހިނެއް؟ އަދި މަނި ޖެހިފައިވާ ތަނެއްގައި ނުވަތަ ތަންމައްޗެއްގައި ނިދުމަކީ ކޮންކަހަލަ ކަމެއް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މަންޏަކީ ބައެއް ޢިލްމުވެރިން ނަޖިހެއް ކަމުގައި ދެކެވަޑައިގެންނެވި ނަމަވެސް ހަގީގަތުގައި ނަޖިހެއް ނޫނެވެ. ޠާހިރު އެއްޗެކެވެ. އަދި ލިބާހުގައި ނުވަތަ ބެޑްޝީޓުގައި ހުރި ނަމަ ސާފު ކުރުމާއި މެދުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ؛ ތެއްކޮށް ހުއްޓައި ފެނިއްޖެ ނަމަ ދޮވެލުމަށެވެ. އަދި ހިކިފައި ހުރިނަމަ ނިޔަފަތިން ކަހާލުމުން ފުދެއެވެ. أم المؤمنين عائشة tا ގެ އަރިހުން البخاري އާއި مسلم ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. (( كان رسول الله r يغسل المني، ثم يخرج إلى الصلاة في ذلك الثوب)) މާނައީ: “އިތުރުއެކަލޭގެފާނުން މަނިޖެހިފައިވާ ތަން ދޮވެލެއްވުމަށްފަހު އެހެދުމުގައި ނަމާދަށް ނުކުމެވަޑައިގަންނަވައެވެ.” އަދި އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((لقد كنت أفركه من ثوب رسول الله صلى الله عليه وسلم فركاً، فيصلي فيه)) މާނައަކީ: “އިތުރުއެކަލޭގެފާނުންގެ ލިބާސްކޮޅުގައި ޖެހިފައިވާ މަނި ތިމަންކަމަނާ ކަހާލައި ސާފުކޮށްލުމުން އެލިބާސްކޮޅުގައި އެކަލޭގެފާނު ނަމާދު ކުރައްވައެވެ.” އެހެން ލަފްޒެއްގައި ވެއެވެ. ((لقد كنت أحكه يابساً بظفري من ثوبه)) ” އިތުރުއެކަލޭގެފާނުންގެ ލިބާސްކޮޅުގައި މަނި ޖެހި، ހިކިފައިވަނިކޮށް ތިމަން ކަމަނާގެ ނިޔަފަތިން ސާފު ކުރައްވަމެވެ.”

ވީމައި މަނި ޖެހިފައި ވާ ލިބާހެއް ލުމަކީ އަދި އެފަދަ ތަނެއްގައި ނިދުމަކީ މައްސަލައެއް ނޫނެވެ. ތެއްކޮށް ހުރިނަމަ ދޮވެލުން ނުވަތަ ފޮހެލުން އަދި ހިކިފައިވާނަމަ ނިޔަފަތިން ކަހައިލުމުން ފުދެއެވެ. އެއީ އަރިދަފުސް ރޯގާ ކަހަަލަ އެއްޗެކެވެ.

والله أعلم وبالله التوفيق

 

ސުވާލާއި ޖަވާބު