ސެކްޝަން | ., އޯޑިއޯ

“مع الشباب”حلقة-9 , ﷲ ގެ ކޯފާ އަށް ބިރުވެތިވުން

15 މާޗް 2011 - އަންގާރަ

"مع الشباب" (ޒުވާނުންނާއި އެކު)حلقة-9 (13-03-2011 )

މިރޭގެ حلقة ގައި ޝައިޙް ވަނީ ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާއި ބޮޑު ސުނާމީގެ ސަބަބުން އިބްރަތް ލިބިގަނެ ﷲ އަށް ބިރުވެތިވުމަށް ވަސިތްޔަތް ކޮށް ވަރަށް އަގުހުރި ނަސެޙަތް ކޮޅެއްދީފައެވެ.
މި حلقة އަކީ ޝައިޚް އާދަމް ޝަމީމް މެލޭޝިޔާގަ ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ކޮންމެ އާދީއްތަ ދުވަހެއްގެރޭ ފުރްޤާން މިސްކިތުގައި ކުރިޔަށް ގެންދާ ޒުވާނުންނަށް ޙާއްސަ حلقة އެކެވެ.

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.



السلام عليكم ورحمة الله وبركاته

” مع الشباب ” (ޒުވާނުންނާއި އެކު) މި حلقةގައި ބައިވެރިވާ އަދި ބައިވެރި ވުމުގެ ޝައުގުވެރިކަން ހުރި ހުރިހައާ އަޚުންނަށް ހަނދާން ކޮށްލައި ދެމެވެ.

ޔަގީނުންވެސް ގިނަ އަޚުން މިފަދަ މަޖުލީސްތަކާއި ޙަލަޤާތަކުގައި ބައިވެރިވަނީ ދީނީ ގޮތުން ފައިދާއަކަށް ބޭނުންވާތީއެވެ. އެކަން ފުރިހަމަ ގޮތުގައި ހާސިލުވާނީ އަޑު އެހުމުން އެކަނި ފުއްދައިލުމުގެ ބަދަލުގައި ތިޔަ އަޚުންގެ އިތުރު ހިއްސާއަކާއި އެކުގައެވެ.

ވީމައި ކޮންމެ އަޚަކުވެސް މި ޙަލަޤާގައި އިށީނުމަށް އައުމުގެ ކުރިން ތިބާއަށް ނުވަތަ ތިބާގެ ގާތް ފަރާތަކަ ކުރިމަތިވެފައިވާ ކަމެއް ނުވަތަ ޢިލްމީ އަދި ޢަމަލީ ގޮތުން އޮޅުންފިލުވަން ބޭނުންތެރި ސުވާލެއް ހަނދާނުގައި ބަހައްޓައިގެން އައުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ މުޖްތަމާއަކީ ދީނުގެ އެއްމެ މައިގަނޑު މައްސަލަތަކުން ފެށިގެން އާންމު މައްސަލަތަކަށްދާންދެން ގިނަ ބަޔަކަށް އޮޅުން އަރައި ނުވަތަ ޢަމަލީގޮތުން ނުބައިކޮށް ޢަމަލު ކުރެވެމުންދާ މުޖްތަމައެކެވެ. ޚުދު ޢަޅުގަނޑުމެންގެ ތެރޭގައި ދީނީ ޝައުގުވެރިކަން ހުންނަ ކުދިންގެ ތެރޭގައިވެސް މިފަދަ އޮޅުންބޮޅުންތައް މަދެއް ނޫނެވެ.

ދީނީ އަދި ދުނިޔެވީ ހުރިހައި ކަމެއްގައިވެސް އެކަމެއްގެ އަހުލުވެރިންނާއި މަޝްވަރާ ކޮށް އަހައި އޮޅުން ފިލުވުމަކީ އިސްލާމީ މަތިވެރި މަންހަޖެވެ. މާތް ﷲ އެކަމަށް އަމުރު ކުރައްވާފައި ވެއެވެ. رسول الله صلى الله عليه وسلم ގެ އަރިހުގައި އަޞްޙާބުން ވަނިކޮށް جبريل عليه السلام މީހެއްގެ ސޫރައިގައި ވަޑައިގެން އިސްލާމްކަމާއި އީމާންކަމާއި އިހްސާން ކަމާއި އަދި ޤިޔާމަތުގެ އަލާމާތްތަކާއި މެދުގައި ކުރެއްވި ސުވާލުތައް އަޅުގަނޑުމެނަށް ސުވާލު ކުރުމުގެ މުހިންމު ކަމާއި އެކަމުގެ އަދަބާއި މަންހަޖު ވަރަށް ފުރިހަމައަށް ސާފު ކޮށްދެއެވެ

ސުވާލާއި ޖަވާބު