އަޅުގަނޑަށް އުމުރުން 8 އަހަރުން ފެށިގެން ބޭބެ އައީ ޖިންސީ ގޯނާ ކުރަމުން އަޅުގަނޑު ތަޢުބާވާން ހަދާނީ ކިހިނެތް؟

31 ޑިސެމްބަރު 2010 - ހުކުރު

އަޅުގަނޑަށް އުމުރުން 8 އަހަރުން ފެށިގެން ބޭބެ އައީ ޖިންސީ ގޯނާ ކުރަމުންނެވެ. އެކަމު އެއްވެސްމީހެއްކައިރީ މިވާހަކަ ނުބުނަމެވެ. މިހާރު އަޅުގަނޑަކީ ބޮޑުމީހަކީމެވެ. އަދި ދީނީކަންކަމަށް މިހާރު ވަރަށް ލޯބި ކުރަމެވެ . ނަމާދުކޮށް ހަދަމެވެ އެކަމު އަޅުގަނޑު އޭރު ބޭބެ ޔާއެއްކޮން ކުރެވުނު ފާފަ ނުފުއްސަވާފާނެ ކަމަށް ބިރުގަނެއެވެ އެހެންކަމުން މި ފާފައިން ތަޢުބާވާން ހަދާނީ ކިހިނެތް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި އެއްޗެއް، އިލާހުގެ ކޯފާ ހައްގުވާނެކަމެއް، ނަމަވެސް ﷲއީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހޫނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ.

ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އަދިކިޔެއް އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ. އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދަންނަވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. {قل يعبادي الذين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم} [الزمر 53] މާނައީ: “ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

ތިޔަ އަޚްގެ ކިބައިން އެކަލާނގެ ބޭނުންވެ ވޮޑިގަންނަވަނީ އެއްމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެކަލާނގެ ކޯފާއާއި އަޛާބަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތުގައިވާ ނިއުމަތަށް އެދުންވެރިވެ، ފާފަކުރުން ހުއްޓާލައި، މުސްތަގުބަލްގައި އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމްކޮށް، އެކަލާނގެއަށް ދެންނެވުމެވެ. އަދި ޞާލިޙް އަމަލު ގިނަކުރުމެވެ. އޭރުން އެކަލާނގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވައި، ތިބާއީ އެކަލާނގެ ގާތް އަޅުންގެ ތެރެއިން ލައްވާނެކަން ކަށަވަރެވެ. އެކަލާނގެ އަންގަވާފައިވެއެވެ.

{ يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ…. } [التحريم 8]. “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ.”

ވީމައި ތިބާއަށް ކުރެވިފައިވާ ގޯސް ކަންތަކުގެ ވާހަކަ އެއްވެސް މީހެއްގާތު ދައްކާނެކަމެއް ނެތެވެ. އަދިކިޔެއް ﷲ ތިބާގެ ކުށްތަށް ފަރުދާކުރައްވާފައިވާފަދައިން ތިބާވެސް އެސިއްރުކުމާއި އެކުގައި ބަޔާންވެދިޔަ ފަދައިން ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވާށެވެ. އަދި ދީން އުނގެނި އޮޅުންފިލުވައި، ﷲއާއި ރަސޫލާ އެންގެވިގޮތަށް އުޅެން މަސައްކަތް ކުރާށެވެ. އޭރުން ތިބާއަކީ ތަގުވާވެރި ރަނގަޅު މީހެއްކަމުގައި ވެވޭނެކަން ކަށަވަރެވެ.

والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު