ސެކްޝަން | ., ފަތުވާ

ﷲގެ ހުކުމަށް ހުކުމް ކުރުން އަދި ހުކުމް ނުކުރާ މީހަކީ ކާފަރެއް ތޯއެވެ؟

21 އޮކްޓޯބަރ 2010 - ބުރާސްފަތި

ﷲ ބާވައިލައްވާފައިވާ ތަކެއްޗަށް ހުކުމް ނުކުރާ މީހަކީ މުސްލިމެއްތޯ ނުވަތަ ދީނުން ބޭރުވާވަރުގެ ބޮޑު ކުފުރެއް ކޮށްފައިވާ ކާފަރެއް ތޯއެވެ؟ އަދި އޭނާގެ އަމަލުތައް ގަބޫލު ވެވޭނެހެއްޔެވެ؟ ------ ފަތުވާ ނަމްބަރު: 5741 ގެ 11 ވަނަ ސުވާލު | ފަތުވާގެ މަޞްދަރު: فتاوى اللجنة الدائمة للبحوث العلمية والإفتاء (ج 2، ص 202)

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ تعالى المائدة ސޫރަތުގެ 44 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. { وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ}. މާނައީ: ” އަދި ﷲ ބާވައިލެއްވި ތަކެއްޗަށް (އެކަލާނގެ އާޔަތްތަކާއި ހުކުމްތައް) ހުކުމް ނުކުރާ މީހުންނަކީ ކާފަރުންނެވެ.” ހަމައެފަދައިން އެސޫރަތުގެ 45 އާޔަތުގައި ވަހީކުރައްވާފައިވެއެވެ. {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ}. މާނައީ: “އަދި ﷲ ބާވައިލެއްވި ތަކެއްޗަށް ހުކުމް ނުކުރާ މީހުންނަކީ އަނިޔާވެރިންނެވެ.” އަދިވެސް އެސޫރަތުގެ 47 ވަހީކުރައްވާފައިވެއެވެ. {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ}. މާނައީ: “އަދި ﷲ ބާވައިލެއްވި ތަކެއްޗަށް ހުކުމް ނުކުރާ މީހުންނަކީ ފާސިޤުންނެވެ.”

ﷲ ބާވައިލައްވާފައިވާ ހުކުމަށް ހުކުމް ނުކުރުމަކީ ހަލާލު އަދި ހުއްދަ ކަމެއްކަމުގައި އިއުތިޤާދު ކޮށް، ގަބޫލުކޮށްގެން ހުރެ، އެކަލާނގެ ބާވައިލެއްވި ހުކުމް ނުކުރާ ކަމުގައި ވާނަމަ އެއީ ބޮޑުވެގެންވާ ކުފުރެވެ. އަދި ބޮޑުވެގެންވާ އަނިޔާއެވެ. އަދި ބޮޑުވެގެންވާ ފާސިގުކަމެވެ. އެފަދަ މީހާ މިއްލަތުން ބޭރުވާނެއެވެ. އެކަމަކު ﷲގެ ހުކުމާ އެއްގޮތަށް ހުކުމް ނުކޮށް ދޫކޮށްލައި އޭގެ ބަދަލުގައި އެހެން ހުކުމެއް ކުރީ އެއީ ހަރާމްވެގެންވާ ކަމެއް ކަމުގައި ގަބޫލު ކުރާހާލުގައި ހަމައެކަނި ރިޝްވަތަށްޓަކައި ނުވަތަ އެހެންވެސް މަގުސަދަކަށްޓަކައި ނަމަ، އެއީ ބޮޑުވެގެންވާ ފާފަވެރިއެކެވެ. އެއީ (މިއްލަތުން ބޭރުވާ ވަރުގެ ކުފުރަށްވުރެ) ކުޑަ ކުފުރެކެވެ. އަދި (މިއްލަތުން ބޭރު ނުވާ ވަރުގެ) ކުޑަ އަނިޔަލެވެ. އަދި ކުޑަ ފިސްޤެވެ. ބަޔާންވެ ދިޔަ އާޔަތުގެ ތަފްސީރުގައި އިލްމުވެރިން ބަޔާންކުރައްވާފައިވާ ފަދައިން، މިފަދަ މީހާ މިއްލަތުން ބޭރެއް ނުވާނެއެވެ.

وبالله التوفيق. وصلى الله على نبينا محمد، وآله وصحبه وسلم.

ސުވާލާއި ޖަވާބު