ފިރިހެނުން މައިންބަފައިނާއި ދަރިން ކުރިމަތީގައި ކުރު ސޯޓުލުމަކީ ހުއްދަކަމެއްތޯ؟

16 އޮކްޓޯބަރ 2010 - ހޮނިހިރު

ފިރިހެނުންގެ އައުރައަކީ ފޫޅާ ކަކުލާއި ދެމެދު ކަން އެގޭ ހާލު ގޭތެރޭގައި މަންމަ، ބައްޕަ އަދި އެއްބަޑު މީހުންނާއި އެމީހުންގެ ދަރިންގެ ކުރިމަތީގައި ކުރުކުރު ސޯޓު ލައިގެން އުޅުމަކީ ހުއްދަކަމެއްތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ވަރަށް ގިނަ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާއި ދެމެދު (ފައި ފަލަމަސްގަނޑު) ކަމުގައި އިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އަދި ފޫޅާއި ކަކުލަކީ ޢައުރަ ނޫން ކަމުގައިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ. [المجموع، (3، 173)، المغني (2، 286)]

ވީމައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް އެމީހުންގެ އައުރަ އަނބިމީހާ ފިޔަވައި އެއްވެސް މީހެއްގެ ކުރިމަތީގައި ހާމަ ކުރުމަކީ ހަރާމްކަމެކެވެ. އެގޮތުން މައިންބަފައިންނާއި އެއްބަނޑު ތިމާގެ މީހުންގެ ކުރިމަތީގައިވެސް ޢައުރަ ނިވާކުރުމަކީ ވާޖިބެކެވެ. އެގޮތުން ކަކުލާއި ހަމައަށް ނިވާ ނުވާ ވަރުގެ ކުރު ސޯޓު ލައިގެން ގޭތެރޭގައި އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު