ނަހަލާލު ކުއްޖަކާ ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

19 ޖެނުއަރީ 2012 - ބުރާސްފަތި

އަޅުގަނޑު ކައިވެނި ކުރަން އުޅޭ ކުއްޖާއަކީ ވަރަށް ރަނގަޅު ސާލިހު ފިރިހެނެއް. މިކުއްޖާގެ އޮތް ހަމައެކަނި މައްސަލައަކީ ކުއްޖާއަކީ ބައްޕަ ކަށްވަރު ނުވާކުއްޖަކަށް ވާކަމެވެ. އެކަމަކު ބައްޕައަކީ ކާކުކަން އެކުއްޖާއަށާއި، ކުއްޖާގެ މަންމައަށް އެނގޭ. އަޅުގަނޑުގެ އާއިލީ މީހުން ކައިވެނިކުރަން އެމީހާއި ނުޤަބޫލު. އާއިލީ މީހުން ބުނަނަކީ އެފަދަ މީހަކީ ކައިވެނި ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށް. އަޅުގަނޑު މަންމަ ބުނީ އެމީހާއި ކައިވެނި ކޮށްފިނަމަ ގެއިން ބޭރުކުރާނެކަމަށް. ވީމާ ދީނީގޮތުން މިކަމުގައި އަޅުގަނޑު ކަންތައް ކުރަންވީ ގޮތަކީ ކޮބައިތޯ؟ ކައިވެނި ނުކުޜާ ދޫކޮށްލެވިދާނެތޯ؟

الحمد لله، والصلاة والسلام على رسول اللهأما بعد:

ކުއްޖެއްގެ ޝަރްޢީ ބައްޕައެއް ނެތުމަކީ ނުވަތަ ނަހަލާލު ގޮތުގައި ކުއްޖަކު ދުނިޔެއަށް އައުމަކީ އެއްވެސް ހާލެއްގައި އެ ކުއްޖާގެ ކުށެއް ނޫނެވެ. އަދި އެކުއްޖާ އަކީ ކާކަށް ލައްވާ ދަރިއެއްކަން އެނގުމަކުން ކުރާނެ ވަކި ފައިދާއެއްވެސް ނެތެވެ. އެ ކުއްޖާގެ ބައްޕައެއް ނުހުންނާނެއެވެ. އެ ކުއްޖާގެ ނިސްބަތް ކުރެވޭނީ އޭނާގެ މަންމަ އާއި މަންމައަށެވެ. އެފަދަ ފިރިހެން ނުވަތަ އަންހެން ކުއްޖަކު ވިޔަސް ބޮޑުވެ، ރަނގަޅު، ޞާލިޙު މީހަކަށް ވެއްޖެ ނަމަ އެއީ ރަނގަޅު މީހެކެވެ. އެއީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ނޫނެވެ. އަދިކިޔެއް، އެއީ އެހެންވެސް އިންސާނުން ފަދަ، މިނިވަން މީހެކެވެ. މާތް ﷲ ގެ ޙަޟުރަތުގައި އެއްމެ މާތް މީހަކީ އެއްމެ ތަޤުވާ ވެރި މީހާއެވެ. ނަމަވެސް، އަންހެން ކުއްޖަކު ކައިވެނި ކުރަން ވަނީ އޭނާގެ މައިން ބަފައިންގެ ރުހުމާއި ހުއްދަ އާއި އެކުގައެވެ. ވީމާ، މައިން ބަފައިން ތިޔަ ކަމާއި ނުރުހުންވާ ނަމަ، އެނޫން ރަނގަޅު މީހަކު ވޭތޯ ބަލާށެވެ. މާތް ﷲ ހެޔޮ ތައުފީޤު ދެއްވާނެއެވެ. والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު