މިހާރަކަށް އައިސް ވަރަށް ބޮޑަށް އަޅުގަނޑުގެ ބޮލުގައި ރިއްސައި ކާޅު ގޮވާ އަޑު އިވެއެވެ. މީ ކޮންކަހަލަ ކަމެއް ތޯއެވެ؟

17 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ބޮލުގައި ރިއްސުމަކީ ވަރަށް އާދައިގެ އަދި އެއްމެނަށް ވެސް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. އެއީ ވަރަށް ގިނަ، ތަފާތު ކަންތައްތަކާއި ހެދި ކުރިމަތިވާ ކަމެކެވެ. އަދި އެއީ ގިނަ ފަހަރަށް ސިއްހީ މައްސަލަތަކާއި ގުޅުން ހުރި ކަމެކެވެ. ނަމަވެސް، އާދައާއި ޚިލާފަށް ބޮލުގައި ރިއްސުމަކީ ބައެއް ފަހަރު ސިހުރުގެ ސަބަބުން، ޝައިޠާނާގެ ޖެއްސުމަކުން ވެސް ވާ ކަމެކެވެ. އެފަދަ ކަންކަން ސިހުރެއްކަމުގައި ބެލެވޭނީ ޑޮކްޓަރީ ތަހުލީލުތަކުން ބަލި ނުވަތަ ސަބަބު ފެންނަށް ނެތް ނަމައެވެ.
އަދި ކާޅު އުޅޭ ތަނެއްގައި އޭގެ އަޑު އިވުމަކީ އެއްވެސް ސުވާލެއް އުފެދޭ ކަމެއް ނޫނެވެ. ނަމަވެސް، ޔަގީނުންވެސް ކާޅު ނޫޅޭ ތަނެއްގައި ނަމަ ސުވާލު އުފެދެއެވެ. އެއީ ކަނޑައެޅިގެން ސިހުރެއްގެ ސަބަބުން ވެދާނެ ކަމެއް ކަމެއް އަޅުގަނޑަކަށް ނޭންގެއެވެ. އެކަމު ޝައިޠާނީ ވަސްވާސް ތަކެއްކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. ނަފްސާނީ ކަންތައްތަކާއި ޝައިޠާނީ އުނދަގޫ ތަކާ އަދި ޑޮކްޓަރީ ޗެކްއަޕް އަކުން ފެންނަން ހުންނަ ކަންކަމުގައި ވިޔަސް ޝަރުޢީ ރުޤްޔާއިން ފަރުވާ ކުރުމާއި ނަބަވީ ބޭސް ފަރުވާ ބޭނުން ކުރުމަކީ ﷲ ގެ އިޛްނަ ފުޅަށް ރަނގަޅު ވާނެ ކަމެކެވެ.
ޝަރުޢީ ފަރުވާގެ ވާހަކަ އިސްވެ ގޮސްފައިވެއެވެ. އޭގެ ބައެއް ލިންކް ތިރީގައި އެވަނީއެވެ.
http://adamshameem.com/v2/?p=478

 http://adamshameem.com/v2/?p=316 

والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު