ދެމަފިރިން އެކަކު އަނެކަކު ހިތްހަމަ ޖެއްސުމަށްޓަަކައި ލަދުވެތި ގުނަވަން ބޮޑު ކުރެވިދާނެތޯ؟

18 ޖެނުއަރީ 2012 - ބުދަ

ފިރިމީހާ ހިތް ހަމަޖެއްސުމަށްޓަކައި ބޭސް ބޭނުންކޮށްގެން ތިމާގެ އުރަމަތި ބޮޑު ކުރެވިދާނެތޯ؟ އަދި އަނބިމީހާ ހިތް ހަމަޖެއްސުމަށްޓަކައި ތިމާގެ ޒަކަރު (ޕެނިސް) ބޮޑު ކުރެވިދާނެތޯ؟ މި ސުވާލު މިގޮތައް މިކުރީ އެކިމީހުންގެ ފަރާތުން މިފަދަ ވާހަކަތައް އަޑު އިވޭތީ ރަގަޅު ގޮތް އޮޅުން ފިލުވާލުމަށްތަކާ!

الحمد لله، والصلاة والسلام على رسول اللهأما بعد: އަސްލު ހުންނަން ޖެހޭ ގޮތާއި ތަފާތުކޮށް، އައިބުކޮށް ހުރި ގުނަވަނެއް ނަމަ މިސާލަކަށް ސުފެދުމުގައި ރަނގަޅަށް ނުއުފެދުން ފަދަ ނުވަތަ ލިބުނު އަނިޔާއަކާއި ހުރެ ލިބުނު ގެއްލުމަކުން އައިބުވެފައިވާނަމަ އެފަދަ ހާލަތުގައި ބޭސްފަރުވާކޮށް، އެ ބަލި ނުވަތަ އައިބު ރަނގަޅު ކުރެވޭތޯ ބެލުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، އަސްލު އުފެދުމާއި މެދުގައި ހިތްހަމަ ނުޖެހި، އިތުރަށް ގުނަވަންތައް ރީތި ކުރުމަށްޓަކައި ޠަބީޢީ ފަރުވާ ކުރުން ފިޔަވައި އެހެން ގޮތަކަށް ބަދަލު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ މާތް ﷲ ގެ ޚަލްގު ބަދަލު ކުރުމުގެ ތެރެއަށް ވަދެދާނެތީއެވެ. ﷲ ގެ ޚަލްޤު ބަދަލު ކުރުމަކީ އެކަމުގެ މައްޗަށް ލަޢުނަތް ލެއްވިފައިވާ ކަމެކެވެ.
ވީމާ، އަނބިމީހާގެ އުރަމަތި އާދައާއި ޚިލާފަށް ކުޑަ ނަމަ، މާނައަކީ އަންހެނެއްކަމުގައި ހީވާވަރަށް ކުރެ ކުޑަ ނަމަ ބޭސްފަރުވާއެއް އެކަމަށް އޮތް ނަމަ ކުރެވިދާނެއެވެ. ފިރިމީހާވެސް ހަމަ އެފަދަ އެވެ. ނަމަވެސް، އާދައިގެ އާންމު ހާލަތުގައިވާ ދެމީހުންނަމަ އިތުރު ހިތްހަމަ ޖެއްސުމަށްޓަކައި ބޭސްކައި ނުވަތަ އެހެންވެސް ގޮތްގޮތުން ތިބާގެ ގުނަވަނުގެ ސައިޒް ބޮޑު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު