ސިއްހީ މައްސަލައެއް ފެންނަންނެތި ދަރިއަކު ނުލިބުން އެއީ ފަންޑިތަވެރި ކަމެއްތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

ވަރައް ގިނައިން ހުވަފެނުން އަހަރެންނަ ދަރިންނުލިބި އެހެން މީހުންނަ ދަރިންލިބިގެން އުޅޭތަން ފެނޭ މީ ފަންޑިތަކަމަ ވެދާނެތޯ؟ މިހާރު އަޅުގަނޑުގެ ކައިވެންޏަ 6 އަހަރު ޑޮކްޓަރުން ބުނަނީ އެއްވެސް މައްސަލަޔެނެއްކަމައް..

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ދަރިން ލިބުމުގަ އާއި ނުލިބުމުގައި ސަބަބުތަކެއް ލައްވާފައި ވީ ނަމަވެސް ދަރިންނަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެ އަމުރުފުޅު އައުމުން ލިބޭނެއެވެ. އަދި އެކަލާނގެ އަމުރުފުޅު ނާންނަހައި ހިނދަކު ކިތަންމެ ފަރުވާއެއް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ. ވީމާ، ސިއްހީ މައްސަލައެއް ފެންނަން ނެތުމާއި އެކުގައިވެސް މީހަކު މާބަނޑު ނުވުމަކީ ނުވަތަ ބަލިވެއިނުން ލަސްވުމަކީ ކަނޑައެޅިގެން ފަންޑިވެރިކަމެއް ނުވަތަ ސިހުރެއްގެ ސަބަބުން ޝައިޠާނާގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ކަނޑައެޅިގެން ބުނާކަށް އަޅުގަނޑަކަށް ނޭންގެއެވެ. މާތް ﷲ ގެ ޞާލިޙު އަޅުން ކުރެ ރަސޫލުންނާއި ނަބިއްޔުންވެސް ދަރިން ނުލިބި ލަސްވުމުގެ މައްޗަށް ދުޢާކޮށް ދަންނަވާފައި ވެއެވެ. އަދި މާތް ﷲ އެބޭފުޅުންގެ ދުޢާ އިޖާބަ ކުރައްވައި ޞާލިހު ދަރީން ދެއްވާފައި ވެއެވެ. ވީމާ، އަޅުގަނޑު ބުނާނީ މާތް ﷲ އަށް ވަކީލުކޮށް، އެކަލާނގެއަށް ބަރޯސާވެ، ޞާލިޙުން ކުރެއްވި ފަދަ ދުޢާ ކުރުންމަތީގައި ދެމި ހުންނާށެވެ! ﷲ ގެ އިޛްނަފުޅަށް ތިބާގެ ބޭނުން ފުދިދާނެއެވެ. ( އެފަދަ ސުވާލެއްގެ ޖަވާބު އިސްވެ ހިނގައްޖެ އެވެ. http://adamshameem.com/v2/?p=164)
އަދި ތިބާއަށް ދަރިން ނުލިބޭކަމުގައި ފެންނަ ހުވަފެނަކީ އެގޮތަށް އިތުބާރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަދިކިޔެއް، އެއީ ތިބާ މާތް ﷲ އާއި މެދުގައި ބާއްވާ އިތުބާރާއި ހެޔޮ އުންމީދުތަކުން މާޔޫސް ކުރުމަށްޓަކައި ޝައިޠާނާ ދޭ ވަސްވާހެކެވެ. އެއާއި މެދުގައި ވިސްނާނެ ކަމެއް ނެތެވެ. ނަމަވެސް، ތިބާއަށް މީހަކު ސިހުރެއް ހަދާފައިވާ ކަމުގައި ހީވާ ނަމަ ކީރިތި ޤުރްއާނާއި ޝަރްޢީ ވިރްދުތަކުގައި ވާރިދުވެފައިވާ ފަދައިން ރުޤްޔާ ކުރައްވާށެވެ! إن شاء الله ރަނގަޅު ވާނެއެވެ.
ޝަރުޢީ ފަރުވާގެ ވާހަކަ އިސްވެ ގޮސްފައިވެއެވެ. އޭގެ ބައެއް ލިންކް ތިރީގައި އެވަނީއެވެ.
http://adamshameem.com/v2/?p=478

http://adamshameem.com/v2/?p=316

.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު