ދެމަފިރިންގެ މެދުގައިވާ ގުޅުން ބަދަހި ކުރުމަށްޓަކައި ބަރަހަނާ ފިލްމު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

ދެމަފިރިން އެމީހުންގެ މެދުގަ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ބަރަހަނާ ފިލްމު ބަލާ ހަދައެވެ. އެގޮތަށް އެކަންތައް ކުރަނީ ދެމަފިރިންގެ ގުޅުން ހިންގާނެ ތަފާތު ގޮތްތައް ދަސްކުރުމަށް ޓަކައެވެ. ވީމާ މިކަމުގެ ހުކުމަކީ ކޮބާ؟

الحمد لله، والصلاة والسلام على رسول اللهأما بعد: ޝައްކެއްނެތް ގޮތުގައި ފާހިޝް މަންޒަރު ބެލުމަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްސުން އަދި އުންމަތުގެ އިޖްމާއިން ހަރާމް ކަމެކެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. އެފަދަ މަންޒަރު ބަލައިގެން ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި ގުޅުން ވަރުގަދައެއް ނުވާނެއެވެ. އަދިކިޔެއް، އެދެމީހުންގެ ގުޅުން ދާނީ ބަލިކަށިވަމުންނެވެ. ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގާ ގޮތަކީ ފޮޓޯއިން ނުވަތަ ފިލްމު ބަލައިގެން ދަސްކުރަން ޖެހޭ އެއްޗެއް ނޫނެވެ. އަދި ކިޔެއް، އެއީ ޝައިޠާނީ ވަސްވާހެކެވެ. އުޛުރެއް ނޫނެވެ.
ސުވާލުގެ ޖަވާބު ތަފްސީލުކޮށް ބެއްލެވުމަށްޓަކައި ތިރީގައިވާ ލިންކް އިން ބެއްލެވުން އެދެމެވެ.
 

އަންހެނަކާއި ފިރިހެނެއް ބަދުއަޚުލާގީ ޢަމަލު ހިންގާތަން ބެލުމަކީ ކޮންކަހަލަ ކަމެއް؟

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު