ހެއަރ ޓްރާންސްޕްލާންޓް ހެދުމުގެ ޙުކުމަކީ ކޮބައިތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:     ހެއަރ ޓްރާންސްޕްލާންޓް ހެދުމުގެ މާނައަކީ ބޮލުގައި އިސްތަށި ހުރި ތަނުން އިސްތަށި ބުޑު (ހެއަރ ފޮލިކްލް- hair follicle) ނަގައިގެން އިސްތަށިފައިބާފައިވާ ތަނުގައި އިންދުމެވެ. އެއީ ހުއްދަ ކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެއީ ޚަލްޤު ބަދަލު ކުރުމެއް ނޫނެވެ. މީހާގެ އަސްލު އުފެދުމަށް ރީތިކަމެއް އިތުރު ކުރުމެއް، ނުވަތަ އަސްލު އުފެދުމުން އެއްޗެއް އުނިކުރުމެއްވެސް ނޫނެވެ. އަދިކިޔެއް، އެއީ މީހާ އަސްލު އުފެދިފައި ހުރިގޮތް، ސަބަބަކާއި ހުރެ ގެއްލި ދިއުމުން، ހުއްދަ ގޮތަކުން (ސާރޖިކަލް ޓެކްނިކަކުން) އެގޮތް އަނބުރައި ހޯދުމެވެ. އެއީ އައިބެއް ފިލުވުމެވެ. އޭގެ މިސާލަކީ: ދަތެއް ވެއްޓުމުން އެދަތް ޖެހުން ކަހަލަ ކަމެކެވެ.
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު