ބުރުގާ ނާޅާ ކުއްޖަކާ އިނުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

6 އޮކްޓޯބަރ 2010 - ބުދަ

ބުރުގާ ނާޅާ ކުއްޖަކާ އިނުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ޝައްކެއްނެތް ގޮތުގައި ޞާލިހު އަންބަކީ ދުނިޔެމަތިން ލިބޭނެ އެއްމެ އަގުހުރި، އެއްމެ ބޮޑު ނަޞީބެވެ. ވީމައި ކައިވެންޏަށްޓަކައި އިޚްތިޔާރު ކުރަން ޖެހޭނީ ދީންވެރި، ޚުލްގު ރަނގަޅު ބަސްއަހާ ކުއްޖެކެވެ. ދީންވެރި ކުއްޖަކު ޚިޔާރު ނުކޮށްފިނަމަ އެމީހެއްގެ ދެއަތް ވެއްޔާއި މޮޑެވިއްޖެ ކަމުގައި އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ.

ބުރުގާއަޅައި ގަޔަށް ދޫ ލިބާސްލައި ނުވަތަ ޖިލްބާބު ލައި ހަށިގަނޑި ނިވާކުރުމަކީ ދީންވެރި އަންހެން ކުއްޖެއްގެ ގައިގައި ކޮންމެހެން ވެސް ހުންނަން ޖެހޭނެ ސިފައެކެވެ. ޢިތްފަތްތެރިކަމުގެ އެއްމެ ފުރަތަމަ ކަމަކީ ފަރުދާއެވެ. ނިވާކުރުމެވެ. ނަމަވެސް ތިޔަ އަންހެން ކުއްޖާއަށް ފަހަރެއްގައި ނިވާކުރުމުގެ ޝަރުޢީ ހުކުމް ރަނގަޅަށް ނޭންގި ހުރުމަކީ އެކަށީގެން ވާ ކަމެކެވެ. ވީމައި، ޢިލްމުވެރިންގެ ވަޢުޡު ނަޞޭހަތްތަކާއި ފަރުދާގެ ހުކުމް ރަނގަޅަށް ބަޔާންކޮށްދީފައިވާ ލިޔުން ފަދަ ތަކެތި ފޯރުކޮށްދީގެން އެކަން އަންގައިދޭށެވެ. އެއަށްފަހު އެއީ ރަނގަޅަށް އުޅެން ބޭނުންވާ ކުއްޖެއް ނަމަ އެކަން ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ބޭނުންވާނެއެވެ. އަދި އެކަމަށް އިޖާބަ ދޭނެކަން ކަށަވަރެވެ. އެހެން ވެއްޖެ ނަމަ އޭނާ ފަހުންވެސް މަޑުމަޑުން އެއްޗިހި އިނގޭ ވަރަކުން ރަނގަޅު ވާނެއެވެ. އެހެން ވެއްޖެ ނަމަ އެކުއްޖާ އަކީ ކައިވެނި ކުރުމަށް އެއްމެ ރަނގަޅު ކުއްޖެއްކަމުގައި ބެލެވެއެވެ. ނަމަވެސް، ފަރުދާގެ ހުކުމާއި ނިވާނުކޮށް ހުރުމުގެ ނުބައިކަމާއި އެކަމުގައި ހުރި ވަޢީދު އެނގުމަށްފަހުގައިވެސް އޭނާ ބުރުގާ އަޅާހިތް ނުވާތީ، ނުވަތަ އެކަމާ ވިސްނާފައި ފަހުން ބުރުގާ އަޅަން ހުރެއްޖެ ނަމަ އެއީ ކައިވެނި ކުރުމަށްޓަކައި ރަނގަޅު ކުއްޖެކޭ ބުނުމަކީ ދަތި ކަމެކެވެ. ފަހަރުގައި ދީނީ އެހެން ކަންކަމުގައިވެސް އޭނާ ހަދާނީ އެހެންނެވެ.

މާތް ﷲ ތިބާ އެކަލާނގެ ދީންމަތީގައި ސާބިތު ކުރައްވައި، ތިބާއަށް ޞާލިޙު އަންބަކު ނަސީބު ކުރައްވާށި! އާމީން!

والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު