ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟

7 ޑިސެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެ ވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި ދުޢާއެއް ކުރުމަކަށް ނާންގަވައެވެ. ވީމާ، ސަޖިދާގައި ކިޔާ ތަސްބީޙަތަކުން ތަސްބީޙައެއް ކިޔުމަށް ފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާ އެއްވެސް ކުރެވިދާނެއެވެ. އެކަލޭގެފާނުން އަންގަވާފައި ވަނީ އެފަދައިން ނެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި އައިސްފައިވާ ދުޢާތައް ޝައްކެއް ނެތް ގޮތުގައި މާތް ވެފައި ފުރިހަމަ ވެގެން ވެއެވެ. ނަމަވެސް، މީހަކު އަމިއްލަ ކަމަކަށް އެދި ދަންނަވަން ބޭނުން ވެއްޖެ ނަމަ ނަމާދުގައި ސަޖިދަ އާއި އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިން އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެއެވެ. ނަމަވެސް، ޝަރްޠަކީ އެ ދުޢާ ކުރަން ޖެހޭނީ ޢާރަބި ބަހުންނެވެ. ނަމާދަކީ އޭގެ ހަރަކާތާއި ކިޔޭ ޛިކްރުތަކާއި ހުރިހައި ކަމެއް ބާވައި ލެއްވިފައިވާ ކަމެކެވެ. ވީމައި އެހެން އެއްވެސް ބަހަކުން ނަމާދުގެ އެތެރޭގައި އެއްޗެއް ކިޔައި ދެންނެވުމަކީ ހުއްދަ ކަމެއް ނޫނެވެ.والله أعلم وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު