މަލަކުލް މައުތު ވަޑައިގަތުމާއި މަރުހިތްޕެވުމާއި ދެމެދުގައި ކިހާވަގުތެއް ވޭތޯއެވެ؟

5 ޑިސެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:މަލަކުލް މައުތު ވަޑައިގަންނަވާކަމުގައި رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތުވެފައިވަނީ މަރުހިތްޕެވުމުގެ ވަގުތުގައެވެ. އެވަގުތުގައި އެއްވެސް މުހުލަތެއް، އަދި ވަގުތުތަކެއް ވާނެކަމެއް ނޭންގެއެވެ. އަދިކިޔެއް، އެކަލޭގެފާނުން ވަޑައިގެން މައްޔިތާގެ ބޯލާންކޮޅުގައި އިށީނދެވަޑައިގެން މަރަށް ޙާޟިރުވެފައިވާ ނަފްސަށް (ފުރާނައަށް) ނުކުތުމަށް އަމުރު ކުރަށްވާނެއެވެ. މިފަދައިން މަރުހިތްޕެވޭގޮތުގެ ވާހަކަ އައިސްފައިވާ البراء بن عازب رضي الله عنه އަރިހުން ވާރިދުވެފައިވާ މަޝްހޫރު ހަދީޘްގައި ވެއެވެ. އެހަދީޘްގައި އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައި ވެއެވެ. “މުއުމިން އަޅާ މިދުނިޔެއާއި ވަކިވެ، އާޚިރަތަށް ކުރިމަތި ލުމުގެ ވަގުތު ކައިރިވުމުން އެއަޅާގެ ގާތަށް މަލާއިކަތުން ފައިބައި ވަޑައިގަންނަވައެވެ. އެބޭކަލުންގެ މޫނުފުޅުތައް އިރުގެ އަލިފަދައިން އަލިވެގެން ވެއެވެ. އެބޭކަލުންގެ އަތްޕުޅުގައި ސުވަރުގޭގެ ކަފުނާއި ހަނޫޠު ވެއެވެ. އެބޭކަލުން ފައިބައިވަޑައިގެން އެމީހާއަށް ކިރިޔާ ފެންނަ ހިސާބު ދުރުގައި އިށީންނަވައެވެ.” ((ثم يجئ ملك الموت عليه السلام حتى يجلس عند رأسه فيقول أيتها النفس الطيبة أخرجي إلى مغفرة من الله ورضوان)) “ދެން މަލަކުލްމައުތު (އަލައިހިއް ސަލާމް) ފައިބައިވަޑައިގަންނަވައެވެ. އަދި މިދުނިޔެއާއި ވަކިވުމަށް ތައްޔާރުވެފައިވާ މީހާގެ ބޯލާންކޮޅުގައި އިށީންދެވަޑައިގެން ވިދާޅުވާނެއެވެ. އޭ ޠާހިރު ފުރާނަޔާއެވެ! ﷲ ގެ ފުއްސެވުމާއި އެކަލާނގެ ރުއްސުވުމަށް ދަތުރު ފެށުމަށްޓަކައި ނުކުންނާށެވެ!” އެހިނދުކޮޅާއި ވަގުތު ކޮޅަކީ އަޅުގަނޑުމެންގެ ތަޞައްވުރަށް އަންނަވަރަށްވުރެ ކަމެއް ނޫނެވެ.
މަރަށް ތައްޔާރުވެ ތިބުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅަމެންނަށް ދެއްވާށި! އާމީން!
والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު