ކަކުލާއި ހަމައަށް ހުންނަ ހެދުމާއި ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވިދާނެތޯއެވެ؟

23 ނޮވެމްބަރު 2011 - ބުދަ

އަންހެނުން ކަކުލާއި ހަމައަށް ހުންނަ ހެދުމާއި ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވިދާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ޢައުރަ ނިވާ ކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. ނަމާދުގައި އަންހެނުންގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. ވީމާ، ބުރުގާއާއި ކަކުލާއި ހަމައަށް ހުންނަ ހެދުމާއި (މަތި) ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވޭނެއެވެ. އަދި އެއީ ހަށިގަނޑުގެ ބައްޓަން ފާޅު ނުވާ ވަރުގެ ގަޔަށް ދޫ ހެދުމެއް ކަމުގައި ވާނަމަ ނަމާދު ޞައްހަވާނެ ކަމާއި މެދުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.

أم سلمة رضي الله عنها ގެ އަރިހުން ރިވާވެފައި ވެއެވެ. އަންހެނާގެ ނަމާދު ކަމުދާނީ ކިހާ މިންވަރެއްގެ ލިބާހެއްގައި ތޯ އެކަމަނާ އާއި ސުވާލު ވެވުމުން ވިދާޅުވި ކަމުގައި ވެއެވެ. “تُصَلِّي فِي الْخِمَارِ وَالدِّرْعِ السَّابِغِ الَّذِي يُغَيِّبُ ظُهُورَ قَدَمَيْهَا ” މާނައަކީ: “އަންހެނާ ނަމާދުގެ ނަމާދު ކަމުދާނީ (އެއްމެ ކުޑަމިނުން) ބުރުގާ އާއި ގަޔަށް ދޫ، ފައިތިލައިގެ މަތި ނިވާވާ ވަރުގެ ލިބާހެއްގައެވެ.” (أبو داود، ج 2، ص 272 ) މި ޚަބަރުގެ ޞައްހަކަމާއި މެދުގައި ޚިލާފު ހުރި ނަމަވެސް ޚިމާރު (ބުރުގާ ނުވަތަ ދޮޅި) އަދި ފައި ނިވާ ވާ ވަރުގެ ދިގު ލިބާހުގައި ނަމާދު ޞައްހަވާނެ ކަމުގައި ޞަޙާބިއްޔާތުންގެ ޢަމަލުން ސާބިތުވާ ކަމުގައި ޢިލްމުވެރިން ނައްސު ކުރައްވާފައި ވެއެވެ. އަދިކިޔެއް، ނަމާދުގައި ބުރުގާ އާއި ހެދުމާއި (މަތި) ހަރުވާޅު (ތިރި) އާއި ޔަޢުނީ: ހެދުމުގެ ތިން ބައި އެކުލެވިގެންވާ ލިބާހަކީ ނަމާދު ކުރުމަށްޓަކައި އެއްމެ ފުރިހަމަ ލިބާހެއް ކަމުގައި ސަލަފުންގެ އަރިހުން ސާބިތު ވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު