ކައިވެނި ކުރުމަށްފަހުގައި މައިންބަފައިން ނުރުހިއްޖެ ނަމަ ހަދާނީ ކިހިނެތްތޯ؟

17 ނޮވެމްބަރު 2011 - ބުރާސްފަތި

އަޅުގަނޑުގެ މަންމަ އަޅުގަނޑު މީހަކާއި އިންނަންވެގެން ރަންކީ ހިސާބަށް ވެސް ކައިވެންޏާއި ގަބޫލްވެލެއްވިއެވެ. އެހެންނަމަވެސް ކައިވެނިކޮށްގެން އަޅުގަނޑުމެން ދިރިއުޅެނީ ފިރިމީހާގެ ގޭގައި ކަން އެގިލެއްވި ހިސާބުން އެކައިވެންޏާއި މެދު ރުހިނުލެއްވިއެވެ. އަދި އެޅުއްވެން ހުރި ހުރިހައި ހުރަހެއްވެސް އެޅުއްވިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ފޯމް ލައިގެން ކައިވެނި ކޮށްގެން މިހާރު ކުއްޖަކުވެސް އޮވެއެވެ.ފިރިމީހާއަކީ އޭރުވެސް ދީނަށްލޯބި ކުރައްވާ މީހެކެވެ.މިހާރު ކުރިއަށް ވުރެވެސް ރަނގަޅެވެ.އަޅުގަނޑުގެ ސުވާލަކީ މިކައިވެނީގައި އެއްވެސް މައްސަލައެއް އެބައޮތްތޯއެވެ. ދެން އަޅުގަނޑު ކަންތައް ކުރަންވީ ކޮން ގޮތަކަށްތޯއެވެ.

الحمد لله، والصلاة والسلام على رسول الله
أما بعد:

މައިންބަފައިންގެ ރުހުމުން ކައިވެނި ކޮށްފައިވާނަމަ އަދި ތިބާ ކައިވެނި ކުރި މީހަކީ ދީންވެރި، ދީނީ ވާޖިބުތަކާއި އިސްލާމީ އަޚްލާގަށް ކަމޭހިތާ މީހެއްކަމުގައި ވާނަމަ، ތިޔަ ކައިވެންޏަކީ ރަނގަޅު ކައިވެންޏެކެވެ. އަދިކިޔެއް، ތަޤުވާވެރި، ރަނގަޅު ބަރަކާތްތެރި ކައިވެންޏަކީ ދީންވެރި ދެމަފިރިއެއްގެ ހަޔާތެވެ. ވީމާ، ތިޔަ ދެމަފިރިން ޞާލިޙް ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ. ޝަރްޢީ އުޛުރަކާއި ނުލައި ނުރުހުން ފާޅު ކުރުމުގެ ހައްގެއް މައިންބަފައިންނަކަށް ނުވެއެވެ. އަދި މަންމަ ރުއްސުމަށްޓަކައި މަސައްކަތް ކުރާށެވެ! އަދި ޚާއްޞަކޮށް މަންމައަށްޓަކައި ހެޔޮ ދުޢާކޮށް، މަންމައަށް ހެޔޮކޮށް ހިތުމުގައި ދެމި ހުންނާށެވެ! އޭރުން މާތް ﷲ ގެ އިޛްނަފުޅަށް ރަނގަޅު ވާނެއެވެ.
والله أعلم وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު