ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެތޯ؟

18 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد: 

 ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން ނުވަތަ އެއަށްވުރެ ގިނަ ދުވަސް ފަހުންވެސް މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އެއީ ކަށު ނަމާދުގައި ބައިވެރި ނުވެވޭ މީހުން މައްޔިތާގެ ގަބުރު ކާރީގައި ކަށު ނަމާދު ކުރުމެވެ. އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބުންގެ އަރިހުން އެފަދައިން އެކަން ސާބިތު ވެއެވެ. ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. ” رسول الله صلى الله عليه وسلم ގަބުރެއްގެ ގާތުން ހުރަސް ކުރެއްވި އެވެ. އެއީ ރޭގަނޑުގައި ވަޅުލެވިފައިވާ ގަބުރެކެވެ. އެކަލޭގެފާނުން ހަދީޘް ކުރެއްވިއެވެ. މި ޤަބުރު ވަޅުލެވުނީ ކޮން އިރަކު ހެއްޔެވެ؟ އަޞްޙާބު ބެއިކަލުން ޖަވާބު ދެއްވިއެވެ. ރޭގައެވެ. ހަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ނޭންގީ ކީތްވެގެން ހެއްޔެވެ؟ އެބޭކަލުން ދެއްނެވިއެވެ. ތިމަންމެން އެ ގަބުރު ވަޅުލީ ރޭގަނޑުގެ ދަންވަރު އެވެ. އެހެންވެ ކަލޭގެފާނަށް ގޮވަން ތިމަންމެނަށް ނުކެރުނީއެވެ. ދެން އެކަލޭގެފާނުން ނަމާދު ކުރެއްވުމަށް ހުއްޓި ވަޑައިގެންނެވުމުން ތިމަން ބޭކަލުން އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ސަފު ހެދީމެވެ.” އިބްނު ޢައްބާސް ވިދާޅުވިއެވެ. ތިމަންނާ އެތަނުގައި ނަމާދު ކުރީމެވެ.” البخاري އަދިވެސް މިފަދަ އިތުރު ހާދިޘާ މިފަދައިން ހިނގާފައި ވެއެވެ. އަދި أم المؤمنين عائشةَ رضي الله عنها އާއި ابن عمر رضي الله عنه ގެ އަރިހުން ވެސް މި ޢަމަލު ސާބިތުވެއެވެ.
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު