ރަވާތިބު ސުންނަތުގައިވަނީ ކިތައް ރަކުއަތްތޯ؟ އަދި އެންމެ އިތުރުކަން ބޮޑު ރަކުއަތްތަކަކީ ކޮބާތޯ؟

16 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރަވާތިބު ސުންނަތް ރަކުޢަތްތަކުގެ ޢަދަދަކީ ބާރައެވެ. އޭގެ ތެރެއިން އެއްމެ އިތުރު، މާތް ރަކުޢަތަކީ ފަތިހުގެ އިހު ދެ ރަކުޢަތެވެ. أم المؤمنين عائشةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ((لَمْ يَكُنْ عَلَى شَيْءٍ مِنْ النَّوَافِلِ أَشَدَّ مُعَاهَدَةً مِنْهُ عَلَى رَكْعَتَيْنِ قَبْلَ الصُّبْحِ)) مسلم “رسول الله صلى الله عليه وسلم ނަފްލު (ސުންނަތް) ނަމާދު ތަކުގެ ތެރެއިން އެހެން ހުރިހައި ނަމާދަކަށް ރައްކާތެރިވެ ވަޑައިގަންނަވާ ވަރަށްވުރެ ބޮޑަށް ފަތިސް ނަމާދުގެ އިހުގެ ދެ ރަކުޢަތަށް ރައްކާތެރިވެ ވަޑައިގަންނަވައެވެ.” އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((رَكْعَتَا الْفَجْرِ خَيْرٌ مِنْ الدُّنْيَا وَمَا فِيهَا)) مسلم “ފަތިސް ނަމާދުގެ އިހު ދެ ރަކުޢަތް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑެވެ.” ރަވާތިބު ސުންނަތާއި މެދުގައި އިތުރު ތަފްސީލު ބެއްލެވުމަށްޓަކައި ތިރީގައިވާ ލިންކު ބައްލަވާށެވެ.

 http://adamshameem.com/v2/?p=631والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު