ސެކްޝަން | މަޝްވަރާ

މައިންބަފައިންނާއި މެދުގައި އަދަބާއި ޚިލާފު ކަމެއް ކުރެވިފައިވާނަމަ ހަދާނީ ކިިހިނެތްތޯ؟

14 ނޮވެމްބަރު 2011 - ހޯމަ

އަޅުގަނޑުގެ ބައްޕަޔަކި ދީނައް ހުރުމަތްތެރި ނުވާ އަދި މަންމަޔާ ދޭތެރެ އިހާނެތި ބޭ އަދަބީ ވާހަކަތަކެހް ދައްކައިފާ މީހެކެވެ. އަޅުގަނޑަށް ވަނީ ނަސޭހަތުގެ ގޮތުން ބައްޕަޔާ ދިމާލައް ބުނަން ނުޖެހޭ ކަހަލަ ބަސްތަކެއް ބުނެވިފައެވެ. ވީމާ އަޅުގަނޑު މިކަމުގަ ދެން ކަންތައް ކުރަންވީ ގޮތަކީ ކޮބައިތޯއެވެ.؟

الحمد لله، والصلاة والسلام على رسول الله
أما بعد:

ޝައްކެއްނެތް ގޮތުގައި މައިންބަފައިން ކުރެ މީހަކު ނުބައި ކޮށް ކަމެއް ކުރި ކަމުގައި ވީ ނަމަވެސް ދަރިންގެ ބޮލުގައި އެޅިފައިވާ އެމީހުންގެ ހައްގުތަކަށް ރައްކާތެރި ވުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް އޮއިތް ވާޖިބެކެވެ. އެއީ މާތް ﷲ އަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ ހައްގެކެވެ. އެގޮތުން މައިން ބަފައިންނަށް ލޯތްބާއި އިޙްތިރާމު ކުރުމާއި ހެޔޮ ފޯރު ކޮށްދިނުމާއި އެމީހުނަށް ޓަކައި ހެޔޮ ދުޢާ ކުރުމާއި އެމީހުން މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހުގައި އެމީހުން ބެލުން ފަދަ އެއްމެހައި ކަމެއް ކުރަން ޖެހެއެވެ.
ދީނާއި މެދުގައި ރައްކާތެރި ނުވާ ނަމަވެސް ނަޞޭހަތްތެރިވުމާއި ދުނިޔެވީ މުސްލިމެއް ކަމުގައި ވާހައި ހިނދެއްގައި އިސްލާމެއްގެ ހައްގާއި މައިންބަފައިންގެ ހައްގު އަދާކުރަން ޖެހެއެވެ. ދީނުގެ ޢަދާވާތްތެރި އެއްކަމުގައި ކާފަރެއްކަމުގައި ވީ ނަމަވެސް މައިންބަފައިންގެ ހައްގު އަދާކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ.
ވީމާ، ބައްޕަ އާއި ދިމާއަށް އެދެވިގެން ނުވާ އެއްޗެއް ބުނެވި، އަދަބާއި ޚިލާފަށް މުޢާމަލާތެއް ކުރެވިފައިވާނަމަ ޝައްކެއްނެތް ގޮތުގައި އެއީ ބޮޑު ފާފައެކެވެ. ނުރައްކާތެރި ކަމެކެވެ. ތިބާގެ މައްޗަށް ވަނީ ތެދުވެރި ތައުބާއަކުން ތައުބާ ވުމެވެ. އެގޮތުން ބައްޕަގެ ކިބައިން އެއްކަމަށް މާފަށް އެދެން ޖެހޭނެއެވެ. އަދި އެފަދަ ކަމެއް އަލުން ނުކުރުމަށް ޢަޒްމު ކޮށް، ފާފަ ފުއްސެވުން އެދި ދެންނެވުމުން މާތް ﷲ ފާފަ ފުއްސަވާނެއެވެ. އެކަލާނގެއީ ތައުބާ ޤަބޫލު ކުރައްވާ، ތައުބާ ވާ އަޅުން ދެކެ ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަދި ބައްޕަގެ އިސްލާހަށްޓަކައި މަސައްކަތް ކުރުމާއި ހެޔޮ ދުޢާ ކުރުމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ތެރެއިން ވާ ކަމެކެވެ. 
والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު