ކައިވެނީގައި ހެކިވެރިންގެ ގައިގައި ހުއްނަންޖެހޭ ހާއްސަ ސިފަތަކެއް ހުރޭތޯ؟

15 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ހެކިވެރިންނަކީ ކައިވެނީގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ތަފާތު މައްސަލަތަކުގައި ހެކިވެރިންގެ ސިފަތަކުގައި ކޮންމެވެސް ތަފާތު ތަކެއް ހުރެއެވެ. ނަމަވެސް އާންމުކޮށް ހުންނަން ޖެހޭ ސިފަތައް ކައިވެނީގެ ހެކިވެރިން ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. އެއީ: ބާލިޣްވެފައިވާ މީހެއްކަމުގައި ވުމާއި، ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވުމާއި މުސްލިމެއްކަމުގައި ވުމާއި ޢަދްލުވެރި އެއްކަމުގައި ވުމެވެ.

والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު