ބައްޕަނެތް ކުއްޖަކު އޭނާގެ ބައްޕައަކީ ކާކުކަން އެނގި ހުރެ، އޭނާ އާއި ގުޅުން ނުބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

23 އޮކްޓޯބަރ 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول اللهأما بعد:

ބައްޕަނެތް ކުއްޖެކޭ ދިވެހި ބަހުން ކިޔަނީ ނަހަލާލަށް އުފަންވެފައިވާ ކުދިންނަށެވެ. ބައްޕަނެތޭ ބުނެވެނީ އާދަކާދައެއްގެ ގޮތުން ނުވަތަ ބަހުގެ ހަމަތަކުން އެކަންޏެއް ނޫނެވެ. އަދިކިޔެއް، އެއީ ޝަރުޢީ އުޞޫލާ ހަމައިންނެވެ. މާނައަކީ ޒިނޭ ކޮށްގެ ލިބޭ ދަރި ލައްވާނެ ބައްޕައެއް ނުހުންނާނެއެވެ. އެކުއްޖާގެ ނިސްބަތް ކުރެވޭނީ އެކުއްޖާ ވިހޭ މަންމައަށެވެ. ޒިނޭ ކުރި މީހާއަށް އޮތީ ރަޖަމެވެ. ވީމާ، ދުނިޔޭގައި އަދި އާޚިރަތުގައި ވެސް އެކުއްޖާ އުފެދުމުގައި ސަބަބެއްކަމުގައި ދިމާވި، ޒިނޭކުރި މީހާ އާއި އެކުއްޖާ އާއި އެއްވެސް ގުޅުމެއް، އަދި އެކަކު އަނެކަކުގެ މައްޗަށް ވާ ހައްގެއް ނޯންނާނެއެވެ.والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު