ބައްޕަ ނެތް ކުއްޖަކު ސުވަރުގެ ވައްދަވާނެތޯ؟

26 އޮކްޓޯބަރ 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އީމާންވެ، ޞާލިޙު ޢަމަލު ކޮށްފި ކޮންމެ މީހަކު ސުވަރުގެ ވަންނާނެއެވެ. މާތް ﷲ އެކަމަށްވަނީ ވަޢުދު ކުރައްވާފައެވެ. ވަޙީކުރައްވާފައި ވެއެވެ. { وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ } البقرة 82.

ނަހަލާލަށް އުފަންވެފައިވާ ކުއްޖެއްގެ ޙަލާލު ބައްޕައެއް ނެތުމަކީ އެކުއްޖާ ކުރި ކުށެއް ނޫނެވެ. ވީމައި އެކުއްޖާއަކަށް އޭގެ ސަޒާއެއް ނުލިބޭނެއެވެ. އަދިކިޔެއް، އެއީ އެހެން ދެމީހެއްގެ ފާފައެކެވެ. އޭގެ ބަދަލު ލިބޭނީ އެދެމީހުނަށެވެ. ސުވަރުގެ ވަނުމަށްޓަކައި އެއްވެސް މީހެއްގެ ހަސަބާއި ނަސަބުގެ އެއްވެސް ފައިދާއެއް ނުވެއެވެ. ސުވަރުގެ ވަނުމަށްޓަކައި ބޭނުންވަނީ އީމާންކަމާއި ޞާލިޙު ޢަމަލު ކުރުމެވެ. ވީމައި، ބައްޕަ ހުރި، ޙަލާލު މީހެއްވިޔަސް، އީމާންވެ، ޞާލިޙު ޢަމަލު ނުކޮށްފި ނަމަ ވަންނާނީ ނަރަކައަށެވެ.

ސުވާލާއި ޖަވާބު