ރޭގަނޑުގައި ލޭކުލަ ފެނިފައި ފަތިހު ފެންނަން ނެތުމުން ފެންވަރައިގެން ނަމާދުކޮށް، ރޯދައަށް ހުރުމުން ނަމާދާއި ރޯދަ ރަނގަޅުވާނެތޯއެވެ؟

24 އޮކްޓޯބަރ 2011 - ހޯމަ

ދަންވަރު ފާހާނާ އަށް ވަންއިރު ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުރުމުން ނިންމީ ޕީރިއަޑް ވީކަމަށެވެ. ނިދާފައި ހޭލެވުނު އިރު ފަތިސް ނަމާދު ވަޤުތު ވެއްޖެއެވެ. ހޭލެވުނު އިރު ލޭގެ އަސަރެއް ނެތުމުން ފެންވަރައިގެން ނަމާދު ކުރީއެވެ. އަދި ރޯދަ އަށް ހުރީ އެވެ. ފަހުން ދުވާލު ގަޑީގައި ޕީރިއަޑް ވެއްޖެ ނަމަ އެ ނަމާދު ކަމުދާނެ ތޯއެވެ؟ ނުވަތަ ލޭނުފެނިއްޖެނަމަ ރޯދަ ކަމުދާނެ ތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ރޭގަނޑުގައި ލޭގެ ކުލަ ފެނިފައި ނުވަތަ އަސަރު ފެނިފައި ދުވާލު ލޭ އައިއްސި ނަމަ ހައިޟު ފެށުނު އިރެއްކަމުގައި ބެލެވޭނީ ރޭގަނޑު އެވެ. އެ ހާލަތުގައި ފަތިސް ނަމާދު ކުރިނަމަ އަދި ރޯދައަށް ހުރި ނަމަ އެ ނަމާދާއި ރޯދަ ކަމަކު ނުދާނެއެވެ. ސަބަބަކީ ޙައިޟުގެ ހާލަތުގައި ވީމައެވެ. ނަމަވެސް، ރޭގަނޑުގައި ފާޅުވި ލެއަކީ ނުވަތަ ކުލައަކީ ހައިޟުގެ ލޭކަމުގައިވާނަމަ، މިސާލަކަށް ޙައިޟުން ޠާހިރުވިތަނާ ކުލައެއް ފެނުނު ނަމަ ނުވަތަ ޙައިޟުގެ ވަގުކަމުގައި ނުވާނަމަ އަދި ރޭގަނޑު ފެނިފައި ދެން އެއްގޮތަކަށް ވެސް އެފަދަ އަސަރެއް ފެންނަން ނެތްނަމަ އެއީ ޕީރިއަޑް ކަމުގައި ނުބެލެވޭ ހާލަތެއްގައި ނަމަ ނަމާދާއި ރޯދަ ރަނގަޅު ވާނެއެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު