ޙައިޟުން ހިނައިގަނެ އެއް ހަފުތާގެ ރޯދަ ހިފުނު ތަނާ އަނެއްކާ ލޭފެނިއްޖެ ނަމަ އެވާނީ ޙައިޟުގެ ލއަށްތޯއެވެ؟

22 އޮކްޓޯބަރ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަންހެނާގެ ކުރިމަތިން އަންނަ ލޭގެ އަސްލަކީ އެއީ ޙައިޟެވެ. ޙައިޟަކީ އެކި މީހުނަށް އެކި މުއްދަތުގައި އެކި މިންވަރަށް އަންނަ އެއްޗެކެވެ. ބައެއް މީހުންނަށް ޙައިޟާއި ގުޅިގެން، ޙައިޟުގެ އިތުރުން، މެދު ނުކެނޑި ނުވަތަ ކުޑަ މުއްދަތަކަށް މެދު ކެނޑިފައި ގިނަ ޒަމާންތަކަކު ޙައިޟުގެ ލޭ ނޫން ލެއެއް އަތުވެދާނެއެވެ. އެއީ އިސްތިޙާޟާއެވެ. ވީމައި އިސްތިޙާޟާ ކަމުގައި ބެލެވޭ ފަދަ ޙައިޟާއި ޚިލާފު ގޮތަކަށް ލޭ ނާންނަނަމަ ހަފްތާއެއް ވަންދެން ޠާހިރުކޮށް ހުރެފައި އައި ލެޔަކީ ޙައިޟުގެ ލޭކަމުގައި ވެދާނެއެވެ. ނަމަވެސް އެމީހެއްގެ ކުރީގައި ޕީރިއަޑް ރެގިއުލާކޮށް ހުރެފައި އިސްތިޙާޟާ އަންނަން ފަށާފައިވާ މީހެއް ނަމަ އިސްތިޙާޟާ ކަމުގައި ވެދާނެއެވެ. ވީމައި ސުވާލު ކުރެއްވި ފަރާތުގެ ހާލަތު ހުރި ގޮތަކުން ވަކި ގޮތެއް ނިންމުން ފަސޭހަ ވާނެއެވެ.

والله أعلم، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު