މިލިޓަރީ މިއުޒިކަކީ ހުއްދަ އެއްޗެއްތޯ އެވެ؟

4 އޮކްޓޯބަރ 2010 - ހޯމަ

މިލިޓަރީ މިއުޒިކަކީ ހުއްދަ އެއްޗެއްތޯ އެވެ؟ މިއުޒިކްގެ ތެރެއިން ހުއްދަ އެއްވެސް ބާވަތެއް ވޭތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މިޔުޒިކުގެ ހުރިހާ ބާވަތަކީ ހަރާމް އެއްޗެއް ކަމުގައި ސަލަފުންގެ ހުރިހާ އިލްމުވެރިންނާއި ހަތަރުމަޛުހަބުގެ އިމާމުން އިއްތިފާގުވެވަޑައިގަންނަވައެވެ. އޭގެ ހެކިތަކާއި ދަލީލުތައް ކީރިތި ޤުރްއާނާއި رسول الله صلى الله عليه وسلم ގެ ސައްހަ ސުންނަތާއި އިތުރު އަސްހާބުންގެ އިޖުމާއިން ސާބިތުވެފައިވެއެވެ. މިޒިކާއި މިއުޒިކް އިންސްޓްރުމެންޓްގެ ތެރެއިން އެއްމެ އާދައިގެ ލުއި އެއްޗަކީ ތާރައެއެވެ. ކައިވެނީގެ މުނާސަބަތުގައާއި ދެޢީދު ދެދުވަހުގައި ތާރަޖެހުން ހުއްދައެވެ. އެއީ ޞައްހަ ސުންނަތުން އިސްތިސްނާ ކުރެވިފައިވާ ދެ ހާލަތެވެ. އެނގިވަޑައިގަންނަވާނެފަދައިން މިލިޓަރީ މިއުޒިކަކީ ތާރައިގެ މައްޗަށް ފުއްދާފައިވާ އެއްޗެއް ނޫނެވެ. އޭގައި މިޔުޒިކުގެ ވަރަށް ގިނަ އިންސްޓުރުމެންޓްތައް ބޭނުން ކުރެވެއެވެ. ހަމަ އެފަދައިން މިލިޓަރީ މިއުޒިކު ކުޅެވެނީ ކައިވެންޏާއި ޢީދުގެ އުފަލުގައި އެކަންޏެއްވެސް ނޫނެވެ. ސިފައިންނާއި ގައުމީ ހުރިހާ ވަގުތު ތަކެއްގައެވެ. އަދި ވަކިން ޚާއްސަކޮށް މިލިޓަރީ މިއުޒިކަކީ ކަނޑައެޅިގެން އެމެރިކާ އާއި ޔޫރަޕް ފަދަ ކުފުރުގެ އިމާމުން އުފައްދައި އެމީހުން ބޭނުން ކުރާ އެއްޗެކެވެ. މިއަދު މުސްލިމުން އެކަން ކުރަނީ އެމީހުން ކޮޕީކުރުމުގެ ގޮތުންނެވެ. ވީމައި މިލިޓަރީ މިއުޒިކު ހުއްދަވާނެ އެއްވެސް އުޛުރެއް ނެތެވެ. އެއީވެސް ހަރާމް އެއްޗެކެވެ.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު