ފިރިހެނުން ކޮންޑަށްވުރެ ތިރިއަށް އިސްތަށިގަޑު ދިގުކުރުމަކީ ހަރާމް ކަމެއްތޯ އެވެ؟

8 ސެޕްޓެމްބަރު 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

 ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް ނުވަތަ ބައެއް ފަހަރު ކޮނޑާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ކޮނޑަށްވުރެ ދިގުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ އަންހެނުންނާއި ކާފަރުންގެ ފެޝަނެއްކަމުގައި ވާތީއެވެ. އެއީ ގަދައަޅައި ނަހީކުރެއްވިފައިވާ ދެކަންތަކެވެ. ވީމައި މި ދެޝަރުޠާއި އެކުގައި އިތުރުއެކަލޭގެފާނުންގެ އަމަލުފުޅާއި ތަޢާރުޟު ނުވާނެހެން އިސްތަށިގަނޑު ދިގުކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ޚާއްޞަކޮށް ބޮލު އިސްތަށިގަނޑު ދިގުކުރުމަކީ އާދައެއްކަމުގައި ވާތީ މުސްލިމުންގެ އާދައެއް ކަމުގައި ނުވާ ގޮތަކަށް ދިގު ނުކުރުމަށް ޢިލްމުވެރިން ބާރުއަޅުއްވާފައި ވެއެވެ. والله أعلم وبالله التوفيق

ސުވާލާއި ޖަވާބު