ސެކްޝަން | މަޒުމޫނު

ޢީދުގައި ޢާއިލާމީހުން ނާއި ރަހުމަތްތެރިންނަށް ހަދިޔާދިނުމަކީ ކޮންކަހަލަކަމެއް؟

19 އޮގަސްޓް 2012 - އާދިއްތަ

ޢީދު ދުވަސް ޚާއްސަކޮށްގެން ޢާއިލާމީހުން ނާއި ރަހުމަތްތެރިންނަށް ހަދިޔާދިނުމަކީ ކޮންކަހަލަކަމެއް؟

الحمد لله، والصلاة والسلام على رسول اللهأما بعد:

މުސްލިމުން އެކަކުއަނެކަކަށް، ޚާއްޞަކޮށް ޢާއިލާގެ މީހުނަށް ހަދިޔާދިނުމާއި ބައްދަލުވެ، އެކުގައި ކައިބޮއެ އުޅުމަކީ އާންމު ދުވަސްތަކުގައި ވެސް ހުއްދަ ކަމެކެވެ. އަދިކިޔެއް، އެދެވިގެންވާ ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން އިސްލާމީ އަދި ޢާއިލީ ލޯތްބާއި ގާތްކަން އިތުރުވާނެއެވެ. އެއީ އެދެވިގެންވާ ކަމެކެވެ. އެކަމަށްޓަކައި ޚާއްޞަކޮށް ހަދިޔާ ބަދަލުކުރުމަށް އިތުރުއެކަލޭގެފާނުން މުސްލިމުންނަށް ބާރު އަޅުއްވާފައި ވެއެވެ. أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((تهادوا تحابوا)) “ތިޔަބައިމީހުން އެކަކު އަނެކަކަށް ހަދިޔާ ދޭށެވެ! އޭރުން ލޯބި އިތުރުވާނެއެވެ.” حسن، الألباني، صحيح الأدب المفرد، (ج 1، ص 235). މިފަދައިން މިއުންމަތުގެ ސަލަފުން ޢަމަލު ކުރައްވާފައި ވެއެވެ. އަދިވެސް ޞައްޙަ ސަނަދުން أنس رضي الله عنه ގެ އަރިހުން ވާރިދުވެފައި ވެއެވެ. އެކަލޭގެފާނުންގެ ދަރިދަރިކަލުންނަށް ވިދާޅުވާކަމުގައި ވެއެވެ. ” يا بني! تبادلوا بينكم ؛ فإنه أودّ لما بينكم”. (صحيح الإسناد، صحيح الأدب المفرد، ج 1، ص 235). މާނައަކީ: “އޭ ދަރީންނޭވެ! ތިބާމެންގެ މެދުގައި ހަދިޔާ ބަދަލު ކުރާށެވެ. އެއީ ތިބާމެންގެ މެދުގައި ވާ ލޯބި ގަދަވާނެ ކަމެކެވެ.”ޢީދަކީ އަޅުގަނޑުމެން އެއްމެން ދަންނަފަދައިން މުސްލިމުންގެ އެއްމެ ޚާއްޞަ އެއް ދުވަހެވެ. މުސްލިމުން އުފާކޮށް، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންނާއި އެކުގައި އެއްވެ، ކައިބޮއެ، ހަދިޔާދިނުމާއި ގާތްކަމާއި ލޯބި އިތުރުވާ، ހުއްދަ ކޮންމެ ކަމެއް އެދުވަހުގައި ވަކިން ޚާއްޞަކޮށް އޮތުން އެދެވިގެން ވެއެވެ. މިފަދައިން އުންމަތުގެ ޢިލްމުވެރިންގެ ފަތުވާ ވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

8 ސެޕްޓެމްބަރު 2011 – ބުރާސްފަތި

ސުވާލާއި ޖަވާބު