ހިނައިގަތުން ވާޖިބުވާ ހާލަތްތަކަކީ ކޮބައިތޯއެވެ؟

26 އޮގަސްޓް 2011 - ހުކުރު

މަނިބޭރުވެއްޖެ ނަމަ ހިނައިގަންނަން ޖެހޭކަން ަޅުގަނޑަށް އެނގެއެވެ. އަދި ވަދީއާއި މަޛީ ކިޔާ އެއްޗެއްވެސް އަންނަކަން އެނގެއެވެ. އެކަމު މައްސަލައަކީ އަޅުގަނޑަށް މި އެއްޗިހި ވަކި ކުރަން ނޭންގޭތީއެވެ. އަޅުގަނޑަކީ މީހަކާ އިނދެގެން އުޅޭ މީހަކަށް ނުވުމާއި އެކު މަނި ނުވަތަ އެހެން އެއްޗެއް ވަކި ކުރާކަށް ނޭންގެއެވެ. ވަރަށް ގިނަ މީހުން ކައިރީ އަޅުގަނޑު މި ސުވާލު ކުރިން ނަމަވެސް އެކި މީހުން ދެނީ އެކި ޖަވާބެވެ. ބައެއް މީހުންބުނަނީ އެއީ މަނި ނޫން ކަމުގައެވެ. ހިނައިގަންނަން ނުޖެހޭނެކަމުގައެވެ. އަދި އަންހެން ކުއްޖާގެ ކުރިމަތިފަރާތުން އަބަދުވެސް މިފަދަ އެއްޗިހި ބޭރުވާކަމަށެވެ. ޝެއިޚް ކައިރީ މިސުވާލުކުރަން މަޖުބޫރުވީ އެކިމީހުން އެކި ޖަވާބު ދޭތީއެވެ. އަޅުގަނޑު މިހާރަކަށް އައިސް ވަރަށްގިނައިން ހިނައިގަންނަމެވެ. އެއީ އަޅުގަނޑަށް ފެންނަ އެއްޗަކީ މަނިކަމުގައި ވެދާނެތީއެވެ. މިހާލަތުގައި ކަންތައް ކުރަން ޖެހޭނެގޮތް ބުނެދެއްވުން އެދެމެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ހިނައިގަންނަން ޖެހޭނީ ބޮޑު ހަދަޘުންނެވެ. އެއީ ޖުނުބުވެރިވުމާއި ހައިޟާއި ނިފާސް ކަމެވެ. އެއިން ކަމެއް މެދުވެރި ވެއްޖެ ނަމަ ހިނައިގަތުން ބާޖިބުވާނެއެވެ. ހަމައެފަދައިން އަލަށް އިސްލާމް ވާ މީހާވެސް ހިނައިގަންނަން ވާނެއެވެ.ޖުނުބުވެރިވުމަކީ: ޖިމާޢުވުން (ދެމަފިރިން އެއްދާންކުރުން) ނުވަތަ ޝަހުވަތާއި އެކުގައި މަނިބޭރުވުމެވެ. ﮃ ﭣ  ﭤ   ﭥ  ﭦﮂ المائدة ٦. “އަދި ތިޔަބައިމީހުން ޖުނުބުވެރިވެއްޖެ ނަމަ ޠާހިރުވާށެވެ. (ފެންވަރާށެވެ!)” عائشة رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله r ހަދީޘްކުރައްވާފައި ވެއެވެ. ((ومسَّ الختانُ الختانَ فقد وجب الغسل)) މާނައަކީ: “ޚިތާނާއި ޚިތާނު (ލަދުވެތި ގުނަވަން) ޖެހިއްޖެ ނަމަ (ބައްދަލުވެއްޖެ ނަމަ) ފަހެ ހަމަކަށަވަރުން ފެންވެރުން ވާޖިބު ވެއްޖެއެވެ.” مسلم. ދެ ޚިތާނު ޖެހުމުން ޖުނުބުވެރިވާނެ މިންވަރެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ޛަކަރުގެ ބޯ ނިވާވާ ވަރަށް ވަނުމެވެ. އެއްވެސް ވަރަކަށް ނުވަންނަނަމަ ހަމައެކަނި ޖެހުމަކުން ފެންވެރުން ވާޖިބު ނުވާނެއެވެ.އިޙްތިލާމުވެއްޖެނަމަ ފެންވަރަށް ޖެހޭނެއެވެ. އެއީ އާންމުކޮށް ކައިވެނި ނުކުރާ މީހެއްނަމަ ނުވަތަ ދެމަފިރިން ދުރުގައި ތިބެއްޖެނަމަ ނިދީގައި ނުވަތަ ހުވަފެނުގައި މަނި ބޭރުވުމެވެ. ހޭލާއިރުގައި ތެއްކަމެއް ހުރިނަމަ ނުވަތަ މަނީގެ އަސަރު ފެންނަން ހުރިނަމަ އެއީ ޖުނުބުވެރިވުމެވެ. އެހާލަތުގައި ހުވަފެނެއް ފެނުނުކަމުގައިވިޔަސް ނުވަތަ ނުފެނުނު ކަމުގައި ވިޔަސް ފެންވަރަން ޖެހޭނެއެވެ.  ޙައިޟްއަކީ ބާލިޣްވެފައިވާ އަންހެނުންގެ ފަރުޖުން އާންމުކޮށް މަހަކު އެއްފަހަރު އަންނަ ކުލަގަދަ، ވަސްނުބައި ލެއެކެވެ. އެއީ މާތް ﷲ އާދަމުގެ އަންހެންދަރީންގެ މައްޗަށް ލިޔުއްވާފައިވާ ކަމެކެވެ. އެއީ ޠަބީޢީ ކަމެކެވެ. ބައްޔެއް ނޫނެވެ. ޙައިޟުގެ ލެޔަކީ ނަޖިހެކެވެ. ޙައިޟުގެ ލޭ ކެނޑި ސާފުވުމުން ފެންވެރުން ވާޖިބު ވާނެއެވެ.އިސްތިޙާޟާއަކީ ޙައިޟެއް ނޫނެވެ. އެއީ ޙައިޟާއި ގުޅިގެން ހަލާކުވާ ލޭނާރެއްގެ ސަބަބުން އަންނަ ލެއެކެވެ. البخاري ومسلم. އޭގެ ސަބަބުން ނަމާދު ކުރުމާއި ރޯދަ ހިފުން ދުލެއް ނުކުރެވޭނެއެވެ. އިސްތިޙާޟާގެ ލޭ (ޙައިޟުގެ ލޭ ފިޔަވައި އެހެން ލެޔެއް) އަންނަ ނަމަ ކޮންމެ ނަމާދަކަށް ވުޟޫ ކުރުން ވާޖިބުވާނެއެވެ. މޮޅުއިތުރު ގޮތަކީ ކޮންމެ ދެ ނަމާދަކަށް އެއް ފެހަރު ނުވަތަ ދުވާލަކު އެއްފަހަރު ފެންވަރައިގެން ދެން ކޮންމެ ނަމާދަކަށް ވުޟޫ ކުރުމެވެ.މަޛީ އާއި ވަދީ އާއި ޑިސްޗާރޖްމަޛީއަކީ އަނބިމީހާ ނުވަތަ ފިރިމީހާ އާއިމެދުގައި ވިސްނުމުގެ ސަބަބުން ނުވަތަ ޖިމާޢުގެ ކުރިން ފިރިހެނުންނާއި އަންހެނުންގެ ކުރިމަތީފަރާތުން އަންނަ ފެންކުލައިގެ، ލޮނދި އެއްޗެކެވެ. މަޛީ އަތުވައްޖެ ނަމަ ޖެހޭނީ ފަރުޖު ދޮވެ، ލިބާހުގައި ޖެހިފައިވާ ތަނަށް ފެންފޮދެއް ބުރުވާލައި ވުޟޫ ކުރާށެވެ. [مسلم] ފެންވަރާކަށް ނުޖެހޭނެއެވެ. އަދި ވަދީއަކީ ފިނީގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ކުޑަކަމު ދިޔުމާއި އެކުގައި ބޭރުވާ މަނި ފަދަ، ކިރުކުލައިގެ އޮލަ އެއްޗެކެވެ. އެއައުމުންވެސް ޖެހޭނީ ވުޟޫ ކުރާށެވެ. ފެންވަރާކަށް ނުޖެހޭނެއެވެ.ޑިސްޗާރޖް އަކީ: ކޮންމެ އަންހެނަކަށް ނުވަތަ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. ޚާއްސަކޮށް ބާލިޣްވާ އުމުރުގެ އަންހެންކުދިންނާއި މާބަނޑު އަންހެނުންނަށް ގިނައިން އަންނަ އެއްޗެކެވެ. އެއީ ވަރަށް ގިނަފަހަރު ޞިއްޙީ ކަމެކެވެ. އަނެއްބައި ފަހަރު ޞިއްޙީ މައްސަލައަކާއި ހުރެ އަތުވެދާނެ އެއްޗިއްސެވެ. މަޛީ ނުވަތަ ވަދީ ފަދައިން ކޮންމެ ޑިސްޗާރޖް އަކީ ވުޟޫ ގެއްލޭ ކަމެއްކަން އިނގޭނެ ދަލީލެއް ނުވެއެވެ. އިސްވެ ދިޔަ ދެބާވަތް ފިޔަވައި އާންމު ހާލަތުގައި އަންހެނުންގެ ކުރިމަތިފަރާތުން އަންނަ ޑިސްޗާރޖް އަކީ އޭގެސަބަބުން ވުޟޫ ކުރުން ލާޒިމު އެއްޗެއްކަން އިނގޭކަށް ނެތެވެ. ވީމައި ކޮންމެ ނަމާދަކަށް ބަލައި ޗެކްކޮށް، ދޮވެ ސާފުވާކަށް ނުޖެހޭނެއެވެ.މާތް ﷲ އަޅުގަނޑުމެން އެއްމެނަށް އެކަލާނގެ ދީނުގެ ފިޤުހު ދެއްވާށި! އާމީން!

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު