އަނބި މީހާ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ؟

25 އޮގަސްޓް 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަނބި މީހާ ގައިގައި ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. ވުޟޫ ގެއްލޭނީ އަނބި މީހާގެ ގައިގައި ބީހުމުގެ ސަބަބުން ކުރިމަތީ ފަރާތުން އެއްޗެއް ބޭރުވެއްޖެ ނަމައެވެ. ހަމަ އެކަނި ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. عَائِشَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبَّلَ بَعْضَ نِسَائِهِ ثُمَّ خَرَجَ إِلَى الصَّلَاةِ وَلَمْ يَتَوَضَّأْ)) “ހަމަކަށަވަރުން މާތް ނިބައްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެ ފާނުންގެ އަނބިއަނބިކަނބަލުން ކުރެ އަނބި ކަނބަލަކަށް ބޮސްދެއްވުމަށް ފަހުގައި ނުކުމެ ވަޑައިގެން ނަމާދު ކުރެއްވިއެވެ. އަދި ވުޟޫއެއް ނުކުރައްވައެވެ.” މިހަދީޘް الترمذي އާއި ابن ماجه ރިވާކުރައްވާފައި ވެއެވެ. އަދި الألباني ޞައްހަކަމުގައި ވިދާޅުވެފައި ވެއެވެ. [الألباني، صحيح أبي داود، 171]

والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު