މަރަށް މަރު ހިފުމުގެ ޝަރުތުތަކަކީ ނުވަތަ އެކަމުގައި ބަލަންޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟

24 އޮގަސްޓް 2011 - ބުދަ

الحمد لله، والصلاة والسلام على رسول اللهأما بعد:

 މަރަށް މަރު ހިފުމުގައި ބަލަންޖެހެނީ އެއީ ޤަތްލު ޢަމްދެއްތޯ ނޫންތޯއެވެ. މާނައަކީ އޮޅުމަކުން ނުވަތަ މެރުމުގެ ގަސްތަކާއި ނުލައި ތަޅައިފޮޅައިގަތުމުގެ ތެރޭގައި ލިބުނު އަނިޔާއަކުން މަރުވީތޯ ނުވަތަ ނޫންތޯއެވެ. ޤަތްލު ޚަޠާ އާއި ޤަތްލު ޝިބްހު ޢަމްދުގައި ވަނީ ދިއްޔައެވެ. ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ މަރަށް މަރު ހިފޭނެއެވެ. ގަސްތުގައި މީހަކު މެރިކަމުގައި ބެލެވެނީ ތިން ރުކުނެއް ވެއެވެ. ޤަތްލު ކުރެވިފައިވަނީ ދިރިހުރި އިންސާނެއްކަމާއި އެއީ މަޢުޞޫމެއްކަމުގައި ވުން، އަދި ޤަތްލުވީ އަނިޔާވެރިވި މީހާގެ އަނިޔާއިންކަމުގައި ވުމެވެ. އަދި އަނިޔާވެރިވި މީހާ އަނިޔާކޮށްފައިވަނީ މަރައިލުމުގެ ގަސްތުގައި ކަމުގައި ވުމެވެ.

والله أعلم، وصلى الله على محمد وآله وسلم

ސުވާލާއި ޖަވާބު