ސެކްޝަން | ފަތުވާ

ދީނުގައި ހައްދު ފަހަނަ އަޅައި ދިޔުމަކީ ކޮބައިތޯއެވެ؟ އަދި ހައްދުފަހަނައަޅާ މިންގަނޑަކީ ކޮބައިތޯއެވެ؟

3 އޮކްޓޯބަރ 2010 - އާދިއްތަ

ދީނުގައި ހައްދު ފަހަނަ އަޅައި ދިޔުމަކީ ކޮބައިތޯއެވެ؟ އަދި ހައްދުފަހަނައަޅައިދިޔުން ކަމުގައި ބެލެވޭ މިންގަނޑަކީ ކޮބައިތޯއެވެ؟ ހަމަ އެފަދައިން ދީނުގައި ފަރުވާކުޑަކުރުމަކީ ކޮބައި ތޯއެވެ؟ | اللجنة الدائمة للبحوث العلمية والإفتاء - ސުވާލު ނަމްބަރު: ފަތުވާ ނަމްބަރު ‏(‏8946‏)‏‏ ގެ ފަސްވަނަ ސުވާލު

“އަލް ޣުލުވް” ހައްދުފަހަނައެޅުމުގެ މާނަޔަކީ؛ ކަމެއްގައި ނުވަތަ އެއްޗެއްގައި ފުންކޮށް ވަނުމާއި ކަމެއްގައި އުނދަގޫ އުފުލުމެވެ. ދީނުގައި އޮންނަވަރަށްވުރެ އުނދަގޫ އުފަލައި، ހައްދުފަހަނައަޅައި ދިޔުމުން ރަސޫލު ﷲ ސައްލަ ﷲ އަލައިހި ވަސައްލަމަ ވަނީ ނަހީ ކުރައްވާފައެވެ. ހަދީޘްކުރައްވަނީ: ((إياكم والغلو في الدين فإنما أهلك من كان قبلكم الغلو في الدين)) މާނައީ: “ދީނުގައި ހައްދުފަހަނައަޅައި ދިޔުމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެންދިޔައީ ދީނުގައި ހައްދުފަހަނައަޅައި ދިޔުމެވެ.” މިހަދީޘް ސައްހަ ސަނަދުން އަލް އިމާމް އަހުމަދާއި އަދިވެސް އެހެން އިމާމުން ރިވާކުރެއްވިއެވެ.

މީހަކު ދީނުގައި ހައްދުފަހަނައަޅައިދިޔުން ކަމުގައި ބެލެވޭ މިންގަނޑަކީ؛ ﷲ އާއި އެކަލާނގެ ރަސޫލާ ކަންޑައަޅުއްވާފައިވާ މިންގަނޑަށްވުރެ (ބަހާއި އަމަލުގައި ނުވަތަ އީމާންކަމާއި އަގީދާގައި އަދި ވިސްނުމާއި ފިކުރުގައި) އިތުރު ކުރުމެވެ.

ދީނުގައި ފަރުވާކުޑަކުރުމަކީ: ﷲ އާއި ރަސޫލާ ވާޖިބުކުރައްވާފައިވާ ކަންތައްތައް އަދާކުރުމުގައި ފަރުވާކުޑަ ކުރުމެވެ. ނަމާދުއެޅުމާއި، މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމާއި ހަމައެފަދައިން ހަރާމްކުރެއްވިފައިވާ ކަންކަމަށް އަރައިގަތުމެވެ. ރާބޮއެ، ޒިނޭކޮށް، ޣީބަބުނުން ފަދަ އަމަލުތައް ކުރުމެވެ. އެއީ ދީނަށް އަޅާނުލުމުގައި ހައްދުފަހަނައަޅައި ދިޔުމެވެ. އެއީވެސް ނަހީކުރެވިގެންވާ ކަމެކެވެ.

وبالله التوفيق، وصلى الله على نبينا محمد،‏‏ وآله وصحبه وسلم‏.‏

ސުވާލާއި ޖަވާބު