ޒިނޭ ކޮށްފައިވާ މީހަކު އެކަމުގެ ހައްޤު އަދަބު ނުލިބި ކުރާ ކައިވެނި ސައްޙަ ވާނެތޯއެވެ؟

9 އޮގަސްޓް 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޒިނޭ އަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އެހެނިހެން އަޅުކަންތައްތަކާއި މުޢާމަލާތްތައް ޞައްހަ ވާނެއެވެ. ޒިނޭފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް ނުލިބޭނެއެވެ. އެފަދަ ފާފައެއް ކުރެއްވިއްޖެ ނަމަ ރަނގަޅު ގޮތަކީ އެއްވެސް މީހަކަށް ނާންގައި އެކަން ސިއްރުކޮށް، އެކަމުން ތައުބާ ވުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ މާތް ﷲ އެފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާނެއެވެ. އަދި ޒިނޭ ކުރާ މީހަކާއި ކައިވެނި ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ތައުބާ ވެއްގެ ނަމަ ހުއްދައެވެ.

والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ސުވާލާއި ޖަވާބު