އަތުގަ ހިފައިލުމަކީ މައްސަލައެއްތަ؟!

11 އޮކްޓޯބަރ 2012 - ބުރާސްފަތި

بسم الله الرحمن الرحيم
އަޅުގަނޑު ނުބުނަން އެއީ މައްސަލައެކޭ، އެއީ ދެމަފިރިންގެ ލޯބި، އެދެމީހުންގެ ގުޅުން، މާތް ﷲ އެ ދެ ރޫޙުގެ މެދުގަ ލައްވާފައިވާ ލޯތްބާ ކުލުނާ ހަމްދަރުދީ އާ ރަޙުމަތް އެއީ، ޘަވާބާއި ދަރުމަ ހުރި ކަމެއް އެއީ، ހަމަ އެކަނި އެޔެއް ނޫން، ދެމަފިރިން ދެމެދުގަ އެއަށް ވުރެ މާ ބޮޑު، މާ މަތިވެރި، މާ ވަރުގަދަ ގުޅުންތައް ވޭ، އެދެމީހުންގެ ލޯބި ބަދަހިކޮށް، ލޯބި ބަދަލު ކުރުމަށްޓަކައި ނަހީ ކުރެއްވިފައި ނުވާ [...]

ﷲ އަށް ބިރުވެތިވޭ!!

15 ފެބުރުއަރީ 2012 - ބުދަ

މާފް ކުރުމަކީ މާތް، ރިވެތި ސިފައެކެވެ. ނަމަވެސް ހުރިހައި ތަނެއްގައެއް ނޫނެވެ. ހަމަ އެކަނި ޛާތީ މައްސަލަތަކުގައެވެ. އެހެން އިންސާނުންގެ ހައްގުތައް ނުގެއްލޭނެ ކަންކަމުގައެވެ. އެހެން ނޫންނަމަ މާފް ދިނުމަކީ ގެއްލުން ހުރި، ނުރައްކާތެރި ކަމެކެވެ. އަނިޔާވެރިކަމަށް މަގު ފަހިވާނެ ކަމެކެވެ.
އަނިޔާވެރިކަން އިންތިހާއަށް ގިނަވެ، ނުކިޔަމަންތެރިކަން ބޮޑުވެފައިވާ މިފަދަ ވަގުތެއްގައި ސަރުކާރުން ވިސްނަންވީ މާފްދީ، ކުށްވެރިންތައް މިނިވަން ކުރާކަށް ނޫނެވެ. ކުށްވެރިންގެ މައްޗަށް ހައްގު އަދަބު ތަންފީޛު ކުރާށެވެ. މާތް ﷲ ބާވައިލައްވާފައިވާ ޙުކުމްތަކާއި ހައްދުތައް ޤާއިމު [...]

ﷲ އަށް ބިރުވެތިވޭ!!

9 ފެބުރުއަރީ 2012 - ބުރާސްފަތި

ﷲ އަށް ބިރުވެތިވޭ!!
ދިވެހި ރާއްޖެއާއި މެދުގައި ދިވެހި ރާއްޖޭގެ މުސްތަޤްބަލާއި މެދުގައި ﷲ އަށް ބިރުވެތި ވާށެވެ!
ވަކި މީހެއް، ވަކި ޕާރޓީއެއް ނޫނެވެ. ވަކި ބައެއް ނޫނެވެ. އެއްމެންނެވެ. ވެރިންނާއި ރައްޔިތުންނެވެ. ސިފައިންނާއި އާންމުންނެވެ. އެކަލާނގެ އަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވެގެން ނޫނީ އަޅުގަނޑުމެންނަކަށް އަމާން ކަމެއް ނުލިބޭނެކަން ކަށަވަރެވެ.
ލޮބުވެތި މުސްލިމު އަޚުންނޭވެ! މަގުމައްޗަށް ނުކުމެ، ވެރިކަން ވައްޓާލުމަށް، ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ނުކުރާށެވެ! އެއީ ފިތުނަ ފަސާދައިގެ މަގެކެވެ. ޖާނާއި މާލަށް [...]

މިހާރު ހިނގަމުން ދާ މުޒާހަރާ އާއި މެދުގައި…

4 ފެބުރުއަރީ 2012 - ހޮނިހިރު

بسم الله، والصلاة والسلام على رسول الله، وبعد:

މިހާރު ހިނގަމުން ދާ މުޒާހަރާ އާއި މެދުގައި ވަރަށް ގިނަ މީހުނަށް ސުވާލު އުފެދިފައިވެއެވެ. އަޅުގަނޑާ ކުރިމަތިވާ ސުވާލަކީ މިހާރު މި ހިނގާ މުޡާހަރާ އަކީ ދީނީ ގޮތުން ހުއްދަ ވާނެ މުޡާހަރާއެއް ތޯއެވެ؟ އެފަދަ މުޒާހަރާއެއްގައި ބައިވެރި ވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޚާއްޞަކޮށް މުޡާހަރާ ކުރުމަކީ ނުރަނގަޅު ކަމެއް ކަމުގައި ބުނެވޭ އަޑު ވަރަށް ގިނަ ބަޔަކަށް އިވިފައި ވާ އިރު، މިހާރު ކުރެވެމުންދާ މުޡާހަރާގައި ބައެއް [...]

މައިންބަފައިންނާއި މެދުގައި އަދަބާއި ޚިލާފު ކަމެއް ކުރެވިފައިވާނަމަ ހަދާނީ ކިިހިނެތްތޯ؟

14 ނޮވެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޝައްކެއްނެތް ގޮތުގައި މައިންބަފައިން ކުރެ މީހަކު ނުބައި ކޮށް ކަމެއް ކުރި ކަމުގައި ވީ ނަމަވެސް ދަރިންގެ ބޮލުގައި އެޅިފައިވާ އެމީހުންގެ ހައްގުތަކަށް ރައްކާތެރި ވުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް އޮއިތް ވާޖިބެކެވެ. އެއީ މާތް ﷲ އަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ ހައްގެކެވެ. އެގޮތުން މައިން ބަފައިންނަށް ލޯތްބާއި އިޙްތިރާމު ކުރުމާއި ހެޔޮ ފޯރު ކޮށްދިނުމާއި އެމީހުނަށް ޓަކައި ހެޔޮ ދުޢާ ކުރުމާއި [...]

އަޅުގަނޑު މަސައްކަތް ކުރާ ތަނުގައި ހުންނަ ކޮމްޕިއުޓަރ ތަކުގައި ފާޙިޝް އެއްޗިހި ހުންނަ ނަމަ އެކަން މަނާ ކުރުމަށް ހަދާނީ ކިހިނެތްތޯ؟

22 އޮކްޓޯބަރ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ފާޅުގައި ފާހިޝް އެއްޗިހި ބެލުމާއި ގެންގުޅުމާއި ހިސާބަށް މުސްލިމުން ހިނގައިދާނެ ކަމުގައި ހީވެސް ނުވެއެވެ. ނަމަވެސް މިއަދު މުސްލިމުން ކަމުގައި ދަޢުވާ ކުރާ ވަރަށް ގިނަ މީހުން އެ ދަރަޖައަށް ގޮސްފައި ވާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ވާޖިބަކީ އެފަދަ ނުބައިތައް އިސްލާޙު ކުރުމަށް މަސައްކަތް ކުރުމެވެ.
ކޮންމެ އަކަސް ތިބާ އުޅޭ އޮފީހުގައި ވިޔަސް އަދި އެހެން ތަނެއްގައި ނަމަވެސް އެފަދަ މުންކަރާތެއް [...]

ލޯބިވާ ކުއްޖާ ނޫން އެހެން ކުއްޖަކާ އިނދެވިއްޖެ ނަމަ ހަދީނީ ކިހިނެއްތޯއެވެ؟

18 ޖެނުއަރީ 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޒަވާޖީ ޙަޔާތެއް އުފާވެރި ގޮތުގައި ހޭދަ ކުރުމުގައި ދެމަފިރިން އެކަކު އަނެކެއް ދެކެ ލޯބިވުމަކީ ވަރަށް މުހިންމު ބޭނުންތެރި ކަމެއްކަމާއި މެދުގައި ޝައްކެއް ނެތެވެ. ނަމަވެސް، އެއީ ހަމަ ތަކަކާއި ވެސް އެކުގައެވެ. ވީމައި ތިޔަ އަޚްގެ ސަމާލު ކަމަށްޓަކައި ގެންނަންޖެހޭ ކަންތައްތަކެއް ވެއެވެ.
ފުރަތަމަ ކަަމަކީ: ސުވާލު ކުރި ފަރާތުން މަންމަގެ ބަސް އެހުމުގެ ގޮތުން ނަމަވެސް ކައިވެނި ކޮށްފައި ވުމެވެ. ޝައްކެއްނެތް ގޮތުގައި ތިބާ ކައިވެނި [...]

އަޅުގަނޑުގެ މިމާޔޫސް ކަމުނެ ސަލާމަތް ކޮށްދޭށެވެ… އަމިއްލަޔަށް މަރުވެދާނަމޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ..

2 ޖެނުއަރީ 2011 - އާދިއްތަ

الحمد لله والصلاة والسلام على رسول الله، وبعد:
މިސުވާލުން އިނގޭގޮތުގައި ތިޔަ ފަރާތަކީ ހެވާއި ރަނގަޅު، ތެދުމަގާއި ހިދާޔަތުގެ މަތީގައި ދެމިހުންނަން ބޭނުންވާ ކުއްޖެއްކަމެވެ. ނަމަވެސް ނަފްސުގެ ނުބައި ކަމާއި ޝައިޠާނީ ވަސްތަކުގައި ޖެހި، އެކަމުގެ ރަނގަޅު ފަރުވާ ނުލިބި ތިބާގެ މައްޗަށް ބަލީގެ އަސަރު ގަދަވެފައިވަނީއެވެ.

އަޅުގަނޑަށް އުމުރުން 8 އަހަރުން ފެށިގެން ބޭބެ އައީ ޖިންސީ ގޯނާ ކުރަމުން އަޅުގަނޑު ތަޢުބާވާން ހަދާނީ ކިހިނެތް؟

31 ޑިސެމްބަރު 2010 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި އެއްޗެއް، އިލާހުގެ ކޯފާ ހައްގުވާނެކަމެއް، ނަމަވެސް ﷲއީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހޫނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ.
ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އަދިކިޔެއް އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ. އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް [...]

ފޭސްބުކްގައި ރައްޓެހިނާއި ތިމާގެ އަންހެނުން ލާފައިހުންނަ އައުރަނިވާނުވާ ފޮޓޯތަކަށް ކޮމެންޓުކުރެވޭނެތޯ؟

24 އޮކްޓޯބަރ 2010 - އާދިއްތަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ސުވާލުގައި އަހާފައި އެވާ ކަންތަކަކީ ޝައްކެއް ނެތް ގޮތުގައި ހުއްދަ ކަމެއް ނޫނެވެ. ބެލުން ހުއްދަވެގެން ނުވާ އެއްޗަކަށް ނުވަތަ ކުރުން ހެޔޮނުވާ ކަމަކަށް ތަޢުރީފު ކުރުމަކީ އެކަމަށް ވާގިވެރި ވުމެވެ. ނުބައި ކަމަކަށް ވާގިވެރި ވުމަކީ އަދި އިންކާރު ނުކުރުމަކީ އެފަދަ ކަމެކެވެ. ނަމަވެސް އިންކާރު ކުރުމުގެ ގޮތުން ކޮމެންޓު ކުރުމަކީ ހުއްދަ ކަމެކެވެ. އަދިކިޔެއް ހެޔޮ ކަމެކެވެ.
والله أعلم، وصلى الله على محمد [...]

ސުވާލާއި ޖަވާބު