ފަރްޟް ނަމާދު ފަރްޟު ކުރައްވާފައި ވަނީ ޖަމާޢަތުގައި

19 އޮކްޓޯބަރ 2011 - ބުދަ

الحمد لله، والصلاة والسلام على رسول اللهأما بعد:
މާތް ﷲ ފަރުޟު ފަސް ނަމާދު ވާޖިބު ކުރައްވާފައިވަނީ މިސްކިތުގައި ޖަމާއަތުގައެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ ހެޔޮހާލުގައި ހުރި ކުޅަދާނަ ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބެކެވެ. ގަސްތުގައި ޖަމާއަތް ދޫކޮށްލާފައި ގޭގައި ނަމާދު ކުރުމަކީ ޖާއިޒް ކަމެއް ނޫނެވެ. ނަމާދު ޖަމާއަތުގައި މިސްކިތުގައި ކުރުމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ދަލީލަކީ ހަނގުރާމައިގެ ބިރުވެރި ވަގުތުގައި ޚައުފުގެ ނަމާދު ކުރުމުގެ ލުއިފަސޭހަކަން ދެއްވި [...]

ﷲގެ ހުކުމަށް ހުކުމް ކުރުން އަދި ހުކުމް ނުކުރާ މީހަކީ ކާފަރެއް ތޯއެވެ؟

21 އޮކްޓޯބަރ 2010 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ﷲ تعالى المائدة ސޫރަތުގެ 44 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. { وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ}. މާނައީ: ” އަދި ﷲ ބާވައިލެއްވި ތަކެއްޗަށް (އެކަލާނގެ އާޔަތްތަކާއި ހުކުމްތައް)

މެތުރުމާއި ތަވީދު އަދި ޤުރުއާނުގެ ބައެއް އާޔަތް އެއްޗެއްގައި ލިޔެ، އޭގެ ފެން ބުއިން

20 އޮކްޓޯބަރ 2010 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
މިސުވާލާއި ގާތް ސުވާލެއްގެ ޖަވާބު ދާރުލް އިފްތާއިން ނެރެފައިވެއެވެ. އޭގައިވަނީ:
ތައްޓެއްގައި ނުވަތަ ގަނޑެއްގައި ކީރިތި ޤުރުއާން ލިޔެ، ފެނުން ދޮވެ، އެބުއިމަކީ ހުއްދަކަމެކެވެ. ﷲގެ ބަސްފުޅުގައިވެއެވެ. { وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ } الإسراء 82. މާނައީ: “އަދި ތިމަން ﷲ ޝިފާއެއް ކަމުގައްޔާއި، މޫމިނުންނަށް ރަހުމަތެއްކަމުގައި ޤުރުއާން ބާވައިލެއްވީމެވެ.”
ފަހެ ޤުރުއާނަކީ ހިތްތަކަށާއި ހަށިތަކަށް ހުރި ޝިފާއެކެވެ. الحاكم [المستدرك] [...]

ކުޑަޝިރުކާއި ބޮޑުޝިރުކުގެ ފަރަގު

9 އޮކްޓޯބަރ 2010 - ހޮނިހިރު

ބޮޑުޝިރުކަކީ ﷲ އާއި އެއްފަދަ އެހެން ފަރާތެއް ހެދުމެވެ. އެކަލާނގެ އިސްފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އާއި އެއްފަދަ އެހެން ފަރާތެއް ހެދުމެވެ. މިސާލަކަށް: ﷲއަށް ޚާއްސަވެގެންވާ ސިފަފުޅުތަކާއި އިސްމުފުޅުތަކުން ސިފަފުޅެއް ނުވަތަ އިސްމުފުޅެއް އެކަލާނގެ މެނުވީ އެހެން ފަރާތަކަށް ދިނުމެވެ. ﷲ ވަހީކުރައްވާފައި ވެއެވެ. { وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ} الأعراف 180. މާނައަކީ: “އެއްމެހާ ރިވެތި އިސްމުފުޅުތައް ވަނީ ﷲ [...]

ދީނުގައި ހައްދު ފަހަނަ އަޅައި ދިޔުމަކީ ކޮބައިތޯއެވެ؟ އަދި ހައްދުފަހަނައަޅާ މިންގަނޑަކީ ކޮބައިތޯއެވެ؟

3 އޮކްޓޯބަރ 2010 - އާދިއްތަ

“އަލް ޣުލުވް” ހައްދުފަހަނައެޅުމުގެ މާނަޔަކީ؛ ކަމެއްގައި ނުވަތަ އެއްޗެއްގައި ފުންކޮށް ވަނުމާއި ކަމެއްގައި އުނދަގޫ އުފުލުމެވެ. ދީނުގައި އޮންނަވަރަށްވުރެ އުނދަގޫ އުފަލައި، ހައްދުފަހަނައަޅައި ދިޔުމުން ރަސޫލު ﷲ ސައްލަ ﷲ އަލައިހި ވަސައްލަމަ ވަނީ ނަހީ ކުރައްވާފައެވެ. ހަދީޘްކުރައްވަނީ: ((إياكم والغلو في الدين فإنما أهلك من كان قبلكم الغلو في الدين)) މާނައީ: “ދީނުގައި ހައްދުފަހަނައަޅައި ދިޔުމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެންދިޔައީ ދީނުގައި ހައްދުފަހަނައަޅައި ދިޔުމެވެ.” މިހަދީޘް ސައްހަ [...]

ގަބުރެއް އޮތް މިސްކިތެއްގައި ނަމާދު ކުރުމުގެ ހުކުމަކީ ކޮބާ؟

28 ސެޕްޓެމްބަރު 2010 - އަންގާރަ

އެ މިސްކިތަކީ ގަބުރުގެ މަތީގައި ބިނާކުރެވިފައިވާ މިސްކިތެއް ކަމުގައި ވާނަމަ، އެމިސްކިތެއްގައި ނަމާދު ހަރާމްވެގެންވެއެވެ. އަދި އެމިސްކިތް ތަޅާލުމަކީ ވާޖިބެކެވެ. އެހެނީ ޔަހޫދީންނާއި ނަސާރާއިން އެމީހުންގެ ނަބީބޭކަލުންގެ ގަބުރުތަކުގައި މިސްކިތް ބިނާކުރީމައި އެކަމަށް އިންޛާރު ދެއްވުމުގެ ގޮތުން ރަސޫލުއް ﷲ ސައްލައް ﷲ އަލައިހި ވަސައްލަމް ވަނީ އެބައިމީހުންނަށް ލައުނަތް ލައްވާފައެވެ.
އެހެންނަމަވެސް، މިސްކިތް ބިނާކުރި ފަހުން، މިސްކިތްތެރަށް ގަބުރެއް ވައްދައިފައިވާނަމަ، އެ ގަބުރެއް ކޮނެ ނަގައި، ގަބުރުސްތާނުގައި [...]


ސުވާލާއި ޖަވާބު