ކުރީގެ | ސުވާލާއި ޖަވާބު - އަޅުކަން

ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟

7 ޑިސެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެ ވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި ދުޢާއެއް ކުރުމަކަށް ނާންގަވައެވެ. ވީމާ، ސަޖިދާގައި ކިޔާ ތަސްބީޙަތަކުން ތަސްބީޙައެއް ކިޔުމަށް ފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާ އެއްވެސް [...]

ފިރިމީހާއާއި އެކުގައި ނަމާދު ކުރާއިރު ފިރިމީހާގެ ފަހަތުގައި ޖާގަ ނެތްނަމަ އެއްފަރާތެއްގައި ހުންނަ ނަމަ ހުންނާނީ ކިހާ ދުރުމިނެއްގައިތޯ؟

4 ޑިސެމްބަރު 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول اللهأما بعد:
އިމާމާގެ ފަހަތުގައި ސަފުހެދުމުގައި އަސްލަކީ އިމާމާއި ދިމާލުން ފަހަތުގައި ސަފުހެދުމެވެ. ޚާއްޞަކޮށް ދެމަފިރިން ނަމާދު ކުރާނަމައެވެ. ނަމަވެސް ޖާގަނެތް ނަމަ ފިރިމީހާގެ ކޮންމެ ފަރާތެއްގައިވެސް ހުރެވިދާނެއެވެ. ކަނާއަތް ފަރާތުގައި ޖާގައޮތްނަމަ ކަނާއަތް ފަރާތައް އިސްކަން ދިނުން އެދެވިގެން ވެއެވެ. ވަކި ދުރުމިނެއް އެދެމީހުންގެ މެދުގައި ބެހެއްޓުން ލާޒިމެއް ނޫނެވެ. ނަމަވެސް، ފިރިމީހާގެ ނަޡަރު އަޅައިނުގަންނަ ހިސާބުގައި ހުރުން އެދެވިގެން ވެއެވެ. އެހެން ނޫންނަމަ ވިސްނުން ކަސިޔާރުވުމަކީ ވެދާނެކަމެކެވެ.
والله [...]

ކަކުލާއި ހަމައަށް ހުންނަ ހެދުމާއި ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވިދާނެތޯއެވެ؟

23 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޢައުރަ ނިވާ ކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. ނަމާދުގައި އަންހެނުންގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. ވީމާ، ބުރުގާއާއި ކަކުލާއި ހަމައަށް ހުންނަ ހެދުމާއި (މަތި) ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވޭނެއެވެ. އަދި އެއީ ހަށިގަނޑުގެ ބައްޓަން ފާޅު ނުވާ ވަރުގެ ގަޔަށް ދޫ ހެދުމެއް ކަމުގައި ވާނަމަ ނަމާދު ޞައްހަވާނެ ކަމާއި މެދުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.
أم سلمة [...]

ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެތޯ؟

18 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد: 
 ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން ނުވަތަ އެއަށްވުރެ ގިނަ ދުވަސް ފަހުންވެސް މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އެއީ ކަށު ނަމާދުގައި ބައިވެރި ނުވެވޭ މީހުން މައްޔިތާގެ ގަބުރު ކާރީގައި ކަށު ނަމާދު ކުރުމެވެ. އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބުންގެ އަރިހުން އެފަދައިން އެކަން ސާބިތު ވެއެވެ. ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. ” رسول [...]

ރަވާތިބު ސުންނަތުގައިވަނީ ކިތައް ރަކުއަތްތޯ؟ އަދި އެންމެ އިތުރުކަން ބޮޑު ރަކުއަތްތަކަކީ ކޮބާތޯ؟

16 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ރަވާތިބު ސުންނަތް ރަކުޢަތްތަކުގެ ޢަދަދަކީ ބާރައެވެ. އޭގެ ތެރެއިން އެއްމެ އިތުރު، މާތް ރަކުޢަތަކީ ފަތިހުގެ އިހު ދެ ރަކުޢަތެވެ. أم المؤمنين عائشةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ((لَمْ يَكُنْ عَلَى شَيْءٍ مِنْ النَّوَافِلِ أَشَدَّ مُعَاهَدَةً مِنْهُ عَلَى رَكْعَتَيْنِ قَبْلَ الصُّبْحِ)) مسلم “رسول الله صلى الله عليه [...]

ފަރުޟު ނަމާދުތައް އެއްވެސް އުޒުރެއްނެތި ގޭގައި ކުރެވިދާނެތޯ؟

15 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:
މާތް ﷲ ފަރުޟު ފަސް ނަމާދު ވާޖިބު ކުރައްވާފައިވަނީ މިސްކިތުގައި ޖަމާއަތުގައެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ ހެޔޮހާލުގައި ހުރި ކުޅަދާނަ ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބެކެވެ. ގަސްތުގައި ޖަމާއަތް ދޫކޮށްލާފައި ގޭގައި ނަމާދު ކުރުމަކީ ޖާއިޒް ކަމެއް ނޫނެވެ.
ނަމާދު ޖަމާއަތުގައި މިސްކިތުގައި ކުރުމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ދަލީލަކީ ހަނގުރާމައިގެ ބިރުވެރި ވަގުތުގައި ޚައުފުގެ ނަމާދު ކުރުމުގެ ލުއިފަސޭހަކަން ދެއްވި އިރުގައިވެސް [...]

ޢަރަފާތް ދުވަހުގެ ރޯދަ ހޮނިހިރު ދުވަހާއި ދިމާވެއްޖެ ނަމަ…

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله وكفى، وسلام على عباده الذين اصطفىأما بعد: 
 ޢަރަފާތް ދުވަހަކީ ރޯދަހިފުން މޮޅު އިތުރު ދުވަހެކެވެ. ހޮނިހިރު ދުވަހީ ރޯދަހިފުން މަނާކުރެވިފައިވާ ދުވަހެކެވެ. ވީމާ، ޢާރަފާތް ދުވަހަކީ ހޮނިހިރު ދުވަހެއް ކަމުގައި ވެއްޖެ ނަމަ ހަދާނީ ކިހިނެތްތޯއެވެ؟!
ހޮނިހިރު ދުވަހުގައި ސުންނަތް ރޯދަ ނުހިފުމަށް އަންގަވައި رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ [...]

އިންޑިޔާގައި ތިބޭ މީހުން ޙައްޖު ދުވަހު ރޯދަ ހިފުމުގައި އަމަލު ކުރާނީ ކޮންތަނަކާ އެއްގޮތަށްތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ކޮންމެ ގައުމެއްގެ މީހުންވެސް ނަމާދު ކޮށް ހަދަނީ އެބަޔަކަށް ވަގުތުވީމައެވެ. ފަޖުރުލުމާއި އިރު އޮށްސުމާއި ހުރިހާ ވަގުތެކެވެ. އެކަމުގައި އިތުބާރު ކުރަނީ އިރަށެވެ. ހަމަ އެފަދައިން މަސް ފަށައި ނިންމުމުގައި، ރޯދަ ހިފުމާއި ޢީދު ކުރުންފަދަ ކަންކަމުގައި ބަލަނީ ހަނދަށެވެ. ނަމަވެސް ކޮންމެ ބައެއް ބަލަން ޖެހޭނީ އެބައެއްގެ ހަނދަށްތޯ ނުވަތަ އެއްބަޔަކަށް ހަނދު ފެނުމުން އެހެން މީހުންވެސް އިތުބާރު ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މިއީ [...]

ދުޢާ ކުރުން އެއްމެ ރަނގަޅު ވަގުތު ތަކަކީ ކޮބައިތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد:
ދުޢާކުރުން އެއްމެ ރަނގަޅު ވަގުތުތަކަކީ އެވަގުތުތަކުގައި ދުޢާ އިޖާބަ ކުރެއްވުން ގާތްކަމުގައި ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ވަގުތު ތަކެވެ. އެފަދަ ވަގުތު ތަކުގެ ތެރޭގައި ؛އެއްވަގުތަކީ: ލައިލަތުލް ޤަދްރި ވިލޭރެއެވެ. އަނެއްވަގުތަކީ: ރޭގަނޑުގެ ދަންވަރެވެ. އެއީ ރޭގަނޑުގެ ތިންވަނަ ބައި ނުވަތަ ހާރު ދަން ފެށުނީއްސުރެ ފަޖުރުލައިފުމަށް ދާނދެނެވެ. އެއީ ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގެން އެކަލާނގެ އަޅުތަކުންގެ ދުޢާ [...]

ތުންޖީނާ ސަލަވާތާއި ނާރިއްޔަ ޞަލަވާތް ކިޔުމަކީ ރަނގަޅުކަމެއްތޯ؟ މިއީ ސައްހަ ސަލަވާތްތަކެއްތޯ؟

31 އޮކްޓޯބަރ 2011 - ހޯމަ

الحمد لله، والصلاة والسلام على رسول اللهأما بعد: 
‘ތުންޖީނާ ޞަލަވާތް’ އާއި ‘ނާރިއްޔަ ޞަލަވާތް’ މި ދެ ޞަލަވާތަކީ ޢާންމުކޮށް ޛިކުރެއްގެ ގޮތުގައި މީހުން ކިޔަވައި އުޅޭ އަދި ޚާއްޞަކޮށް މުޞީބާތެއް ކުރިމަތިވުމުން އެކަމުން ސަލާމަތް ވުމަށްޓަކައި ކިޔައި އުޅޭ ދެ ސަލަވާތެވެ. މި ދެ ޞަލަވާތަކީ ވެސް ކީރިތި ރަސޫލާގެ އަރިހުން ނުވަތަ އުންމަތުގެ މާތް ސަލަފުއް ޞާލިހުންގެ އަރިހުން ވާރިދުވެފައިވާ ދެ ޞަލަވާތެއް ނޫނެވެ.
ތުންޖީނާ ޞަލަވާތަކީ الشيخ الصالح موسى الضرير އަށް [...]

ސުވާލާއި ޖަވާބު