ކުރީގެ | ސުވާލާއި ޖަވާބު - ޙަލާލް ޙަރާމް

ހަރާމް ދަރިންނަކީ ކޮބާތޯއެވެ؟ ކޮބާތޯ އެކުއްޖާގެ ކުށަކީ؟

25 އޮކްޓޯބަރ 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދިވެހި ބަހުން ހަރާން ދަރިން ނުވަތަ ނަހަލާލު ކުދިން ނުވަތަ ބައްޕަނެތް ކުދިންނޭ ކިޔަނީ ޒިނޭގެ ސަބަބުން ލިބޭ ކުދިންނަށެވެ. އެއީ ޝަރްޢީ ކައިވެންޏަކާއި ނުލައި ހިންގޭ ގުޅުމުގެ ސަބަބުން ލިބޭ ދަރިންނެވެ.
އޭގެ މާނައަކީ އެކުއްޖާ އަކީ އޭނާގެ ޛާތުގައި ހަރާން ކުއްޖެއް ކަމުގައި ވުމެއް ނުވަތަ އެކުއްޖާގެ ޛާތުގައި ހަރާންކަމެއް އެކުލެވިގެން ވުމެއް ނޫނެވެ. އާންމުކޮށް ދިވެހިންނަށް ވިސްނިފައި ވާ [...]

ދެމަފިރިން ކުރެ މީހަކު ޒިނޭ ކޮށްފި ނަމަ ކައިވެނި ރޫޅޭނެތޯއެވެ؟

25 އޮކްޓޯބަރ 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޒިނޭ ކުރުމަކީ އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ޒިނޭ ކުރުމަކީ ކައިވެނި ރޫޅޭ ކަމެއް ނޫނެވެ. ވީމައި މީހަކު ކައިވެނި ކޮށްގެން ހުރެ ޒިނޭ ކުރުމަކުން ވަރިއެއް ނުވާނެއެވެ. ވަރިވާނީ ވަރި ކޮށްފި ނަމައެވެ. ނަމަވެސް، ޒިނޭކޮށްފި ނަމަ އެކަމުން ތައުބާވެ އިސްލާޙު ނުވެ އެ ނުބައި ޢަމަލުގެ މަތީގައި ދެމިހުރެއްޖެ މީހަކާއި އިނދެގެން އުޅުމަކީ ހުއްދަކަމެއް [...]

ބައްޕަނެތް ކުއްޖަކު އޭނާގެ ބައްޕައަކީ ކާކުކަން އެނގި ހުރެ، އޭނާ އާއި ގުޅުން ނުބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

23 އޮކްޓޯބަރ 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول اللهأما بعد:
ބައްޕަނެތް ކުއްޖެކޭ ދިވެހި ބަހުން ކިޔަނީ ނަހަލާލަށް އުފަންވެފައިވާ ކުދިންނަށެވެ. ބައްޕަނެތޭ ބުނެވެނީ އާދަކާދައެއްގެ ގޮތުން ނުވަތަ ބަހުގެ ހަމަތަކުން އެކަންޏެއް ނޫނެވެ. އަދިކިޔެއް، އެއީ ޝަރުޢީ އުޞޫލާ ހަމައިންނެވެ. މާނައަކީ ޒިނޭ ކޮށްގެ ލިބޭ ދަރި ލައްވާނެ ބައްޕައެއް ނުހުންނާނެއެވެ. އެކުއްޖާގެ ނިސްބަތް ކުރެވޭނީ އެކުއްޖާ ވިހޭ މަންމައަށެވެ. ޒިނޭ ކުރި މީހާއަށް އޮތީ ރަޖަމެވެ. ވީމާ، ދުނިޔޭގައި އަދި އާޚިރަތުގައި ވެސް އެކުއްޖާ އުފެދުމުގައި [...]

ކައިވެނީގެ ކުރިން ކިސްކުރުމާއި ހަގްކުރުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

20 ސެޕްޓެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ކައިވެނީގެ ކުރިން މީހަކާއި ގައިގޯޅިވެ، އެކަކު އަނެކަކު ގައިގައި ބީހުމަކީ ބޮޑު ޒިނޭއަށް މަގުދަށްކާ ކަންކަމެވެ. ޒިނޭގެ ނުބައިކަމާއި އެފާފައިގެ ބޮޑުކަމުން ޒިނޭއަށް މަގުފަހިވާ ކަންތައްތައް މާތް ﷲ ވަނީ ނަހީކުރައްވައި ހަރާމް ކުރައްވާފައެވެ. މިސާލަކަށް ޝަހުވަތުގެ ނަޡަރަކުން ބެލުމާއި އެފަދަ ވާހަކަ ދެއްކުމަކީވެސް ހަރާމް ކަމެކެވެ. ވީމައި ގައިގޯޅިވެ، އެކަކު އަނެކަކުގެ ގައިގައި ބީހުމަކީ މާ ނުބައި ކަމެކެވެ. ވީމައި އެއީ ހައްތާވެސް ޒިނޭގެ ބާވަތް ތަކެވެ. ނުވަތަ ކުދި ޒިނޭއެވެ. އެފަދަ ކަންކަމަކީ އާދަމުގެ [...]

އަޅުގަނޑު ބޮނީ ދުވާލަކު 5 ސިގިރޭޓް، އެވަރު ޙަރާމް ވާނެތޯ؟

5 ސެޕްޓެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ސިނގިރޭޓް ބުއިން ނުވަތަ އެއްވެސް ގޮތަކަން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެކެވެ. އެއީ ސުންނަތް ޖަމާޢަތުގެ، އެބޭފުޅުންގެ ބަހަށް އިތުބާރު ކުރެވޭ، ބޮޑެތި ހުރިހާ ޢިލްމުވެރިން ޙަރާމް ކަމެއްކަމުގައި ފަތުވާ ދެއްވާފައިވާ ކަމެކެވެ. އެއީ ވިހައެކެވެ. ޚަބީޘް (މުޑުދާރު) އެއްޗެކެވެ.
ގިނައިން ސިނގިރޭޓު ބުއިމުން ބޮޑަށް ނުވަތަ އަވަހަށް ގެއްލުން ވާފަދައިން، މަދުން ބުއިމުން ލިބޭ ގެއްލުން ލަސްވެފައި ކުޑަ ވެދާނެއެވެ. އާޚިރު ނަތީޖާއަކީ ހަމަ އެކައްޗެކެވެ. [...]

ފޮޓޯ ނެގުމުގެ ހުކުމަކީ ކޮބައިތޯއެވެ؟

19 އޮގަސްޓް 2011 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދިރޭ ތަކެތީގެ ޞޫރަ ކުރެހުމުގެ މައްޗަށް ވޭންދެނިވި އަޛާބުގެ ވަޢީދު ހުރިކަމުގައި އިތުރުއެކަލޭގެފާނުންގެ އަރިހުން ސައްހަވެގެން ވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ ޢިލްމުވެރިން ކެމެރާއިން ނަގާ ފޮޓޯއާއި އަތުން ކުރަހާ ކުރެހަމާއި ދެއެއްޗަކީ ވެސް ތަސްވީރުކަމުގައި ވާތީ އެދެކަންތައްވެސް މަނާކުރައްވައެވެ. ނަމަވެސް އަތު ކުރެހުމާއި ކެމެރާއިން ނެގޭ ފޮޓޯއަކީ މުޅިން ތަފާތު ދެއެއްޗެކެވެ. އެހެންކަމުން ކެމެރާއިން ނެގޭ ފޮޓޯ [...]

ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރުމުގެ ހުކުމަކީ ކޮބައި؟

14 އޮގަސްޓް 2011 - އާދިއްތަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
 އެނގިވަޑައިގަންނަވާނޭ ފަދައިން ރިބާ އަކީ ބޮޑުވެގެންހުރި ހަރާމް އެއްޗެކެވެ. އެއްމެ ބޮޑެތި، އެއްމެ ނުބައި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތް ކުރުމަކީ ﷲ އާއި އެކަލާނގެ ރަސޫލާ އާއި ހަނގުރާމަ ކުރުމެވެ. البقرة سورة ގެ ٢٧٩  ވަނަ އާޔަތް ބައްލަވާ! އަދިކިޔެއް، ރިބާގެ މުޢާމަލާތުގައި ސީދާ ސީދަލަށާއި ނުސީދާކޮށް ބައިވެރިވާ އެއްމެންނަކީ މާތް ﷲ ގެ ލަޢުނަތް [...]

ޒިނޭ ކޮށްފައިވާ މީހަކު އެކަމުގެ ހައްޤު އަދަބު ނުލިބި ކުރާ ކައިވެނި ސައްޙަ ވާނެތޯއެވެ؟

9 އޮގަސްޓް 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޒިނޭ އަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އެހެނިހެން އަޅުކަންތައްތަކާއި މުޢާމަލާތްތައް ޞައްހަ ވާނެއެވެ. ޒިނޭފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް [...]

ތަނބިކަށިން ތިރިޔަށް ފަޓުލޫނު ބަހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

13 ޖުލައި 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިހެނުންގެ ލިބާސް ބެހެއްޓުން އެއްމެ ރަނގަޅު ހިސާބަކީ ކަށިމައްޗާއި ހަމައަށެވެ. ނުވަތަ ކުޑަކަޅުވާއާއި ހަމައަށެވެ. އަދި އެއްމެ ތިރިވެގެން ތަނބިކަށްޓަށް ވުރެ މަތީގައެވެ. އެއީ މުސްތަހައްބު (އެެދެވިގެންވާ ރަނގަޅު) ގޮތް ކަމާއި ތަނބިކަށްޓަށްވުރެ ތިރިއަށް ފިރިހެނާގެ ލިބާސް ބެހެއްޓުމަކީ މަކްރޫހަ (ނުރަނގަޅު) ކަމެއް ކަމާއި މެދުގައި ޚިލާފުވުމެއް ނުވެއެވެ. ފިރިހެނުންގެ ލިބާސް ތަނބިކަށްޓަށްވުރެ ތިރީގައި ބެހެއްޓުމަކީ ކިބުރުވެރިންގެ އަމަލެއްކަމުން އެކަން ނުކުރުމަށް [...]

އަނބިމީހާ ބަލިކަމުން އަމިއްލައަށް އެދުން ފުއްދި ދާނެތަ؟

22 އޭޕްރީލް 2011 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޢިތްފަތްތެރިކަމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އަދި އެކަމަށްޓަކައި ކުރެވެން އޮތް އެއްމެ މުހިންމު އެއް ކަމަކީ ކައިވެންޏެވެ. ނަމަވެސް ހަމައެކަނި ކައިވެނިކުރުމަކުން ނުފުދޭނެއެވެ. އަދިކިޔެއް ހުރިހައި ކަމަކަށްވުރެ މުހިންމު ކަމަކީ މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ރައްކާތެރިވުމެވެ.
އަމިއްލަޔަށް އެދުން ފުއްދުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ހުއްދަކަމެއް ނޫނެވެ. ވީމައި އަނބިމީހާގެ ބަލިހާލު ބޮޑުކަމުން އޭނާ އާއި ޖިމާޢު [...]

ސުވާލާއި ޖަވާބު