ކުރީގެ | ސުވާލާއި ޖަވާބު - ފިރިހެނުން

ފިރިހެނުން ކަންފަތު ފޫޅަށް ވުރެން ދިގުކޮށް އިސްތަސިގަނޑު އައްސާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

1 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد: 
އެނގިވަޑައި ގަންނަވާނޭ ފަދައިން ފިރިހެނުންގެ ބޯ ދިގުކުރުމަކީ އޭގެ ޝަރުޠުތަކާއި އެކުގައި ހުއްދަ ކަމެކެވެ. ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް ނުވަތަ ބައެއް ފަހަރު ކޮނޑާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. އެގޮތަށް ބޯ ދިގުކޮށްފައި ހުރި މީހެއް ނަމަ އުޅޭ އުޅުމުގައި ނުވަތަ މަސައްކަތް ކުރުމުގައި އުނދަގޫ ވުމާއި އިސްތަށިގަނޑު ސާފުކޮށް ބެހެއްޓުމަށްޓަކައި އެއްސުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ނަމާދު ކުރާ [...]

ކުރިން ތުނބުޅި ބަހައްޓާފައި ފަހުން ކޮށާލައި ނުވަތަ ބާލައިފި ނަމަ އެއީ އެމީހާ ފުރޭތައަކާ ނުވަތަ ޖަނަވާރެއްގެ ދަރަޖައަށް ހިނގައިދާނެ ކަމެއްތޯއެވެ؟

27 އޮކްޓޯބަރ 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
ޝައްކެއްނެތްގޮތުގައި ތުނބުޅި ބެހެއްޓުމަކީ ވާޖިބެކެވެ. އަދި ބޭލުމަކީ ޙަރާމް ކަމެކެވެ. ވީމައި މާތް ﷲގެ ތައުފީޤާއި އެކުގައި ތުނބުޅި ދިގުކޮށްފައިވާ މީހަކު އެ ވާޖިބު ދޫކޮށްލައި އަލުން އޭނާ ކުރީގައި ކުރި ތުނބުޅި ބޭލުމުގެ ނުބައި ޢަމަލަށް އަލުން ރުޖޫޢަވެގެން ނުވާނެއެވެ. އެއީ ނުބައި ކަމެކެވެ. މާޓް ﷲ އަޅަމެން އެކަލާނގެ ރުއްސަވާ މަގުގައި ސާބިތު ކުރައްވާށި!-
ތުނބުޅި އެކުގައި ބާލައި އޮމާން ކުރުމަކީ ފިރިހެނާއަށް މާތް ﷲ [...]

ފިރިހެނުން ކޮންޑަށްވުރެ ތިރިއަށް އިސްތަށިގަޑު ދިގުކުރުމަކީ ހަރާމް ކަމެއްތޯ އެވެ؟

8 ސެޕްޓެމްބަރު 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
 ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް ނުވަތަ ބައެއް ފަހަރު ކޮނޑާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ކޮނޑަށްވުރެ ދިގުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ އަންހެނުންނާއި ކާފަރުންގެ ފެޝަނެއްކަމުގައި ވާތީއެވެ. އެއީ ގަދައަޅައި ނަހީކުރެއްވިފައިވާ ދެކަންތަކެވެ. ވީމައި މި ދެޝަރުޠާއި އެކުގައި އިތުރުއެކަލޭގެފާނުންގެ އަމަލުފުޅާއި ތަޢާރުޟު ނުވާނެހެން އިސްތަށިގަނޑު ދިގުކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ޚާއްޞަކޮށް ބޮލު [...]

ތުނބުޅި ބެހެއްޓުމުގެ ހުކުމަކީ ކޮބައިތޯ؟

1 މާޗް 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތުނބުޅިއަކީ މާތް ﷲ ފިރިހެނުންނަށް ޚާއްސަ ކުރައްވާފައިވާ ޒީނަތެކެވެ. ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ފިރިހެނުންގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ.

މުސްކުޅި ފިރިހެނުންނާއި ސަލާމް ކުރެވިދާނެތޯ؟

5 ފެބުރުއަރީ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ހިލޭ އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއް ބައެއްގެ ގައިގައި ބީހުމަކީ ހަލާލު ކަމެއް ނޫނެވެ. ސަލާމް ކުރުމުގެ ގަސްތުގައިވެސް އަތާއި އަތް ޖޯޑު ކުރުމަކީ ހަރާމްކަމެކެވެ. ސަލާމް ކުރުމުގެ އަސްލު މާނައަކީ މުސްލިމުން އެކަކު އަނެކަކަށް އަނގަބަހުން السلام عليكم ورحمة الله وبركاته ބުނުމާއި އޭގެ ޖަވާބުގައި وعليكم السلام ورحمة الله وبركاته މިފަދައިން ބުނުމެވެ. އަތާއި އަތް [...]

ކަކޫ ފެންނަ ވަރުގެ ސޯޓު ލުމަކީ ފިރިހެނުންނަށް ހުއްދަ ކަމެއްތޯއެވެ؟

26 ޖެނުއަރީ 2011 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ވަރަށް ގިނަ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާއި ދެމެދު (ފައި ފަލަމަސްގަނޑު) ކަމުގައި އިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އަދި ފޫޅާއި ކަކުލަކީ ޢައުރަ ނޫން ކަމުގައިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ. [المجموع، (3، 173)، المغني (2، 286)]
ވީމައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް އެމީހުންގެ އައުރަ އަނބިމީހާ ދެމަފިރިން ދޭތެރޭގައި ފިޔަވައި އެއްވެސް މީހެއްގެ ކުރިމަތީގައި އަންހެނެއް އަދި ފިރިހެނެއްގެ ކުރިމަތީގައި ހާމަ ކުރުމަކީ [...]

އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

29 ޑިސެމްބަރު 2010 - ބުދަ

الحمد لله، والصلاة والسلام على رسول الله. أما بعد:
އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ފިރިހެނުންނާއި އަންހެނުން ދެޖިންސުގެ މީހުނަށްވެސް ހުއްދަވެގެން ވާކަމެއް ނޫނެވެ. ޖިންސީ އެދުން ފުއްދުން ހަލާލުވެގެންވާ ހަމައެކަނި މަގަކީ ކައިވެންޏެވެ. ތިމާގެ ހަލާލު އަނބިމީހާގެ ގާތުންނެވެ. މާތް ﷲގެ ބަސްފުޅުގައި ވެއެވެ.  {والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم فإنهم غير ملومين . فمن ابتغى وراء ذلك فأولئك [...]

އަނދުން އެޅުމަކީ ކޮންކަހަލަކަމެއް؟

12 ޑިސެމްބަރު 2010 - އާދިއްތަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަނދުން އެޅުމަކީ އަންހެނުންނާއި ފިރިހެނުންނާއި ދެބައި މީހުނަށްވެސް ހުއްދަ ކަމެކެވެ. ابْنِ عَبَّاسٍ رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. (( اكْتَحِلُوا بِالإِثْمِدِ فَإِنَّهُ يَجْلُو البَصَرَ ، وَيُنْبِتُ الشَّعْرَ)) ” ތިޔަބައިމީހުން ‘އިޘްމިދު’ އަނދުން އަޅާށެވެ! ފަހެ ހަމަކަށަވަރުން އިޘްމިދަކީ ލޯ އަލިކޮށްދީ އަދި [...]

އަންހެނަކާއި ފިރިހެނެއް ބަދުއަޚުލާގީ ޢަމަލު ހިންގާތަން ބެލުމަކީ ކޮންކަހަލަ ކަމެއް؟

17 އޮކްޓޯބަރ 2010 - އާދިއްތަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ތިމާއަށް ހަލާލުވެގެންވާ އަނބިމީހާގެ އަޢުރަ ފިޔަވައި އެއްވެސް މީހެއްގެ އަޢުރަ އަށް ބެލުމަކީ ހަރާމް ކަމެކެވެ. އަދި ފާޙިޝް ޢަމަލެއް ކުރާ ތަންތަން ބެލުމަކީ ވަކިން ބޮޑުވެގެންވާ ހަރާމް ކަމެކެވެ. މާތް ﷲ މުއުމިން ފިރިހެނުންނާއި އަންހެނުންނަށް ވަނީ އިސް ތިރިކުރުމަށާއި ލޯ ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ފަރުޖު ރައްކާތެރި ކުރުމަށް އަމުރު ކުރައްވާފައެވެ. އެފަދަ މަންޒަރެއް ބެލުމަކީ ލޮލުން [...]

ފިރިހެނުން މައިންބަފައިނާއި ދަރިން ކުރިމަތީގައި ކުރު ސޯޓުލުމަކީ ހުއްދަކަމެއްތޯ؟

16 އޮކްޓޯބަރ 2010 - ހޮނިހިރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ވަރަށް ގިނަ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާއި ދެމެދު (ފައި ފަލަމަސްގަނޑު) ކަމުގައި އިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އަދި ފޫޅާއި ކަކުލަކީ ޢައުރަ ނޫން ކަމުގައިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ. [المجموع، (3، 173)، المغني (2، 286)]
ވީމައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް އެމީހުންގެ އައުރަ އަނބިމީހާ ފިޔަވައި އެއްވެސް މީހެއްގެ ކުރިމަތީގައި ހާމަ ކުރުމަކީ [...]


ސުވާލާއި ޖަވާބު