ކުރީގެ | ސުވާލާއި ޖަވާބު - ތައުހީދާއި އަޤީދާ

މިހާރަކަށް އައިސް ވަރަށް ބޮޑަށް އަޅުގަނޑުގެ ބޮލުގައި ރިއްސައި ކާޅު ގޮވާ އަޑު އިވެއެވެ. މީ ކޮންކަހަލަ ކަމެއް ތޯއެވެ؟

17 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ބޮލުގައި ރިއްސުމަކީ ވަރަށް އާދައިގެ އަދި އެއްމެނަށް ވެސް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. އެއީ ވަރަށް ގިނަ، ތަފާތު ކަންތައްތަކާއި ހެދި ކުރިމަތިވާ ކަމެކެވެ. އަދި އެއީ ގިނަ ފަހަރަށް ސިއްހީ މައްސަލަތަކާއި ގުޅުން ހުރި ކަމެކެވެ. ނަމަވެސް، އާދައާއި ޚިލާފަށް ބޮލުގައި ރިއްސުމަކީ ބައެއް ފަހަރު ސިހުރުގެ ސަބަބުން، ޝައިޠާނާގެ ޖެއްސުމަކުން ވެސް ވާ ކަމެކެވެ. އެފަދަ ކަންކަން ސިހުރެއްކަމުގައި [...]

ތަވީދު ލިއުމާއި ފެންކިއުމަކީ ހަރާމްކަމެކޭ އަޑުއެހީމެވެ ރަނގަޅު ގޮތަކީކޮބާ؟

14 ނޮވެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على رسول اللهأما بعد: 
 ތަވީދު އެޅުމާއި ފެން ކިޔެވުމަކީ ތަފާތު ދެ ކަމެކެވެ. އެއީ އެއްވަރުގެ ދެކަމެއް ނޫނެވެ. ވީމައި ދެކަމުގެ ހުކުމް ވެސް ތަފާތެވެ.
ތަވީދަކީ ހަށި ރައްކަލަކަށް ނުވަތަ ވަކި ކަމެއް ހާޞިލު ކުރުމަށްޓަކައި އެއްޗެއްގައި ލިޔެ، އެ އެއްޗެއް ހަށިގަނޑުގައި ނުވަތަ ވަކި ޚާއްޞަ ތަނެއްގައި އެލުވުމެވެ. ތަވީދުގައި ލިޔެވޭ އެއްޗެއްގެ ގޮތުން އޭގެ ހުކުމް ވެސް ތަފާތު ވެއެވެ. އެގޮތުން، ސިހުރު ހާހޫރައިގެ އެއްޗެއް ލިޔުމާއި އަކަ [...]

އަންހެނަކަށް ސިހުރުގެ ސަބަބުން ނުވަތަ ޖިންނި ސައިތާނުންގެ ސަބަބުން އުދަގުލެއްވާނަމަ އެކަން އެނގޭނެ ގޮތަކީ ކޮބާތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد: 
 ޕީރިއަޑް އިރެގިއުލާ ވުމަކީ ބައެއްފަހަރު ސިޙުރެއްގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުން ވެދާނެ ކަމެއް ކަމުގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާ ބޭފުޅުން ލިޔުއްވާފައި ހުރެއެވެ. ނަމަވެސް، އަޅުގަނޑުމެނަށް ތަޖުރިބާއިން އިނގޭ ގޮތުގައި ޕީރިއަޑް ލަސްވެ ނުވަތަ މެދުކެނޑި ގިނަ ދުވަސް ވުމަކީ އާދަވެގެން ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އަދިކިޔެއް، އެއީ އެހާ ބޮޑު މައްސަލައެއް ނޫނެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. އަދި [...]

މުއުމިން ޖިންނީންގެ ފަރާތުން އެހީ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

30 އޮކްޓޯބަރ 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޖިންނީންގެ ކިބައިން އެހީ ހޯދުމަކީ އެއްވެސް ގޮތަކަށް ހުއްދަކަމެއް ނޫނެވެ. އެއީ އަހަރުމެނަށް ޣައިބުގައި ވާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. { وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا } الجن 6. މާނައަކީ: “އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. [...]

ލޯތުޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

20 ޖެނުއަރީ 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
ލޯ ނުވަތަ އެހެންވެސް ގުނަވަނެއް ތޮޅުމަކީ އެއްވެސް ހެޔޮ ނުވަތަ ނުބައި ކަމަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ ބުނެވޭނީ ފިޒިކަލް ކަމެކެވެ. ޠަބީޢީ ކަމެކެވެ. އެކަމުގައި އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. އަދިކިޔެއް، ހެޔޮ ނުބައި ކަންތައްތައް ވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ބުނެދެއްވާފައެވެ. އެފަދަ ކަންކަން އިޢުތިޤާދުކޮށް ގަބޫލު ކުރުމަކީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ކަންކޮށް އުޅުނު ގޮތެކެވެ. އިސްލާމްދީން [...]

ނަހަލާލަށް ވިހާފައި ދަރި މަރައިލާ މައިންނަށް އެކުދިންގެ ޝަފާއަތުން ސުވަރުގެ ލިބޭނެތޯއެވެ؟

23 ޑިސެމްބަރު 2010 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޅަފަތުގައި މަރުވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޝަފާޢަތްތެރިވާނެ ކަމުގައި ޞައްހަ ޚަބަރުން ސާބިތު ވެއެވެ. ނަމަވެސް ޝަފާއަތްތެރިން ޝަފާޢަތްތެރިވާނީ މާތް ﷲ ރުއްސަވާ އަޅުންނާއި މެދުގައެވެ. އަދި އެބައިމީހުންގެ ޝަފާއަތުން ސުވަރުގެ ވަންނާނީ މުސްލިމުންނާއި މުއުމިނުންނެވެ. އަދި ﷲ އިރާދަކުރެއްވި އަޅެކެވެ. ވީމައި ޅަފަތުގައި މަރުވާ ކުދިންގެ މައިން ބަފައިންނަކީ ފާފަވެރި ބައެއް ނަމަ އެމީހުން ސުވަރުގެ ވަންނާނީ ﷲގެ އަފޫކުރެއްވުމާއި [...]

ސާލިޙުންގެ ގަބުރު ކައިރީގައި އެމީހުން މެދުވެރިކޮށް ދުއާކުރުމަކީ ޝިރުކެއްތަ؟

19 އޮކްޓޯބަރ 2010 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ދިރިހުރި މީހެއް ނުވަތަ މަރުވެ ގޮސްފައިވާ މީހެއް މެދުވެރިކޮށް ދުޢާ ކުރުމުގެ މާނައަކީ: އެއީ ޞާލިހު ތަޤުވާވެރި އަޅެއް ކަމުގައިވާތީ އެބޭފުޅެއްގެ ހެޔޮލަފާ ކަމަށްޓަކައި ނުވަތަ އެބޭފުޅެއްގެ ބަރަކާތަށް ޓަކައި ނުވަތަ އެފަދަ ބޭފުޅެއްގެ ހައްގުގައި ތިބާގެ ކަންތައް ފުއްދަވައި ދެއްވުން އެދި ﷲ އަށް ދެންނެވުން ކަމުގައި ވާނަމަ އެއީ ޝިރުކެއް ނޫނެވެ. މިސާލަކަށް: މީހަކު މާތް [...]

ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟

14 އޮކްޓޯބަރ 2010 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
ޖިންނިންނާއި އިންސީންނަށް ކައިވެނީގެ ގޮތުން ގުޅެވިދާނެތޯ ނުވަތަ ނޫންތޯ؟ އަދި އެއީ ކުރެވިދާނެ ކަމެއްނަމަ ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ؟ ނުވަތަ މިތަނުގައި އަހާފައި މިވާފަދަ ސުވާލަކީ ވަކި ޒަމާނަކާ ނުވަތަ މަކާނަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. ޒަމާނެއްގެ ސަބަބަކުން އެފަދަ ކަންކަމުގެ ހުކުމަކަށް އަންނާނެ ވަކި ބަދަލެއް ނޯންނާނެއެވެ.
ޢިމްވެރިން މިފަދަ ސުވާލު ހިމަނުއްވާފައިވަނީ ބޭކާރު، ފައިދާއެއް ނެތް ސުވާލުގެ ތެރޭގައެވެ. އަދި ތިބާގެ ދީނާއި [...]

ދުނިޔޭގެ އެއްބަޔަށް އަބަދުވެސް ހުންނާނީ ރޭގަނޑު ވެފައި, ވީމާ މާތްﷲ އަބަދުވެސް ވޮޑިގެންވާނީ ދުނިޔޭގެ އުޑުގައިތޯ؟!

13 އޮކްޓޯބަރ 2010 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
އީމާންކަމާއި ޢަޤީދާގެ ގިނަ މައްސަލަތަކަކީ ޣައިބުގެ ޚަބަރުތަކާއި ކަންތައްތަކެކެވެ. އީމާންކަމުގެ ރުކުންތައްވެސް ވަނީ މިފަދައިންނެވެ. އެއީ އިންސާނުންގެ ކޮށި ސިކުނޑި ތަކަށް ފޯރާނެ ކަންތައްތަކެއް ނޫނެވެ. ކިތަންމެވަރަކަށް ވިސްނިޔަސް އިންސާނުންގެ އަތުގައިވާ މަދު ހިއްސު ތަކުން މާތްﷲ އާއި އެކަލާނގެ ލައްވާފައިވާ ހުރިހައި އެއްޗަކާއި ހުރިހާ ކަމެއްގެ ހަގީގަތާއި ހަމައަށް އިންސާނުންނަކަށް ނުދެވޭނެއެވެ. ވީމައި މުއުމިނުންގެ އެއްމެ ބޮޑު އެއް ސިފައަކީ ޣައިބަށް [...]

އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟

10 އޮކްޓޯބަރ 2010 - އާދިއްތަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. { وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَئِكَ لَهُمْ عُقْبَى الدَّارِ (22) جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ (23) } الرعد ٢٢، [...]

ސުވާލާއި ޖަވާބު