ކުރީގެ | ސުވާލާއި ޖަވާބު - ކައިވެނި

އަތުގަ ހިފައިލުމަކީ މައްސަލައެއްތަ؟!

11 އޮކްޓޯބަރ 2012 - ބުރާސްފަތި

بسم الله الرحمن الرحيم
އަޅުގަނޑު ނުބުނަން އެއީ މައްސަލައެކޭ، އެއީ ދެމަފިރިންގެ ލޯބި، އެދެމީހުންގެ ގުޅުން، މާތް ﷲ އެ ދެ ރޫޙުގެ މެދުގަ ލައްވާފައިވާ ލޯތްބާ ކުލުނާ ހަމްދަރުދީ އާ ރަޙުމަތް އެއީ، ޘަވާބާއި ދަރުމަ ހުރި ކަމެއް އެއީ، ހަމަ އެކަނި އެޔެއް ނޫން، ދެމަފިރިން ދެމެދުގަ އެއަށް ވުރެ މާ ބޮޑު، މާ މަތިވެރި، މާ ވަރުގަދަ ގުޅުންތައް ވޭ، އެދެމީހުންގެ ލޯބި ބަދަހިކޮށް، ލޯބި ބަދަލު ކުރުމަށްޓަކައި ނަހީ ކުރެއްވިފައި ނުވާ [...]

ނަހަލާލު ކުއްޖަކާ ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

19 ޖެނުއަރީ 2012 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول اللهأما بعد:
ކުއްޖެއްގެ ޝަރްޢީ ބައްޕައެއް ނެތުމަކީ ނުވަތަ ނަހަލާލު ގޮތުގައި ކުއްޖަކު ދުނިޔެއަށް އައުމަކީ އެއްވެސް ހާލެއްގައި އެ ކުއްޖާގެ ކުށެއް ނޫނެވެ. އަދި އެކުއްޖާ އަކީ ކާކަށް ލައްވާ ދަރިއެއްކަން އެނގުމަކުން ކުރާނެ ވަކި ފައިދާއެއްވެސް ނެތެވެ. އެ ކުއްޖާގެ ބައްޕައެއް ނުހުންނާނެއެވެ. އެ ކުއްޖާގެ ނިސްބަތް ކުރެވޭނީ އޭނާގެ މަންމަ އާއި މަންމައަށެވެ. އެފަދަ ފިރިހެން ނުވަތަ އަންހެން ކުއްޖަކު ވިޔަސް ބޮޑުވެ، ރަނގަޅު، ޞާލިޙު [...]

ދެމަފިރިން އެކަކު އަނެކަކު ހިތްހަމަ ޖެއްސުމަށްޓަަކައި ލަދުވެތި ގުނަވަން ބޮޑު ކުރެވިދާނެތޯ؟

18 ޖެނުއަރީ 2012 - ބުދަ

الحمد لله، والصلاة والسلام على رسول اللهأما بعد: އަސްލު ހުންނަން ޖެހޭ ގޮތާއި ތަފާތުކޮށް، އައިބުކޮށް ހުރި ގުނަވަނެއް ނަމަ މިސާލަކަށް ސުފެދުމުގައި ރަނގަޅަށް ނުއުފެދުން ފަދަ ނުވަތަ ލިބުނު އަނިޔާއަކާއި ހުރެ ލިބުނު ގެއްލުމަކުން އައިބުވެފައިވާނަމަ އެފަދަ ހާލަތުގައި ބޭސްފަރުވާކޮށް، އެ ބަލި ނުވަތަ އައިބު ރަނގަޅު ކުރެވޭތޯ ބެލުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، އަސްލު އުފެދުމާއި މެދުގައި ހިތްހަމަ ނުޖެހި، އިތުރަށް ގުނަވަންތައް ރީތި ކުރުމަށްޓަކައި ޠަބީޢީ ފަރުވާ ކުރުން ފިޔަވައި [...]

ދެމަފިރިންގެ މެދުގައިވާ ގުޅުން ބަދަހި ކުރުމަށްޓަކައި ބަރަހަނާ ފިލްމު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد: ޝައްކެއްނެތް ގޮތުގައި ފާހިޝް މަންޒަރު ބެލުމަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްސުން އަދި އުންމަތުގެ އިޖްމާއިން ހަރާމް ކަމެކެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. އެފަދަ މަންޒަރު ބަލައިގެން ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި ގުޅުން ވަރުގަދައެއް ނުވާނެއެވެ. އަދިކިޔެއް، އެދެމީހުންގެ ގުޅުން ދާނީ ބަލިކަށިވަމުންނެވެ. ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގާ ގޮތަކީ ފޮޓޯއިން ނުވަތަ ފިލްމު ބަލައިގެން ދަސްކުރަން ޖެހޭ އެއްޗެއް ނޫނެވެ. އަދި ކިޔެއް، [...]

ކައިވެނި ކުރުމަށްފަހުގައި މައިންބަފައިން ނުރުހިއްޖެ ނަމަ ހަދާނީ ކިހިނެތްތޯ؟

17 ނޮވެމްބަރު 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
މައިންބަފައިންގެ ރުހުމުން ކައިވެނި ކޮށްފައިވާނަމަ އަދި ތިބާ ކައިވެނި ކުރި މީހަކީ ދީންވެރި، ދީނީ ވާޖިބުތަކާއި އިސްލާމީ އަޚްލާގަށް ކަމޭހިތާ މީހެއްކަމުގައި ވާނަމަ، ތިޔަ ކައިވެންޏަކީ ރަނގަޅު ކައިވެންޏެކެވެ. އަދިކިޔެއް، ތަޤުވާވެރި، ރަނގަޅު ބަރަކާތްތެރި ކައިވެންޏަކީ ދީންވެރި ދެމަފިރިއެއްގެ ހަޔާތެވެ. ވީމާ، ތިޔަ ދެމަފިރިން ޞާލިޙް ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ. ޝަރްޢީ އުޛުރަކާއި ނުލައި ނުރުހުން ފާޅު ކުރުމުގެ ހައްގެއް މައިންބަފައިންނަކަށް ނުވެއެވެ. އަދި މަންމަ [...]

ކައިވެނީގައި ހެކިވެރިންގެ ގައިގައި ހުއްނަންޖެހޭ ހާއްސަ ސިފަތަކެއް ހުރޭތޯ؟

15 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ހެކިވެރިންނަކީ ކައިވެނީގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ތަފާތު މައްސަލަތަކުގައި ހެކިވެރިންގެ ސިފަތަކުގައި ކޮންމެވެސް ތަފާތު ތަކެއް ހުރެއެވެ. ނަމަވެސް އާންމުކޮށް ހުންނަން ޖެހޭ ސިފަތައް ކައިވެނީގެ ހެކިވެރިން ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. އެއީ: ބާލިޣްވެފައިވާ މީހެއްކަމުގައި ވުމާއި، ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވުމާއި މުސްލިމެއްކަމުގައި ވުމާއި ޢަދްލުވެރި އެއްކަމުގައި ވުމެވެ.
والله أعلم، وصلى الله على محمد وآله وصحبه [...]

އަނބިމީހާ ފިރިމީހާ ބުނާގޮތް ނުހަދާނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟

7 ނޮވެމްބަރު 2011 - ހޯމަ

الحمد لله، والصلاة والسلام على رسول اللهأما بعد:  އުފާވެރި، ރަނގަޅު ދިރި އުޅުމެއް އުޅުމަށްޓަކައި ކިޔަމަންތެރިކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކިޔަމަންތެރި ކަމަކީ ޚާއްޞަކޮށް އަނބި މީހާގެ ފަރާތުން ފިރިމީހާއަށް ޓަކައި ލިބެން ޖެހޭ ހައްގެކެވެ. ފިރި މީހާ އަކީ ދެމަފިރިން ކުރެ ޤައްވާމް، ޢާއިލާ ބެލެހެއްޓުމާއި އަނބި މީހާ ތަރުބިޔަތު ކުރުމުގައި މަސްއޫލުވެރި ފަރާތް ކަމާއި އަނބިން ނުކިޔަމަންތެރި ވާ ހާލަތްތަކުގައި އިސްލާހު ކުރާނެ ގޮތާއި އެކަނބަލުންނާއި މުޢާމަލާތް ކުރަންވީ ގޮތް އަންގަވައި [...]

ދެމަފިރިން ކުރެ މީހަކު ޒިނޭ ކޮށްފި ނަމަ ކައިވެނި ރޫޅޭނެތޯއެވެ؟

25 އޮކްޓޯބަރ 2011 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޒިނޭ ކުރުމަކީ އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ޒިނޭ ކުރުމަކީ ކައިވެނި ރޫޅޭ ކަމެއް ނޫނެވެ. ވީމައި މީހަކު ކައިވެނި ކޮށްގެން ހުރެ ޒިނޭ ކުރުމަކުން ވަރިއެއް ނުވާނެއެވެ. ވަރިވާނީ ވަރި ކޮށްފި ނަމައެވެ. ނަމަވެސް، ޒިނޭކޮށްފި ނަމަ އެކަމުން ތައުބާވެ އިސްލާޙު ނުވެ އެ ނުބައި ޢަމަލުގެ މަތީގައި ދެމިހުރެއްޖެ މީހަކާއި އިނދެގެން އުޅުމަކީ ހުއްދަކަމެއް [...]

ދެމަފިރިން އުފާކުރުމުގެ ތެރޭގައި އަނބިމީހާއަށް ފިރިމީހާގެ މަނި ބޮވިދާނެތޯއެވެ؟

22 އޮކްޓޯބަރ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މަންޏަކީ ޠާހިރު އެއްޗެކެވެ. އެއީ މާތް ﷲ އެކަލާނގެ އަޅުތަކުން އުފައްދަވާފައިވާ މާއްދާއެވެ. ދެމަފިރިން ލޯބިކުރުމުގެ ތެރޭގައި ފިރިމީހާގެ މަނި އަނބިމީހާގެ އަނގައަށް ދިޔުމަކީ އަދި ކަރުން އެތެރެއަށް ދިޔުމަކީ މައްސަލައެއް ނޫނެވެ.
والله أعلم، وصلى الله على محمد وآله وسلم

އަނބިމީހާގެ ކިބައިގައި ހުންނަ އުނި ސިފަތަކުގެ ވާހަކަ ރައްޓެހީންގެ ގާތުގައި ދެއްކުމަކީ ހުއްދަ ކަމެއްތޯ؟

24 ސެޕްޓެމްބަރު 2011 - ހޮނިހިރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދެމަފިރިން ކުރެ އެއްވެސް މީހަކު އަނެކެއްގެ ގައިގައި ހުންނަ އައިބު ފާޅުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް، އެއީ އަމާނާތެކެވެ. މުސްލިމެއްގެ އައިބެއްގެ ވާހަކަ އިތުރު މީހެއްގެ ގާތުގައި ބުނުމަކީ އޭނާގެ ޣީބަ ބުނުމެވެ. އެއީ ގަދައަޅައި ނަހީކުރެވިފައިވާ ކަމެކެވެ. ނަމަވެސް، ދެމަފިރިންނަށް ހައްލު ނުކުރެވޭ ފަދަ މައްސަލައެއް ނަމަ އަދި އެކަމުގައި ތިންވަނަ ފަރާތެއްގެ ބޭނުން ކޮންމެހެން ޖެހިއްޖެ ނަމަ ދެފަރާތުގެ [...]

ސުވާލާއި ޖަވާބު