ކުރީގެ | ސުވާލާއި ޖަވާބު - ފިޤުހު

މަރަށް މަރު ހިފުމުގެ ޝަރުތުތަކަކީ ނުވަތަ އެކަމުގައި ބަލަންޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟

24 އޮގަސްޓް 2011 - ބުދަ

الحمد لله، والصلاة والسلام على رسول اللهأما بعد:
 މަރަށް މަރު ހިފުމުގައި ބަލަންޖެހެނީ އެއީ ޤަތްލު ޢަމްދެއްތޯ ނޫންތޯއެވެ. މާނައަކީ އޮޅުމަކުން ނުވަތަ މެރުމުގެ ގަސްތަކާއި ނުލައި ތަޅައިފޮޅައިގަތުމުގެ ތެރޭގައި ލިބުނު އަނިޔާއަކުން މަރުވީތޯ ނުވަތަ ނޫންތޯއެވެ. ޤަތްލު ޚަޠާ އާއި ޤަތްލު ޝިބްހު ޢަމްދުގައި ވަނީ ދިއްޔައެވެ. ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ މަރަށް މަރު ހިފޭނެއެވެ. ގަސްތުގައި މީހަކު މެރިކަމުގައި ބެލެވެނީ ތިން ރުކުނެއް ވެއެވެ. ޤަތްލު ކުރެވިފައިވަނީ ދިރިހުރި އިންސާނެއްކަމާއި [...]

މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

20 ޑިސެމްބަރު 2010 - ހޯމަ

الحمد لله، والصلاة والسلام على رسول الله. أما بعد:
މައްޔިތާގެ މޫނުބެލުމަކީ އޮންނަ ކަމެކެވެ. އިތުރު އެކަލޭގެފާނުން އަވަހާރަވެ ވަޑައިގަތުމުން މުސްލިމުން އެކަލޭގެފާނުންގެ މޫނު ބެލުމަށްޓަކައި އެކަލޭގެފާނުންގެ ގާތަށް ވަދެ، އެއްމެ ފަހު ފަހަރަށް އެކަލޭގެފާނު ދެކިލައި ބައްދަލު ކުރިއެވެ. ވީމައި ގާތް ތިމާގެ ނުވަތަ އަވަށްޓެރިންނާއި ރަހުމަތްތެރީން ނިޔާވުމުން އެމީހުންގެ މޫނު ބެލުމަށް ދިޔުމަކީ އޮތް ކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެއްބަޔަކު އަނެއް ބައެއްގެ މޫނުބެލުމަކީ އޮތްކަމެއް ނޫނެވެ. ޚާއްސަކޮށް [...]

ހަޢިޟުވެފަ ހުއްޓައި ކައިވެނި ކުރުމަކީ ހުއްދަ ކަމެއްތޯ؟

8 އޮކްޓޯބަރ 2010 - ހުކުރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ހައިޟުގެ ހާލަތުގައި ކައިވެނި ޢަޤުދު ކުރުމަކީ ވަރިކުރުމާއި ޚިލާފަށް ހުއްދަ ކަމެކެވެ. އަސްލަކީ އެއީއެވެ. އެކަން ހަރާމް ކަމެއް ކަމުގައި ނުވަތަ ގޯސް ކަމެއް ކަމުގައި އަންގަވާފައެއް ނުވެއެވެ. ޙައިޟުގެ ހާލަތުގައި ތިމާ ރޭކޮށްފައިވާ އަނބިމީހާ ވަރިކުރުމަކީ ޢިލްމުވެރިންގެ އިއްތިފާގުން ހަރާމް ކަމެކެވެ.
والله أعلم وصلى الله على محمد وآله وسلم

ޒިނޭފަދަ ބޮޑެތި ފާފަ ކުރެވިފައިވާނަމަ މާތް ﷲގެ ކޯފާއިން ސަލާމަތް ވުމަށް އޮތް މަގަކީ ކޮބައިތޯއެވެ؟

8 އޮކްޓޯބަރ 2010 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި އެއްޗެއް، އިލާހުގެ ކޯފާ ހައްގުވާނެކަމެކެވެ. ޚާއްސަކޮށް ޒިނޭއަކީ އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ދުނިޔޭގައި ނުވަތަ އާޚިރަތުގައި ވެސް އެކަލާނގެ ސަޒާ ހައްގުވާ ކަމެކެވެ. ނަމަވެސް ފާފަ ކިތަންމެ ބޮޑުވެފައި ކިތަންމެ ގިނަކަމުގައިވިޔަސް އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެ ﷲ ސުބްހާނަހޫއީ އޯގާވަންތަ [...]

އަންހެނާގެ އަޢުރައަކީ މުޅިހަށިގަނޑު ނުވަތަ މޫނާއި ދެއަތްތިލަފިޔަވައި އެހެން ހުރިހާ ތަނެއްތޯއެވެ؟

7 އޮކްޓޯބަރ 2010 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
އަންހެނުން އެކަނބަލުންގެ ޢައުރަ ނިވާކުރުމަކީ ވާޖިބެއް ކަމުގައި ކީރިތި ޤުރްއާނާއި ސުންނަތާއި އުންމަތުގެ އިޖުމާއިން ސާބިތުވާ އިރު ނިވާކުރުން ވާޖިބުވާ މިންވަރާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ދެބަސް ވެވިފައި ވެއެވެ. ވާޖިބު މިންވަރަކީ މުޅި ހަށިގަނޑުތޯ ނުވަތަ މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑު ތޯއެވެ. އޭގެ ސަބަބަކީ މޫނާއި ދެ އަތްތިލައަކީ އައުރަ ކަމުގައި ނުވަތަ ނޫން ކަމުގައި ޞަރީހަ ދަލީލެއް އައިސްފައި ނެތުމާއި ފަރުދާ ކުރުމަށް [...]

އަޅުގަނޑަށްވަނީ ބޭންކުން ރިބާ ލޯނެއް ނެގިފައެވެ. ދެން ތައުބާވާނީ ކިހިނެއް؟

5 އޮކްޓޯބަރ 2010 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބޭންކް އޮފް މޯލްޑިވްސް އަކީ ޝައްކެއް ނެތް ގޮތުގައި ރިބާ ލޯނު ދޫކުރާ ބައެކެވެ. އަދި ރިބާ ލޯނަކީ ޝައްކެއް ނެތް ގޮތުގައި ބޮޑުވެގެން ހުރި ނުރައްކާތެރިކަން ބޮޑު ހަރާމް އެއްޗެކެވެ. ނޭންގޭ ހާލުގައި އެފަދަ މުޢާމަލާތެއް ކޮށްފި މީހަކަށް ފާފައެއް ނުވެއެވެ. ނަމަވެސް އެއީ ހަރާމް އެއްޗެއް ކަން އެނގުމާއި އެކުގައި ވީ އެއްމެ އަވަސް ފުރުސަތެއްގައި އެކަން ނިންމައި [...]

މިލިޓަރީ މިއުޒިކަކީ ހުއްދަ އެއްޗެއްތޯ އެވެ؟

4 އޮކްޓޯބަރ 2010 - ހޯމަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މިޔުޒިކުގެ ހުރިހާ ބާވަތަކީ ހަރާމް އެއްޗެއް ކަމުގައި ސަލަފުންގެ ހުރިހާ އިލްމުވެރިންނާއި ހަތަރުމަޛުހަބުގެ އިމާމުން އިއްތިފާގުވެވަޑައިގަންނަވައެވެ.

މޫދުގައި އުޅޭ ތަކެތީގެ ތެރެއިން ހަލާލު ތަކެއްޗަކީ ކޮބައި ތޯއެވެ؟

4 އޮކްޓޯބަރ 2010 - ހޯމަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މޫދުގައި ދިރިއުޅޭ މަސްމަހާމެއްސަކީ ނުވަތަ ހުރިހައި އެއްޗިއްސަކީ ހަލާލު އެއްޗިއްސެވެ. އެތަކެތި ކެއުމަކީ ހުއްދަ ކަމެކެވެ. އަދި މޫދުގެ ލޮނަކީވެސް ޠާހިރު އެއްޗެކެވެ. އެއިން ހިނައި ފެންވަރައި ވުޟޫކޮށް ހެދުމަކީ ހުއްދަ ކަމެކެވެ. أَبو هُرَيْرَةَ t ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު އިތުރު އެކަލޭގެފާނުންގެ އަރިހަށް އައިސް ދެންނެވިއެވެ. يَا رَسُولَ اللَّهِ ތިމަންމެން ކަނޑުމަށްޗަށް ނުކުންނަ އިރުގައި [...]

ތަފާތު މަޛުހަބުތަކަކަށް ބެހުނީ ކީއްވެ؟

8 އޮގަސްޓް 2010 - އާދިއްތަ

ޖަވާބަކީ… މާތް ﷲގެ ރަސޫލާ ދުނިޔޭގައި ހުންނެވި އިރުގައި އެއްވެސް ސުވާލެއް މީހަކަށް އުފެދިއްޖެ ނަމަ ނުވަތަ އޮޅުމެއް އަރައިފި ނަމަ އެކަލޭގެފާނުގެ އަރިހަށް އައުމުން އެކަންހައްލުވެ ދެއެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވުމުން މީސްތަކުން ޙިލާފުވީއެވެ.
މާތް ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް ހަމަ އެކަނި އަޅުކަން ކުރާށެވެ. މާތް ﷲގެ އެއްކައުވަންތަކަމަށް ހިތާއި ދުލާއި ޢަމަލުން ހެކިދީ، އެކަލާނގެ މަޚުލޫގުންނަށް، މަޚުލޫގުން ކުރަމުންދާ ޝިރުކުގެ ކަނު އަދިރީން އެކަލާނގެ އަޅުތަކުން ނެރެ އެމާތް އެކައުވަންތަ ހައްދަވާ ބޮޑުކުރައްވާ [...]


ސުވާލާއި ޖަވާބު