ކުރީގެ | ސުވާލާއި ޖަވާބު - ޠޮހާރަތު

ވުޟޫނެތި ކީރިތި ޤުރްއާނުގައި ބީހުން..

6 ޑިސެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد:
ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އެފޮތުގައި ބީހޭ ނަމަ ދެ ޙަދަޘުން ޠާހިރުވެ ހުރުމަކީ އިތުރުވެގެންވާ ގޮތެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި މާނައަކީ މުޞްޙަފު (ހަތިމު) ގައި ބީހުމަށްޓަކައި ވުޟޫމަތީގައި ހުރުމަކީ ވާޖިބެއްކަމާއި މެދުގައި ޢިލްމުވެރިން ދެބަސްވެވައިގަންނަވާފައިވެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ވުޟޫ ނެތި ހަތިމުގައި ބީހުމަކީ ޙަރާމް ކަމެއްތޯ ނުވަތަ ނޫންތޯ؟ މިއީ ޚިލާފު ހުރި މައްސަލައެކެވެ. ޖުމްހޫރު [...]

ރޭގަނޑުގައި ލޭކުލަ ފެނިފައި ފަތިހު ފެންނަން ނެތުމުން ފެންވަރައިގެން ނަމާދުކޮށް، ރޯދައަށް ހުރުމުން ނަމާދާއި ރޯދަ ރަނގަޅުވާނެތޯއެވެ؟

24 އޮކްޓޯބަރ 2011 - ހޯމަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ރޭގަނޑުގައި ލޭގެ ކުލަ ފެނިފައި ނުވަތަ އަސަރު ފެނިފައި ދުވާލު ލޭ އައިއްސި ނަމަ ހައިޟު ފެށުނު އިރެއްކަމުގައި ބެލެވޭނީ ރޭގަނޑު އެވެ. އެ ހާލަތުގައި ފަތިސް ނަމާދު ކުރިނަމަ އަދި ރޯދައަށް ހުރި ނަމަ އެ ނަމާދާއި ރޯދަ ކަމަކު ނުދާނެއެވެ. ސަބަބަކީ ޙައިޟުގެ ހާލަތުގައި ވީމައެވެ. ނަމަވެސް، ރޭގަނޑުގައި ފާޅުވި ލެއަކީ ނުވަތަ ކުލައަކީ ހައިޟުގެ ލޭކަމުގައިވާނަމަ، މިސާލަކަށް ޙައިޟުން ޠާހިރުވިތަނާ ކުލައެއް ފެނުނު [...]

ޙައިޟުން ހިނައިގަނެ އެއް ހަފުތާގެ ރޯދަ ހިފުނު ތަނާ އަނެއްކާ ލޭފެނިއްޖެ ނަމަ އެވާނީ ޙައިޟުގެ ލއަށްތޯއެވެ؟

22 އޮކްޓޯބަރ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަންހެނާގެ ކުރިމަތިން އަންނަ ލޭގެ އަސްލަކީ އެއީ ޙައިޟެވެ. ޙައިޟަކީ އެކި މީހުނަށް އެކި މުއްދަތުގައި އެކި މިންވަރަށް އަންނަ އެއްޗެކެވެ. ބައެއް މީހުންނަށް ޙައިޟާއި ގުޅިގެން، ޙައިޟުގެ އިތުރުން، މެދު ނުކެނޑި ނުވަތަ ކުޑަ މުއްދަތަކަށް މެދު ކެނޑިފައި ގިނަ ޒަމާންތަކަކު ޙައިޟުގެ ލޭ ނޫން ލެއެއް އަތުވެދާނެއެވެ. އެއީ އިސްތިޙާޟާއެވެ. ވީމައި އިސްތިޙާޟާ ކަމުގައި ބެލެވޭ ފަދަ ޙައިޟާއި [...]

ވިހައި ޠާހިރުކޮށް ހުރުމަށްފަހު އަނެއްކާ ލޭ ފެނިއްޖެ ނަމަ ޢަމަލުކުރާނީ ކިހިނެތް؟

19 އޮކްޓޯބަރ 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނިފާސްކަމުގެ ލޭގެ އެއްމެ ގިނަ މުއްދަތަކާއި ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ ގާތުގައި ސާޅީސް (40) ދުވަހެވެ. أم سلمة رضي الله عنها  ވިދާޅުވެފައި ވެއެވެ. (( كَانَتْ النُّفَسَاءُ تَجْلِسُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْبَعِينَ يَوْمًا )) أبو داود. الألباني މި ހަދީޘް ޞައްޙަކަމުގައި ވިދާޅުވެފައި ވެއެވެ. މާނައަކީ: ” [...]

ނަމާދު ވަގުތުގެ ވުމުން ނަމާދު ނުކޮށްހުއްޓައި ޙައިޟުވެއްޖެ ނަމަ ހަދާނީ ކިހިނެތްތޯއެވެ؟

17 އޮކްޓޯބަރ 2011 - ހޯމަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: އެނަމާދު ކުރާކަށް ނުޖެހޭނެއެވެ. އަދި އެމީހާ ފާފަވެރިއެއްވެސް ނުވާނެއެވެ. ސަބަބަކީ ނަމާދު ވަގުތަކީ ތަނަވަސްކޮށް ދެމިގެންވާ ވަގުތަކަށް ވެފައި، ނަމާދު ކުރުމަށްޓަކައި އޭނާގެ ނިޔަތް އޮތުމާއި އެކު އޭނާ ނަމާދު ކުރަން ޖެހެނީ ވަގުތު ފާއިތުވުމުގެ ކުރިންކަމުގައި ވެފައި ނަމާދު ކުރުން މަނާވެދާނެ ސަބަބެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ނެތުމުންނެވެ. އަދި ނަމާދަށް ތައްޔާރުވުމަށްޓަކައި ތެދުވި އިރު ޕީރިއަޑުވެފައި ވުމަކީ [...]

ޙައިޟުވެރިޔާ ޤުރްއާން ކިޔެވުމަށްޓަކައި ވުޟޫ ކުރަން ޖެހޭނެތޯއެވެ؟

16 އޮކްޓޯބަރ 2011 - އާދިއްތަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއްނެތްގޮތުގައި ހައިޟުގެ ވަގުތުގައި ނަހީކުރެއްވިފައިވާ ކަމަކީ: ނަމާދު ކުރުމާއި ޠަވާފު ކުރުމާއި ރޯދަ ހިފުމެވެ. އަދި ޖުމްހޫރު، ގިނަ އިލްމުވެރިންގެ ގާތުގައި ހަތިމުގައި އަތްލުމަކީވެސް ހުއްދަ ކަމެއް ނޫނެވެ. އެހެން ހުރިހައި ކަމެއް އާދައިގެ ދުވަސްވަރެކޭ އެއްފަދައިން ކުރަން ޖެހޭނެއެވެ. އެގޮތުން ދުޢާކުރުމާއި ޛިކުރު އަޛްކާރު ކުރަން ވާނެއެވެ. އަދި ޤުރްއާން ކިޔެވުމާއި، ހަތިމުގައި އަތް ނުލައި ހިތުން ކިޔެވުމަކީވެސް ހުއްދަކަމެކެވެ. [...]

ވުޟޫ ކުރުމަށް ސުންނަތުން ސާބިތުވާ ގޮތް ވިދާޅުވެ ދީފާންނަށް ތޯ؟

15 އޮކްޓޯބަރ 2011 - ހޮނިހިރު

ވުޟޫ ކުރާ ގޮތް الحمد لله، والصلاة والسلام على رسول الله، أما بعد :
1-      ނިޔަތް : އެއީ ހިތުގެ ގަސްތެވެ. ދުލުން ކިޔުމެއް ނޫނެވެ.
2-      بسم الله ކިޔުން : ހަނދާންނެތި ނުކިއުނަސް ވުޟޫ ސައްހައެވެ.
3-      ދެއަތްތިލަ ދޮވުން..
4-      ކޯދޮވުމާއި އެކުގައި ނޭފަތަށް ފެންލުން.. -          އަނގަޔާއި ނޭފަތަށް ފެންލާނީ ކަނާއަތުންނެވެ. އަތްގޮށީގެ އެއްބައި އަނގަޔަށް ލައި އަނެއްބައި ލާނީ ނޭފަށެވެ. އެއަށްފަހު ކޯދޮވެ، ވާއަތުން ނޭފަތް ފޮޅާނީއެވެ. ރޯދައިގެ ހާލަތުގައި މެނުވީ [...]

ހިނައިގަތުން ވާޖިބުވާ ހާލަތްތަކަކީ ކޮބައިތޯއެވެ؟

26 އޮގަސްޓް 2011 - ހުކުރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ހިނައިގަންނަން ޖެހޭނީ ބޮޑު ހަދަޘުންނެވެ. އެއީ ޖުނުބުވެރިވުމާއި ހައިޟާއި ނިފާސް ކަމެވެ. އެއިން ކަމެއް މެދުވެރި ވެއްޖެ ނަމަ ހިނައިގަތުން ބާޖިބުވާނެއެވެ. ހަމައެފަދައިން އަލަށް އިސްލާމް ވާ މީހާވެސް ހިނައިގަންނަން ވާނެއެވެ.ޖުނުބުވެރިވުމަކީ: ޖިމާޢުވުން (ދެމަފިރިން އެއްދާންކުރުން) ނުވަތަ ޝަހުވަތާއި އެކުގައި މަނިބޭރުވުމެވެ. ﮃ ﭣ  ﭤ   ﭥ  ﭦﮂ المائدة ٦. “އަދި ތިޔަބައިމީހުން ޖުނުބުވެރިވެއްޖެ ނަމަ ޠާހިރުވާށެވެ. (ފެންވަރާށެވެ!)” عائشة [...]

އަނބި މީހާ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ؟

25 އޮގަސްޓް 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަނބި މީހާ ގައިގައި ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. ވުޟޫ ގެއްލޭނީ އަނބި މީހާގެ ގައިގައި ބީހުމުގެ ސަބަބުން ކުރިމަތީ ފަރާތުން އެއްޗެއް ބޭރުވެއްޖެ ނަމައެވެ. ހަމަ އެކަނި ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. عَائِشَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبَّلَ [...]

މަންޏަކީ ނަޖިހެއް ހެއްތޯއެވެ؟

15 ޖޫން 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މަންޏަކީ ބައެއް ޢިލްމުވެރިން ނަޖިހެއް ކަމުގައި ދެކެވަޑައިގެންނެވި ނަމަވެސް ހަގީގަތުގައި ނަޖިހެއް ނޫނެވެ. ޠާހިރު އެއްޗެކެވެ. އަދި ލިބާހުގައި ނުވަތަ ބެޑްޝީޓުގައި ހުރި ނަމަ ސާފު ކުރުމާއި މެދުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ؛ ތެއްކޮށް ހުއްޓައި ފެނިއްޖެ ނަމަ ދޮވެލުމަށެވެ. އަދި ހިކިފައި ހުރިނަމަ ނިޔަފަތިން ކަހާލުމުން ފުދެއެވެ. أم المؤمنين عائشة tا ގެ އަރިހުން البخاري އާއި مسلم ރިވާކުރައްވާފައިވެއެވެ. [...]

ސުވާލާއި ޖަވާބު