ކުރީގެ | ސުވާލާއި ޖަވާބު - އެހެނިހެން

ސިއްހީ މައްސަލައެއް ފެންނަންނެތި ދަރިއަކު ނުލިބުން އެއީ ފަންޑިތަވެރި ކަމެއްތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ދަރިން ލިބުމުގަ އާއި ނުލިބުމުގައި ސަބަބުތަކެއް ލައްވާފައި ވީ ނަމަވެސް ދަރިންނަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެ އަމުރުފުޅު އައުމުން ލިބޭނެއެވެ. އަދި އެކަލާނގެ އަމުރުފުޅު ނާންނަހައި ހިނދަކު ކިތަންމެ ފަރުވާއެއް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ. ވީމާ، ސިއްހީ މައްސަލައެއް ފެންނަން ނެތުމާއި އެކުގައިވެސް މީހަކު މާބަނޑު ނުވުމަކީ ނުވަތަ ބަލިވެއިނުން ލަސްވުމަކީ ކަނޑައެޅިގެން ފަންޑިވެރިކަމެއް ނުވަތަ ސިހުރެއްގެ [...]

ދެމަފިރިންގެ މެދުގައިވާ ގުޅުން ބަދަހި ކުރުމަށްޓަކައި ބަރަހަނާ ފިލްމު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد: ޝައްކެއްނެތް ގޮތުގައި ފާހިޝް މަންޒަރު ބެލުމަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްސުން އަދި އުންމަތުގެ އިޖްމާއިން ހަރާމް ކަމެކެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. އެފަދަ މަންޒަރު ބަލައިގެން ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި ގުޅުން ވަރުގަދައެއް ނުވާނެއެވެ. އަދިކިޔެއް، އެދެމީހުންގެ ގުޅުން ދާނީ ބަލިކަށިވަމުންނެވެ. ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގާ ގޮތަކީ ފޮޓޯއިން ނުވަތަ ފިލްމު ބަލައިގެން ދަސްކުރަން ޖެހޭ އެއްޗެއް ނޫނެވެ. އަދި ކިޔެއް، [...]

ހެއަރ ޓްރާންސްޕްލާންޓް ހެދުމުގެ ޙުކުމަކީ ކޮބައިތޯ؟

3 ޖެނުއަރީ 2012 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:     ހެއަރ ޓްރާންސްޕްލާންޓް ހެދުމުގެ މާނައަކީ ބޮލުގައި އިސްތަށި ހުރި ތަނުން އިސްތަށި ބުޑު (ހެއަރ ފޮލިކްލް- hair follicle) ނަގައިގެން އިސްތަށިފައިބާފައިވާ ތަނުގައި އިންދުމެވެ. އެއީ ހުއްދަ ކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެއީ ޚަލްޤު ބަދަލު ކުރުމެއް ނޫނެވެ. މީހާގެ އަސްލު އުފެދުމަށް ރީތިކަމެއް އިތުރު ކުރުމެއް، ނުވަތަ އަސްލު އުފެދުމުން އެއްޗެއް އުނިކުރުމެއްވެސް ނޫނެވެ. އަދިކިޔެއް، އެއީ މީހާ އަސްލު އުފެދިފައި ހުރިގޮތް، [...]

ފިރިމީހާގެ ނުރުމުގައި ބުރުގާ އެޅޭނެތޯ؟

23 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މީހަކު ރުހުނަސް ނުރުހުނަސް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވައި އަމުރު ކުރައްވާފައިވާ ވާޖިބުތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދިކިޔެއް، އެއްމެ ބޮޑު އަދި އެއްމެ ފުރަތަމަ އަދި އެއްމެ މުހިންމު ވާޖިބަކީ ތިބާގެ ތިބާގެ ވެރި ރަސްކަލާނގެ މާތް ﷲ އަށް ކިޔަމަންގަތުމެވެ. އެއަށް ފަހުގައި އެކަލާނގެ ރަސޫލާ އަށް ކިޔަމަންގަތުމެވެ. މުސްލިމަކަށް [...]

ކަކުލާއި ހަމައަށް ހުންނަ ހެދުމާއި ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވިދާނެތޯއެވެ؟

23 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޢައުރަ ނިވާ ކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. ނަމާދުގައި އަންހެނުންގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. ވީމާ، ބުރުގާއާއި ކަކުލާއި ހަމައަށް ހުންނަ ހެދުމާއި (މަތި) ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވޭނެއެވެ. އަދި އެއީ ހަށިގަނޑުގެ ބައްޓަން ފާޅު ނުވާ ވަރުގެ ގަޔަށް ދޫ ހެދުމެއް ކަމުގައި ވާނަމަ ނަމާދު ޞައްހަވާނެ ކަމާއި މެދުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.
أم سلمة [...]

އަންހެނަކަށް ސިހުރުގެ ސަބަބުން ނުވަތަ ޖިންނި ސައިތާނުންގެ ސަބަބުން އުދަގުލެއްވާނަމަ އެކަން އެނގޭނެ ގޮތަކީ ކޮބާތޯ؟

4 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد: 
 ޕީރިއަޑް އިރެގިއުލާ ވުމަކީ ބައެއްފަހަރު ސިޙުރެއްގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުން ވެދާނެ ކަމެއް ކަމުގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާ ބޭފުޅުން ލިޔުއްވާފައި ހުރެއެވެ. ނަމަވެސް، އަޅުގަނޑުމެނަށް ތަޖުރިބާއިން އިނގޭ ގޮތުގައި ޕީރިއަޑް ލަސްވެ ނުވަތަ މެދުކެނޑި ގިނަ ދުވަސް ވުމަކީ އާދަވެގެން ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އަދިކިޔެއް، އެއީ އެހާ ބޮޑު މައްސަލައެއް ނޫނެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. އަދި [...]

ފިރިހެނުން ކަންފަތު ފޫޅަށް ވުރެން ދިގުކޮށް އިސްތަސިގަނޑު އައްސާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟

1 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول اللهأما بعد: 
އެނގިވަޑައި ގަންނަވާނޭ ފަދައިން ފިރިހެނުންގެ ބޯ ދިގުކުރުމަކީ އޭގެ ޝަރުޠުތަކާއި އެކުގައި ހުއްދަ ކަމެކެވެ. ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް ނުވަތަ ބައެއް ފަހަރު ކޮނޑާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. އެގޮތަށް ބޯ ދިގުކޮށްފައި ހުރި މީހެއް ނަމަ އުޅޭ އުޅުމުގައި ނުވަތަ މަސައްކަތް ކުރުމުގައި އުނދަގޫ ވުމާއި އިސްތަށިގަނޑު ސާފުކޮށް ބެހެއްޓުމަށްޓަކައި އެއްސުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ނަމާދު ކުރާ [...]

އަންހެނަކަށް މަޙުރަމަކާއި ނުލައި ދަތުރެއް ކުރެވިދާނެ ޢުޛުރެއް ވޭތޯއެވެ؟

28 އޮކްޓޯބަރ 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد:  އަންހެނަކު ދަތުރެއް ކުރާ ނަމަ، މާނައަކީ ޝަރްޢީ މާނައިގައި ދަތުރަކަށް ބެލެވޭ ހިސާބު ދުރު ތާކަށް ދާ ނަމަ މަޙުރަމަކާއި އެކުގައި މެނުވީ ދަތުރު ނުކުރުމަށް ވަނީ އަންގަވާފައެވެ. ވީމާ، އަންހެނަކު ދަތުރު ކުރުމުގައި ޝަރްޢީ އަސްލަކީ ކައިވެނި ހެއުނުވާ ގާތް މީހަކާއި އެކުގައި މެނުވީ ދަތުރަކު ނުނިކުތުމެވެ. ابْنَ عَبَّاسٍ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى [...]

ކުރިން ތުނބުޅި ބަހައްޓާފައި ފަހުން ކޮށާލައި ނުވަތަ ބާލައިފި ނަމަ އެއީ އެމީހާ ފުރޭތައަކާ ނުވަތަ ޖަނަވާރެއްގެ ދަރަޖައަށް ހިނގައިދާނެ ކަމެއްތޯއެވެ؟

27 އޮކްޓޯބަރ 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
ޝައްކެއްނެތްގޮތުގައި ތުނބުޅި ބެހެއްޓުމަކީ ވާޖިބެކެވެ. އަދި ބޭލުމަކީ ޙަރާމް ކަމެކެވެ. ވީމައި މާތް ﷲގެ ތައުފީޤާއި އެކުގައި ތުނބުޅި ދިގުކޮށްފައިވާ މީހަކު އެ ވާޖިބު ދޫކޮށްލައި އަލުން އޭނާ ކުރީގައި ކުރި ތުނބުޅި ބޭލުމުގެ ނުބައި ޢަމަލަށް އަލުން ރުޖޫޢަވެގެން ނުވާނެއެވެ. އެއީ ނުބައި ކަމެކެވެ. މާޓް ﷲ އަޅަމެން އެކަލާނގެ ރުއްސަވާ މަގުގައި ސާބިތު ކުރައްވާށި!-
ތުނބުޅި އެކުގައި ބާލައި އޮމާން ކުރުމަކީ ފިރިހެނާއަށް މާތް ﷲ [...]

ރޭގަނޑުގައި ލޭކުލަ ފެނިފައި ފަތިހު ފެންނަން ނެތުމުން ފެންވަރައިގެން ނަމާދުކޮށް، ރޯދައަށް ހުރުމުން ނަމާދާއި ރޯދަ ރަނގަޅުވާނެތޯއެވެ؟

24 އޮކްޓޯބަރ 2011 - ހޯމަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ރޭގަނޑުގައި ލޭގެ ކުލަ ފެނިފައި ނުވަތަ އަސަރު ފެނިފައި ދުވާލު ލޭ އައިއްސި ނަމަ ހައިޟު ފެށުނު އިރެއްކަމުގައި ބެލެވޭނީ ރޭގަނޑު އެވެ. އެ ހާލަތުގައި ފަތިސް ނަމާދު ކުރިނަމަ އަދި ރޯދައަށް ހުރި ނަމަ އެ ނަމާދާއި ރޯދަ ކަމަކު ނުދާނެއެވެ. ސަބަބަކީ ޙައިޟުގެ ހާލަތުގައި ވީމައެވެ. ނަމަވެސް، ރޭގަނޑުގައި ފާޅުވި ލެއަކީ ނުވަތަ ކުލައަކީ ހައިޟުގެ ލޭކަމުގައިވާނަމަ، މިސާލަކަށް ޙައިޟުން ޠާހިރުވިތަނާ ކުލައެއް ފެނުނު [...]

ސުވާލާއި ޖަވާބު