ކުރީގެ | ސުވާލާއި ޖަވާބު - ނަމާދު

ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟

7 ޑިސެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެ ވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި ދުޢާއެއް ކުރުމަކަށް ނާންގަވައެވެ. ވީމާ، ސަޖިދާގައި ކިޔާ ތަސްބީޙަތަކުން ތަސްބީޙައެއް ކިޔުމަށް ފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާ އެއްވެސް [...]

ފިރިމީހާއާއި އެކުގައި ނަމާދު ކުރާއިރު ފިރިމީހާގެ ފަހަތުގައި ޖާގަ ނެތްނަމަ އެއްފަރާތެއްގައި ހުންނަ ނަމަ ހުންނާނީ ކިހާ ދުރުމިނެއްގައިތޯ؟

4 ޑިސެމްބަރު 2011 - އާދިއްތަ

الحمد لله، والصلاة والسلام على رسول اللهأما بعد:
އިމާމާގެ ފަހަތުގައި ސަފުހެދުމުގައި އަސްލަކީ އިމާމާއި ދިމާލުން ފަހަތުގައި ސަފުހެދުމެވެ. ޚާއްޞަކޮށް ދެމަފިރިން ނަމާދު ކުރާނަމައެވެ. ނަމަވެސް ޖާގަނެތް ނަމަ ފިރިމީހާގެ ކޮންމެ ފަރާތެއްގައިވެސް ހުރެވިދާނެއެވެ. ކަނާއަތް ފަރާތުގައި ޖާގައޮތްނަމަ ކަނާއަތް ފަރާތައް އިސްކަން ދިނުން އެދެވިގެން ވެއެވެ. ވަކި ދުރުމިނެއް އެދެމީހުންގެ މެދުގައި ބެހެއްޓުން ލާޒިމެއް ނޫނެވެ. ނަމަވެސް، ފިރިމީހާގެ ނަޡަރު އަޅައިނުގަންނަ ހިސާބުގައި ހުރުން އެދެވިގެން ވެއެވެ. އެހެން ނޫންނަމަ ވިސްނުން ކަސިޔާރުވުމަކީ ވެދާނެކަމެކެވެ.
والله [...]

ކަކުލާއި ހަމައަށް ހުންނަ ހެދުމާއި ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވިދާނެތޯއެވެ؟

23 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على رسول الله
أما بعد:
ޢައުރަ ނިވާ ކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. ނަމާދުގައި އަންހެނުންގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. ވީމާ، ބުރުގާއާއި ކަކުލާއި ހަމައަށް ހުންނަ ހެދުމާއި (މަތި) ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހަރުވާޅުލައިގެން ނަމާދު ކުރެވޭނެއެވެ. އަދި އެއީ ހަށިގަނޑުގެ ބައްޓަން ފާޅު ނުވާ ވަރުގެ ގަޔަށް ދޫ ހެދުމެއް ކަމުގައި ވާނަމަ ނަމާދު ޞައްހަވާނެ ކަމާއި މެދުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.
أم سلمة [...]

ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެތޯ؟

18 ނޮވެމްބަރު 2011 - ހުކުރު

الحمد لله، والصلاة والسلام على رسول اللهأما بعد: 
 ދެ ދުވަސް ނުވަތަ ތިން ދުވަސް ފަހުން ނުވަތަ އެއަށްވުރެ ގިނަ ދުވަސް ފަހުންވެސް މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އެއީ ކަށު ނަމާދުގައި ބައިވެރި ނުވެވޭ މީހުން މައްޔިތާގެ ގަބުރު ކާރީގައި ކަށު ނަމާދު ކުރުމެވެ. އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބުންގެ އަރިހުން އެފަދައިން އެކަން ސާބިތު ވެއެވެ. ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. ” رسول [...]

ރަވާތިބު ސުންނަތުގައިވަނީ ކިތައް ރަކުއަތްތޯ؟ އަދި އެންމެ އިތުރުކަން ބޮޑު ރަކުއަތްތަކަކީ ކޮބާތޯ؟

16 ނޮވެމްބަރު 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ރަވާތިބު ސުންނަތް ރަކުޢަތްތަކުގެ ޢަދަދަކީ ބާރައެވެ. އޭގެ ތެރެއިން އެއްމެ އިތުރު، މާތް ރަކުޢަތަކީ ފަތިހުގެ އިހު ދެ ރަކުޢަތެވެ. أم المؤمنين عائشةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ((لَمْ يَكُنْ عَلَى شَيْءٍ مِنْ النَّوَافِلِ أَشَدَّ مُعَاهَدَةً مِنْهُ عَلَى رَكْعَتَيْنِ قَبْلَ الصُّبْحِ)) مسلم “رسول الله صلى الله عليه [...]

ފަރުޟު ނަމާދުތައް އެއްވެސް އުޒުރެއްނެތި ގޭގައި ކުރެވިދާނެތޯ؟

15 ނޮވެމްބަރު 2011 - އަންގާރަ

الحمد لله، والصلاة والسلام على رسول الله
أما بعد:
މާތް ﷲ ފަރުޟު ފަސް ނަމާދު ވާޖިބު ކުރައްވާފައިވަނީ މިސްކިތުގައި ޖަމާއަތުގައެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ ހެޔޮހާލުގައި ހުރި ކުޅަދާނަ ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބެކެވެ. ގަސްތުގައި ޖަމާއަތް ދޫކޮށްލާފައި ގޭގައި ނަމާދު ކުރުމަކީ ޖާއިޒް ކަމެއް ނޫނެވެ.
ނަމާދު ޖަމާއަތުގައި މިސްކިތުގައި ކުރުމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ދަލީލަކީ ހަނގުރާމައިގެ ބިރުވެރި ވަގުތުގައި ޚައުފުގެ ނަމާދު ކުރުމުގެ ލުއިފަސޭހަކަން ދެއްވި އިރުގައިވެސް [...]

ދަމުނަމާދަށް ފަހު ކިޔުން ރަނގަޅު إسْتِغْفَارُ ތަކަކީ ކޮބައިތޯއެވެ؟

29 އޮކްޓޯބަރ 2011 - ހޮނިހިރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ދަމުނަމާދަށް ފަހުގައި ތައުބާވެ އިސްތިޣްފާރު ކުރުމުގެ ގޮތުން ވަކި ދުޢާއެއް ޚާއްޞަވެގެން އައިސްފައެއް ނުވެއެވެ. ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ ތައުބާއާއި އިސްތިޣްފާރުގެ ކޮންެމެ ދުޢާއެއްވެސް ކުރުން ރަނގަޅެވެ. އޭގެތެރެއިން ބައެއް ދުޢާ ތިރީގައި ދަންވައިލަމެވެ.
އާދަމް އާއި ޙައްވާ عليهما السلام އަށް މާތް ﷲ ދަސްކޮށްދެއްވި ދުޢާ (( رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ )) [...]

ފަތިސްނަމާދުކޮށްގެން އިޢުތިކާފުއަށް އިދެފައި އިރުއެރުމުން އެކުރާނަމާދު ކުރުމަށް އިޢުތިކާފުއަށް އިންތަނުން އެހެންތާކަށް ޖެހެން ޖެހޭނެތޯއެވެ؟

28 އޮކްޓޯބަރ 2011 - ހުކުރު

الحمد لله، والصلاة والسلام على رسول الله
أما بعد:
ފަތިސްނަމާދަށްފަހުގައި ނަމާދު ކުރިތަނުގައި ޛިކުރުކުރުމަށް އިނދެ، އިރުއެރުމުން ކުރެވޭ ނަމާދަކީ ‘އިޝްރާޤު’ ނަމާދެވެ. އެނަމާދު ކުރުމަށްޓަކައި ކޮންމެހެން ތިބާ އިންތަން ބަދަލު ކުރާކަށް ނުޖެހޭނެއެވެ. އަދިކިޔެއް ހަމަ އެއިން ތަނުގައި ނަމާދު ކުރެވެން އޮތް ނަމަ ނަމާދު ކުރާނީ އެތަނުގައެވެ. ނަމާދު ކުރުމަށްޓަކައި ތަން ބަދަލު ކުރަން ޖެހެނީ ފަރުޟު ނަމާދުން ސަލާން ދޭގޮތަށް، ވަގުތުން ތެދުވެ ސުންނަތް ނަމާދު ކުރާނަމަ އެދެނަމާދުގެ ވަކި ކުރުމަށްޓަކައެވެ.
والله أعلم، [...]

އަށްވާބިން ނަމާދަކީ އޮތްނަ ނަމާދެއްތޯއެވެ. އަދި މިނަމާދު ކުރަންވީ ގޮތަކީ ކޮބައި ހެއްޔެވެ؟

27 އޮކްޓޯބަރ 2011 - ބުރާސްފަތި

الحمد لله، والصلاة والسلام على رسول الله
أما بعد:
“صلاة الأوابين” ‘އައްވާބީންގެ ނަމާދު’ މިނަމުގައި ސައްހަ ސުންނަތުގައި ވާރިދުވެފައިވާ ނަމާދަކީ “ޟުޙާ” ނަމާދެވެ. އެއީ އިރު އަރައި ބިންގަނޑު ހޫނުވެގަންނަ ވަގުތުން ފެށިގެން މެންދުރު ނަމާދާއި ދެމެދުގައި ކުރުން ސުންނަތްވެގެންވާ ނަމާދެކެވެ. މިގޮތަށް زَيْدَ بْنَ أَرْقَمَ tގެ އަރިހުން البخاري އާއި مسلم ރިވާކުރައްވާފައި ވެއެވެ. އަދި ضحى ގެ ނަމާދު ކުރުމަށް އިތުރު އެކަލޭގެފާނު أبو هريرة t އަށް ވަޞިއްޔަތް ކުރައްވާފައި [...]

ސުންނަތް ނަމާދުތަކުގައި ކިޔުމަށް “ތަޢުލީމު ދިޔާނާ” ގައި ވާ ދުއާތައް އެއީ ހަމަ އެންމެ ރަނގަޅު ދުއާތަކެއްތޯއެވެ؟

26 އޮކްޓޯބަރ 2011 - ބުދަ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތަޢުލީމު ދިޔާނާ އަޅުގަނޑު އަތުގައި މިވަގުތު ނެތުމުގެ ސަބަބުން ސުވާލުގައި އިޝާރާތްކުރައްވާފައިވާ ދުޢާތައް ބެލޭކަން ނެތެވެ. އެހެން ނަމަވެސް ތަޢުލީމު ދިޔާނާގައި ސުންނަތުން ސާބިތު ނުވާ ދުޢާތައް އެކުލެވިގެން ވާކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ހަމައެފަދައިން ފަރުޟު ނަމާދުގައާއި ސުންނަތް ނަމާދު ތަކުގައި ކުރެވޭ ބައެއް ދުޢާ ތަފާތުކަމުގައި ވީ ނަމަވެސް ކޮންމެ ނަމާދެއްގައިވެސް ޢާންމުކޮށް ކިޔަން ހުރީ އެއްބާވަތެއްގެ ތަސްބީޙައާއި [...]

ސުވާލާއި ޖަވާބު