ކާފަރުންގެ ޢީދުގައި ބައިވެރިވުން…

31 ޑިސެމްބަރު 2013 - އަންގާރަ

ދިރިއުޅުމުގައި އެއްބަޔަކު އަނެއްބައެއް ކޮޕީކުރުމަކީ އިންސާނުންގެ ކިބައިގައި ހުންނަ ކަމެކެވެ. ތަފާތު ފަންނުތަކާއި މަސައްކަތްތަކުގައެވެ. ދިރިއުޅުމުގެ ވަސީލަތްތަކާއި ޢިލްމީ ހޯދުންތަކާއި ތަޖުރިބާ ތަކުގައި އެއްބަޔަކު ކުރާ ކަމެއްގެ ފައިދާ އަނެއް ބަޔަކު ލިބިގަތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ ކާފަރުންގެ އާދަކާދައާއި ދީނުގައި އެއްގޮތް ކުރުމާއި ތަބާވުމެވެ. އަދި އާދަމުގެ ދަރީންގެ އިތުރުން ވަލު ޖަނަވާރު، ސޫފާސޫފި އެއްޗިހީގެ އުޅުމާއި ގޮތަށް ދާންދެން ތަބާވާތީއެވެ.
ޝައްކެއްނެތް ގޮތުގައި މުސްލިމުންނަކީ ރިވެތިވެގެންވާ [...]

إنا لله، وإنا إليه راجعون..

2 އޮކްޓޯބަރ 2012 - އަންގާރަ

بسم الله الرحمن الرحيم
إنا لله، وإنا إليه راجعون..
ހައްގަކައި ނުލައި މީހަކު ގަތުލު ކުރުމަކީ މުޅި އިންސާނިއްޔަތު ގަތުލުކުރުން ފަދަ ނުބައިކަންބޮޑު ކުށެކެވެ. ބިންމަތީގައި ހިންގޭ އެއްމެ ބޮޑު ފަސާދައެކެވެ. އަދި މުސްލިމެއްގެ ލޭ އޮހޮރުވުމަކީ ކަޢުބަތު ﷲ ގެފުޅު މުގުރައިލުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެއްވެސް ތަނެއްގައި އެގައުމެއްގެ ދީނީ ޢިލްމުވެރިއަކު މަގުމަތީގައި އަނިޔާލިބިގެން ވާ ހާލު މަރާލެވުމަކީ ވާކަންކަމެއް ނޫނެވެ. މުސްލިމުންގެ ތެރޭގައި ދީނީ ޢިލްމު އުނގެނިގެން ހުރި ޢިލްމުވެރިއަކު އަނިޔާވެރިގޮތަކަށް [...]

ޢީދުގައި ޢާއިލާމީހުން ނާއި ރަހުމަތްތެރިންނަށް ހަދިޔާދިނުމަކީ ކޮންކަހަލަކަމެއް؟

19 އޮގަސްޓް 2012 - އާދިއްތަ

الحمد لله، والصلاة والسلام على رسول اللهأما بعد:
މުސްލިމުން އެކަކުއަނެކަކަށް، ޚާއްޞަކޮށް ޢާއިލާގެ މީހުނަށް ހަދިޔާދިނުމާއި ބައްދަލުވެ، އެކުގައި ކައިބޮއެ އުޅުމަކީ އާންމު ދުވަސްތަކުގައި ވެސް ހުއްދަ ކަމެކެވެ. އަދިކިޔެއް، އެދެވިގެންވާ ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން އިސްލާމީ އަދި ޢާއިލީ ލޯތްބާއި ގާތްކަން އިތުރުވާނެއެވެ. އެއީ އެދެވިގެންވާ ކަމެކެވެ. އެކަމަށްޓަކައި ޚާއްޞަކޮށް ހަދިޔާ ބަދަލުކުރުމަށް އިތުރުއެކަލޭގެފާނުން މުސްލިމުންނަށް ބާރު އަޅުއްވާފައި ވެއެވެ. أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. [...]

عيد ގެ ޒީނަތް

18 އޮގަސްޓް 2012 - ހޮނިހިރު

بسم الله الرحمن الرحيم تَقَبَّلَ اللهُ مِنَّا ومِنْكُمْ
ބަރަކާތްތެރި ޢީދު ދުވަހަކީ ބޮޑުވެގެންވާ އަޅުކަމަކަށް ފަހުގައި މާތް ﷲ މުސްލިމުންނަށްޓަކައި ލައްވާފައިވާ އުފާވެރި ދުވަހެކެވެ. މުސްލިމުންގެ އުފަލަކީވެސް ﷲ އާ އެކަލާނގެ ރަސޫލާގެ ކިޔަމަންތެރިކަމުގައި ޝުކުރު ކުރުމުގައި ހޭދަކުރެވޭ ވަގުތެކެވެ. ވީމައި ޢީދު ދުވަހުގައި رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުންގެ މާތް މިތުރުން ކަންތައް ކުރައްވާފައިވާ ގޮތް ދަނެ ދަސްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މާތް ﷲ ރުއްސަވާފަދަ [...]

އެބައިމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމް ހެއްޔެވެ ؟

7 ޖުލައި 2012 - ހޮނިހިރު

بسم الله الرحمن الرحيم
{{ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ }} المائدة ٥٠ “އެބައިމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމް ހެއްޔެވެ. އީމާންވާ ބަޔަކަށް މާތް ﷲ ގެ ޙުކުމްފުޅަށްވުރެ ވަކިން މޮޅު އަދި ފުރިހަމައީ ކާކުގެ ޙުކުމެއް ހެއްޔެވެ.”
އާންއެކެވެ. އެމީހުން ބޭނުންވަނީ ޖާހިލިއްޔަތުގެ ޙުކުމެވެ. އަދިކިޔެއް، ޖާހިލިއްޔަތެވެ. މާތް ﷲ ގެ ކޯފާއާއި ޢާޛާބުގެ ސަބަބުން ހަލާކުވެ ގޮސްފައިވާ ކުފުރާއި ޝިރުކުގެ އުންމަތްތައް އަލުން މި ބިންމައްޗަށް އުފަންކުރާށެވެ. އަނިޔާވެރިކަމާއި ނާމާންކަން، [...]

މުސްލިމުންގެ މައްޗަށް ގަތުލު ޢާންމު…

15 ޖޫން 2012 - ހުކުރު

މިއަދު ދުނިޔެއަށް އިރު އަރާ ކޮންމެ ދުވަހަކީ މުސްލިމުންނަށް ބިރުވެރިކަން ބޮޑު ދުވަހަކަށް ވަނީ ވެފައެވެ. އަދި އިރު އޮށްސޭ ކޮންމެ ރެއަކީ ނާމާން ރެއެއްކަމުގައި ވަނީ ވެފައެވެ. މުސްލިމުން ނިކަމެތި ކުރުމަށްޓަކައި އިސްލާމްދީނުގެ ޢަދާވާތްތެރިން މޮޔަ ގެރިތަކެއް ތެޅޭހެން ތެޅެނީއެވެ.
ކައުއިތުރު މާތް ނަބިއްޔާ عليه الصلاة والسلام ޚަބަރު ދެއްވާފައިވާ ފަދައިން އިރުގެ އަލިކަން ފޯރާ ކޮންމެ ހިސާބަކަށް މާތްވެގެންވާ އިސްލާމްދީން، ދުނިޔެމަތީގައިވާ ހަމައެކަނި ހައްގު ދީން މިއަދު ފޯރާފައި ވާތީއެވެ. ހަމައެފަދައިން މިދީނުގެ ޢާދާވާތްތެރިން، [...]

ސޫރިއާ ގެ މުސްލިމުންގެ މައްޗައް އަނިޔާވެރިކަމާ ގަތުލުޢާންމު ހިންގަނީ ކޮންބައެއް..؟

28 މެއި 2012 - ހޯމަ

بسم الله الرحمن الرحيم
اللهم انصر الإسلام والمسلمين ودمر أعداءك أعداء الدين “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އާއި އިބަރަސްކަލާނގެ ދީނުގެ ޢަދާވާތްތެރިން ހަލާކު ކުރައްވާންދޭވެ!”
ސުންނީ މުސްލިމުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ސޫރިޔާގައި 1970 ގައި ޢަސްކަރީ އިންގިލާބަކަށްފަހު ހާފިޡް އަސަދް ވެރިކަން ހޯދާފައި ވެއެވެ. އޭނާއަކީ ޝިޢީންގެ ގޮތްޕެއް ކަމުގައިވާ ‘ނުޞައިރިއްޔާ’ ނުވަތަ ‘ޢަލަވީ’ މަޛްހަބުގެ ޢަޤީދާގެ އަހުލުވެރިއެކެވެ. އެއީ އިސްލާމުންގެ އިއްތިފާގުން މި [...]

މަލާއިކަތުން ބިމުގައި

25 އޭޕްރީލް 2012 - ބުދަ

بسم الله الرحمن الرحيم
الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاءُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ
މާތް، މުޤައްރަބު މަލާއިކަތުންނަކީ ކީރިތިވަންތަ މާތް ﷲ ގެ އަމުރުފުޅަށް އެކަލާނގެ ހަވާލު ކުރައްވާފައިވާ ކަންތައްތަކައިގެން ބިމަށް ފައިބައި ވަޑައިގެން އިންސާނުންގެ ތެރޭގައި ވެސް އުޅުއްވާ ބައެއްކަން ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުން އެނގެއެވެ. ކުރީގެ އުންމަތްތަކުގައި ވެސް މިކަން [...]

ސުނާމީގެ އިންޛާރު…

11 އޭޕްރީލް 2012 - ބުދަ

ޖަޕާނަށް އައި ވަރުގަދަ ބިންހެލުމަކާއި ބޮޑު ސުނާމީގެ ސަބަބުން ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޛާރު ވަނީ ދެވިފައެވެ. ބިންހެލުމާއި ސުނާމީ ފަދަ ކައުނުގެ ކާރިޘާތަކުން ސަލާމަތްވުމަށްޓަކައި އިންސާނުންނަށް ކުރެވެން ހުރި ހުރިހައި ކަމެއް… މި މަޒުމޫނު އިތުރަށް ވިދާޅުވުމަށް

ސޫރިއަގައި މުސްލިމުންގެ ހާލަތު ހަނދުމަނެތި ނުކުރައްވާށެވެ

15 ފެބުރުއަރީ 2012 - ބުދަ

بسم الله الرحمن الرحيم
اللهم انصر الإسلام والمسلمين ودمر أعداءك أعداء الدين “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އާއި އިބަރަސްކަލާނގެ ދީނުގެ ޢަދާވާތްތެރިން ހަލާކު ކުރައްވާންދޭވެ!”
އަޅުގަނޑުމެން އިރުކޮޅަކުން ހަނދާންނެތެއެވެ. އަމިއްލަ، ދާޚިލީ ކަންކަމާ ހެދި އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ މަތިން ހަނދާނެއް ނުހުރެއެވެ. ބައެއް މީހުނަށް ތިމާމެން ނޫން ބަޔަކު ދުނިޔޭގައި އުޅޭކަންވެސް ނޭންގޭ ކަހަލައެވެ. އެކަމަކު ދުޝްމަނުން ހުއްޓާނުލައި މުސްލިމުންނާއި މި މާތް [...]

ސުވާލާއި ޖަވާބު